ފީފާގެ ރައީސަކަށް ތިން ވަނަ ދައުރަަކަށް އިންފަންޓީނޯ

Nov 17, 2022, 9:48 PM
ފީފާގެ ރައީސަކަށް ތިން ވަނަ ދައުރަަކަށް އިންފަންޓީނޯ

ޒިއުރިކް (ނޮވެމްބަރު 18) - ފީފާގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ، މިހާރުގެ ވެސް ރައީސް، ޖިއާނީ އިންފަންޓީނޯ ކަމަށްވާތީ އޭނާ ތިން ވަނަ ދައުރަަކަށް ފީފާގެ ރައީސްގެ މަގާމު ފުރުއްވާނެކަން ޔަގީންވެއްޖެ އެވެ.

ފީފާ އިން އިއްޔެ ބުނެފައިވަނީ މި އަހަރުގެ މާޗް މަހު ފީފާގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލާފައިވަނީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ އެކަނި ކަމަށެވެ.

އެހެންކަމުން، އަންނަ އަހަރުގެ މާޗް 16 ވަނަ ދުވަހު ރުވާންޑާގެ ކިގާލީގައި އޮންނަ ފީފާގެ 73 ވަނަ ކޮންގްރެސްގައި އެ ފެޑެރޭޝަނުގެ ރައީސަކަށް ތިން ވަނަ ދައުރަަކަށް އިންފަންޓީނޯ އިންތިހާބުވެވަޑައިގަންނަވާނެ ކަމަށް ފީފާ އިން ވަނީ ކަނޑައަޅައިފަ އެވެ.

ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ބްލެޓާ ވަނީ ފީފާގެ ރައީސްގެ މަގާމު 17 އަހަރު ވަންދެން ފުރުއްވައިފަ އެވެ. އިންފަންޓީނޯ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ، އިތުރު ކެންޑިޑޭޓެއް ވާދަނުކުރައްވާތީ ފަސޭހަކަމާ އެކު އެވެ.

ތިން ވަނަ ދައުރަކަށް އޭނާ އިންތިހާބުކުރަން ހަ ބައްރުގެ މެމްބަރު ގައުމުތަކުން ތާއީދުކޮށްދިނީތީވެ، އިންފަންޓީނޯ ވަނީ ފީފާގެ 200 އަށް ވުރެން ގިނަ މެމްބަރު ގައުުމުތަކަށް ޝުުކުރުއަދާކުރައްވައިފަ އެވެ.

"ކުރިއަށް އޮތް ހަަތަރު އަހަރު ވެސް ތި ހުރިހާ މެމްބަރު އެސޯސިއޭޝަނަކާ ގުޅިގެން ފުޓްބޯޅަ އަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތުގައި ދެމިހުންނާނަން،" އިންފަންޓީނޯ ވިދާޅުވި އެވެ.

ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ އެޑްމިނިސްޓްރޭޓިވް ރޯލަކުން ފާހަގަވެ، އެ ޔުނިވާސިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ، ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ.

ޔުއެފާގެ ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތް ކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިންފަންޓީނޯ އަށް ލިިބިވަޑައިގެންނެވި އެވެ.

އޭގެ ފަހުން، ޔުއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޔުއެފާ ނޭޝަންސް ލީގު ތައާރަފް ކުރެއްވުމުގައި ވެސް އިސް މޭސްތިރިއަކީ ވެސް އިންފަންޓީނޯ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު ޔޫރަޕްގެ ތަފާތު 12 ސަރަަހައްދެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވިއިރު، އެ މަސައްކަތް އެންމެ ފުރަތަމަ ޕްލޭން ކުރުމުގައި ވެސް އިންފަންޓީނޯގެ ހިއްސާ ބޮޑެވެ.

ފީފާގައި އިންފަންޓީނޯގެ ލީޑަޝިޕުން މިހާތަނަށް ކުރެއްވި މަސައްކަތުން ގިނަ ކަންތައްތަކެއް ވަނީ ބަދަލަކާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. އެ ގޮތުން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރާނެ އެވެ. އަދި ފީފާ އިން އަންނަނީ ކްލަބް ވޯލްޑް ކަޕް ވެސް 24 ޓީމު ބައިވެރިވާ ފޯމެޓެއްގައި ފަށަން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އަންހެން ފުޓްބޯޅަ ޑިވެލޮޕްކުރަން ގިނަ ޕްލޭންތަކެއް ހަދައި، އެ އަށް ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox