މަރުގެ ހުކުމް އިއްވާފައި ތިބި ދެ ޓެރަރިސްޓުން ބަންގްލަދޭޝްގެ ޖަލަކުން ފިލައިފި

ބްލޮގަރު އަވީޖީތު ރޯއީގެ ކުރެހުމެއް. -- ފޮޓޯ: އޭޕީ

ބްލޮގަރު އަވީޖީތު ރޯއީގެ ކުރެހުމެއް. -- ފޮޓޯ: އޭޕީ

ދީނީ ހަރުކަށި ފިކުރަށް ފާޑުކިޔަމުން ދިޔަ އެމެރިކާގެ ބްލޮގަރެއް މަރާލުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައި ތިބި ދެ ޓެރަރިސްޓުން ބަންގްލަދޭޝްގެ ދާކާގެ ތޮއްޖެހިފައިވާ ޖަލަަކުން ފިލައިފި އެވެ.

ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ އަވީޖީތު ރޯއީއަކީ އެމެރިކާގެ އިންޖިނިއަރެކެވެ. އޭނާ މަރާލީ ކަތިވަޅިއަކުން ހަމަލާދީ ފެބްރުއަރީ 2015 ގަ އެވެ.

ހަމަލާ ދިނީ ރޯއީ އާއި އޭނާގެ އަންހެނުން ރަފީދާ ބޮންޔާ އަހްމަދު ދާކާގައި އޮތް ފޮތް މައުރަޒަކުން އެނބުރި ގެޔަށް ދިޔަ މަގުމަތީގަ އެވެ.

Advertisement

އެ ހަމަލާގައި ރޯއީ މަރުވި އިރު، ރަފީދާގެ ބޮލަށް އަނިޔާވެ، އަތުގެ ބޮޑުވާ އިނގިއްޔެއް ބުރިވި އެވެ.

ހަރުކަށި ފިކުރުގެ ޓެރަރިސްޓު ޖަމާއަތަކަށް ނިސްބަތްވާ ހަ މީހެއްގެ މައްޗަށް އެ ކުށް ސާބިތުވި ކަމަށް ކަނޑައެޅީ މިދިޔަ އަހަރު އެވެ. ފަސް މީހުން މަރަން ހުކުމް ކުރި އިރު، ހަ ވަނަ މީހާއަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

ފުލުހުން ބުނީ މަރުގެ ހުކުމަށް ފަހު ބަންދުކުރި ދެ މީހަކު އާދީއްތަ ދުވަހު ފިލީ، ސައިކަލެއްގަައި އައި ބަޔަކު އެހީވެގެން ކަމަށެވެ. އެ މީހުން ވަނީ ސެކިއުރިޓީ ފުލުހުންނަަށް ކެމިކަލްއިން ހަމަލާދީފަ އެވެ.

ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާން ވިދާޅުވީ ފިލި މީހުންނާއި އެ މީހުންނަށް އެހީވި ފަރާތްތައް ހޯދަން ބޮޑު އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ.

ބޯޑަރު ސެކުއިރުޓީ އެލާޓުކޮށްފައިވާ އިރު، އެ މީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ބަޔަކަށް 19،350 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ޖަލުން ފިލި މީހުންނަކީ އަލް ގައިދާއާ ގުޅުން އޮންނަ އަންސަރުﷲ ބަންގްލާ ޓީމް ގްރޫޕްގެ މީހުންނެވެ. އެ ގްރޫޕުން ވަނީ ގިނަ އެކްޓިވިސްޓުންނަށް މަރުގެ ހަމަލާތައް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox