އެންމެ ގިނަ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިން ކުންފުންޏަކީ އެޗްޑީސީ: އާތިފް

ހުޅުމާލޭގައި ހުންނަ އެޗްޑީސީ އިމާރާތް. އެ ކުންފުނީގެ ސްޓާފު ހައުސިން ސްކީމުގެ ދަށުން ފުލެޓު ދިނުމަށް އިއުލާނު ކުރީ މިދިޔަ އޭޕްރިލް މަހު އެވެ.

ހުޅުމާލޭގައި ހުންނަ އެޗްޑީސީ އިމާރާތް. އެ ކުންފުނީގެ ސްޓާފު ހައުސިން ސްކީމުގެ ދަށުން ފުލެޓު ދިނުމަށް އިއުލާނު ކުރީ މިދިޔަ އޭޕްރިލް މަހު އެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިން ކުންފުންޏަކީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އެޗްޑީސީގެ ސްޓާފް ހައުސިން ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ތެރެއިން ރީތިގަސް ޕްރޮޖެކްޓުން ފުލެޓު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެ ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެކަމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

"މިފަދަ ގިނަ ކަންކަން މަގުފަހިވެގެން މިދަނީ މުވައްޒަފުން ދެއްވާ އެއްބާރުލުމާއި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުންކަން ފާހަގަކޮށްލަން،" އެ ޖަލްސާގައި އާތިފް ވިދާޅުވި އެވެ.

އެޗްޑީސީން ހައުސިން ސްކީމެއް އެކުލަވާލައި އެ ކުންފުނީގެ މުވައްޒަފުންނަށް ފުލެޓު ދޭން އިއުލާނުކުރީ މި އަހަރުގެ އޭޕްރިލް މަހު އެވެ.

އޭގެތެރެއިން، ރީތިގަސް ޕްރޮޖެކްޓުގެ 409 ޔުނިޓުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ދެން ހިމެނެނީ މިހާރު މަސައްކަތް ކުރަމުންދާ ޕްރައިވެޓު މިކްސްޑް ރެސިޑެންޝަލް ޕްރޮޖެކްޓުތަކުގެ 87 ޔުނިޓާއި، މިހާރު އިއުލާނުކޮށް، މަސައްކަތް އަދި ފެށިފައި ނުވާ މިކްސްޑް ރެސިޑެންޝަލް ޕްރޮޖެކްޓުތަކަކުން 150 ޔުނިޓެވެ.

އެޗްޑީސީގެ ހައުސިން ސްކީމުގެ ދަށުން ފުލެޓު ލިބިފައިވާ މުވައްޒަފުންގެ ފުލެޓު އެގްރީމަންޓުތަކުގައި މި އަންނަ މަހު ސޮއި ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް ފުލެޓު ދިނުމަށް އެ ކުންފުނިން އޭޕްރިލް މަހު ކުރި އިއުލާނުގައި ބުނީ އެ ކުންފުނިން ދޭ ސްޓެންޑާޑް ހައުސިން ޔުނިޓްތަކަކީ ހަތަރު ބާވަތެއްގެ ޔުނިޓްތަކެއް ކަމަށެވެ. އެއީ އެއް ކޮޓަރިއާއި އެއް ފާހާނާއިން ފެށިގެން ގޮސް، ހަތަރު ކޮޓަރިއާއި ހަތަރު ފާހާނާގެ ޔުނިޓްތަކެކެވެ.

އޭގެތެރެއިން، އެންމެ ކުދި ސައިޒުގެ ޔުނިޓްތަކުގައި 525 ފޫޓު ހުންނައިރު އެންމެ ބޮޑެތި ޔުނިޓްތަކުގައި 1،169 ފޫޓު ހުރެ އެވެ. އެ ޔުނިޓްތަކުގެ އަގުތައް އުޅެނީ 1.04 މިލިއަނާއި 2.3 މިލިއަނާ ދެމެދުގަ އެވެ.

އެތަންތަނުގެ އިތުރުން ޑިލަކްސް ސުއީޓުގެ ކެޓެގަރީގެ ދަށުން އެއް ކޮޓަރި އާއި ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ވެސް އެ ކުންފުނިން އިއުލާނުކޮށްފައި ވެއެވެ. އެތަންތަނުގެ އަގު އުޅެނީ 2.6 މިލިއަނާއި 4.7 މިލިއަނާއި ދެމެދުގަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފް -- ފޮޓޯ: އަދަދު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފް -- ފޮޓޯ: އަދަދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފް. އޭނާ އެ މަގާމާއި ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހު -- ފޮޓޯ: އަދަދު

އެ ކުންފުނީގެ މުވައްޒަފުން ކުރިމަތިލުމަށް ހިޔާރުކުރާ ކެޓެގަރީތަކަށް ފައިސާ ދެއްކުމުގެ މާލީ ގާބިލުކަން ހުރިތޯ އެ ކުންފުނިން ބަލާފައި ވެއެވެ. އެގޮތުން، ފުލެޓަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ހާލަތު ވަޒަންކޮށްފައި ވަނީ ބޭންކުތައް މެދުވެރިކޮށެވެ.

ޔުނިޓު އިހުތިޔާރު ކުރުމުގެ މަރުހަލާ ނޮވެމްބަރު 10، ގައި ހަމަވިއިރު އެ ކުންފުނީގެ 483 މުވައްޒަފަކު ވަނީ އެކަން ފުރިހަމަކޮށްފަ އެވެ. އެއީ މިވަގުތު އެޗްޑީސީގައި ތިބި 1121 ދިވެހި މުވައްޒަފުންގެ ތެރެއިން 43 އިންސައްތަ މުވައްޒަފުންނެވެ.

އާތިފް ވިދާޅުވީ އެޗްޑީސީގެ ހައުސިން ސްކީމަކީ ވަރަށް ގިނަ ގޮތްގޮތަށް ބަލައި މަޝްވަރާ ކުރުމަށްފަހު އެކުލަވާލި ސްކީމެއް ކަމަށާއި، ސަރުކާރުގެ އެހެން އެސްއޯއީތަކުގެ ހައުސިން ސްކީމްތަކާއި ހިލާފަށް މި ސްކީމަކީ ހަރުދަނާ އަދި އިންސާފުވެރި ހައުސިން ސްކީމެއް ކަމަށެވެ.

"ސްކީމަށް ޕޮއިންޓު ދެވިފައިވަނީ ކުންފުންޏަށް ހިދުމަތްކޮށްދީފައިވާ މުއްދަތާއި ޕާފޯމަންސްގެ އިތުރުން ގޯތިގެދޮރުގެ ހާލަތަށް ބަލައިގެން،" އާތިފް ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ދެން ފާހަގަކުރެއްވީ އެޗްޑީސީގެ ހައުސިން ސްކީމްގައި މާލީ ގޮތުން މުވައްޒަފުންނަށް ވަރަށް ބޮޑު ލުއިތަކެއް ދީފައިވާނެ ކަމަށެވެ. އެގޮތުން، މާކެޓުގައި އާންމުކޮށް 20 އިންސައްތައިގައި ހުންނަ ފްލެޓުގެ މިނިމަމް ޑައުންޕޭމަންޓު ފަސް އިންސައްތައަށް ކުޑަކޮށް، އެއްއަހަރު ދުވަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ފަހިކޮށްދީފައި އޮންނާނެ ކަމަށް އާތިފް ފާހަގަކުރެއްވި އެވެ.

"ރީތިގަސް ޕުރޮޖެކްޓުގެ ކުލި މަހުންމަހަށް ބަހާލެވި އެއްވެސް ބޭންކެއް ނުވަތަ ފައިނޭޝަލް އިންސްޓިޓިއުޝަނެއް މެދުވެރިކުރުމަކާއި ނުލައި ސީދާ އެޗްޑީސީއަށް ކުލި ދެއްކޭ ގޮތަށް ހަމަޖެހިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އެ ކޯޕަރޭޝަނުގެ އުއްމީދަކީ ވީ އެންމެ އަވަހަކަށް މި މަސައްކަތް ކުރިއަށް ގެންގޮސް މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިގެން ދިއުން ކަމަށާއި އެޗްޑީސީގެ އެދުމަކީ ކޮންމެ މުވައްޒަފަކީ ވެސް މުސްތަގުބަލުގައި އެ މުވައްޒަފެއްގެ ޒިންމާ ފުރިހަމައަށް އަދާކޮށް އެއް އަޒުމެއްގައި، އެއް ޓީމެއްގެ ގޮތުގައި އިތުރު ހިއްވަރާ އެކު މަސައްކަތް ކުރާ މުވައްޒަފަކަށްވުން ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މި ސްކީމާ އެކު އެޗްޑީސީގެ ހީވާގީ މުވައްޒަފުންގެ އާއިލާތަކަށް ވަރަށް ބޮޑު ހަމަޖެހުމަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އެޗުޑީސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox