ޓާގެޓާ އެއްވަރުގެ ކާމިޔާބީތަކެއް ރިވައިވަލް އަށް ހާސިލްވި

Nov 17, 2022, 6:04 AM
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ޒަޔާން (ކ) އާއި ތޯއިފްގެ ޕެއާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ޒަޔާން (ކ) އާއި ތޯއިފްގެ ޕެއާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބުން ކަނޑައެޅި ޓާގެޓްތަކާ އެއްވަރުގެ ކާމިޔާބީތަކެއް ހާސިލްވި ކަމަށް އެ ކްލަބުން ބުނެފި އެވެ.

ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތުގައި ވެސް ކުރިއެރުން ހޯދަމުން އަންނަ ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ މީގެ ކުރިން ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މީގެ ދެ އަހަރު ކުރިން އަލަށް ފެށި މިކްސް ޗެމްޕިއަންޝިޕް ވެސް ރިވައިވަލް އިން މީގެ ކުރިން ވަނީ ކާމިޔާބުކޮށްފަ އެވެ.

މި ފަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި ޓީމް އިވެންޓް ބައެއް ނެތެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ގައުމީ މުބާރާތް މިކްސް އިވެންޓެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމައި، މުބާރާތުގެ ގަވާއިދު އެކުލަވާލި ގޮތުން މުބާރާތުގެ ޓީމު އިވެންޓް ބައިގައި ޓީމުތައް ބައިވެރިނުވާތީ، އެ އިވެންޓް ނުބާއްވަ އެވެ.

ފުރަތަމަ ޑިވިޝަނުގެ އޯޕަންސް އިވެންޓްތަކަށް ބަލާއިރު، ފިރިހެން ސިންގަލްސް ފައިނަލުގައި ރިވައިވަލްގެ ޒަޔާން ޒަކީ އަތުން މޮޅުވެ، ނިބާލް އަހުމަދު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ނަބާހާ ހޯދީ ފައިނަލުގައި އައިމިނަތު ނަބީހާ ބަލިކޮށްފަ އެވެ. ރިވައިވަލްގެ ޒަޔާން އާއި އަހުމަދު ތޯއިފް މުހައްމަދުގެ ޕެއާ އިން ވަނީ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބީހާ އާއި ނަބާހާގެ ޕެއާ އެވެ. އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒަޔާން އާއި ނަބާހާގެ ޕެއާ އިންނެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓުން މެޑަލް ހޯދި ޕެއާތައް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިވައިވަލް އިން މި ފަހަރުގެ ގައުމީ މުބާރާތް ނިންމާލީ ދެ ރަން މެޑަލާއި އެއް ރިިހި މެޑަލްގެ އިތުރުން އެއް ލޯ މެޑަލާ އެކު އެވެ.

ރިވައިވަލްގެ ކޯޗު، ނަޝްފާން މުހައްމަދު، "އަދަދު" އަށް ބުނީ ގައުމީ މުބާރާތަށް ކަނޑައެޅި ޓާގެޓްތަކާ އެއްވަރުގެ ޕާފޯމަންސްތަކެއް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަމަށެެވެ.

"ޕާފޯމަންސް ހަމަ ވަރަށް ރަނގަޅު މުޅިއަކުން ގޯހެއް ނޫން. ޖުމްލަކޮށް ބަލާނަމަ ވަރަށް ރަނގަޅު، އަހަރެމެން ޓާގެޓް ކުރީ ކްލަބް ވައިސްކޮށް ހުރިހާ ކޮޅަކަށް ބަލާފައި ފަސް އިވެންޓަށް، ދެން ސިންގަލްސް އެކަނި ނުލިބުނީ ގޯލްޑް، އެހެން ނޫނީ މީނީ ކްލަބްގެ އިންވޯލްމަންޓާ އެކު ހުރިހާ ފުރަތަމަ ޑިިވިޝަނުގެ އިވެންޓްތަކެއް، ދެން ސިންގަލްސްގައި ވެސް ފައިނަލުގައި ކުޅެފައި ސިލްވާ މި ލިބުނީ، ސެމީގައި ވެސް އަަހަރެމެންގެ ޕެއާސް ކުޅުނު، އެހެންވީމަ ރަނގަޅޭ ބުނެވޭނީ،" ނަޝްފާން ބުންޏެވެ.

ރިވައިވަލް އިން ވަނީ މި އަހަރު، ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ރަނގަޅު ލެވަލަކަށް ތަމްރީންތައް ހެދުމުގެ ގޮތުން ރިވައިވަލް އިން ވަނީ މިދިޔަ ޖޫން މަހު، މެލޭޝިއާގައި ޓުއާ އެއް ވެސް ކުރިއަށްގެންގޮސް، މުހިންމު ތަޖުރިބާތަކެއް ހޯދައިފަ އެވެ.

ރިވައިވަލްގެ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ނަޝްފާން ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިވައިވަލް އިން މިހާރު ތައްޔާރުވަމުން އަންނަނީ ބަހްރޭނާއި ބަންގްލަދޭޝްގައި ކުރިއަށްދާ މުބާރާތްތަކަށެވެ.

ނަޝްފާން ބުނީ މި އަހަރު ހާސިލްކުރެވޭނެ ކަމަށް ބެލި، ގިނަ ކަންކަން ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށާއި އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުބާރާތްތަކުގައި ކުޅުންތެރިންގެ ކުޅުމުން ފެންނަ "އިމްޕްރޫވްމަންޓް" ކަމަށެވެ.

"ފޯކާސްޓްކުރި ވަރު ހަމަ އެބަވޭ، ކުޅުމުން ވެސް ހަމަ ތަފާތު އެބަފެނޭ. ސްކިލް ވައިސްކޮށް މި ފެންނަ އިމްޕްރޫވްމަންޓް ވެސް ވަރަށް ރަނގަޅު، ރަނގަޅު މެޗުތަކެއް ކުޅޭވަރަކަށް އެ ފެންނަ ތަފާތު ވެސް ރަނގަޅުވަމުން މި އަންނަނީ. ފިޒިކަލީ ވެސް އިމްޕްރޫވް، މި ލިބުނު އެކްސްޕީރިއަންސްތަކުގެ އަލީގައި ދެން ކުރަން ހުރި މަސައްކަތްތަކަށް މި ފޯކަސް ކުރަނީ،" ނަޝްފާން ބުންޏެވެ.

ރިވައިވަލް އިން އިސްނަގައިގެން، މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން، ތޯއިފް އަންނަނީ ރާއްޖޭން ބޭރުގައި ޓްރެއިނިން ސްކޮލަޝިޕެއް ފުރިހަމަކުރަމުންނެވެ. އަދި ރިވައިވަލްގެ ސްކޮލަޝިޕެއްގައި، އެ ކްލަބްގެ ހައި ޕާފޯމަންސް ޓީމާ އެކު ޓްރެއިނިން ކުރިއަށްގެންދަމުން އަންނަ ޒުވާން ކުޅުންތެރިޔާ، ހައިޝަމް އިބްރާހިމް އަލީ ވެސް އަންނަނީ ކޮންމެ މުބާރާތެއްގައި ކަހަލަ ގޮތަކަށް ކުރިއެރުން ހޯދަމުންނެވެ.

މީގެ އިތުރުން، ރިވައިވަލް ޓީމުގައި ހިމެނޭ ރިޝްވާން ޝިޔާމް، ވަނީ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނި މުހިންމު ތަޖުރިބާތަކެއް ހޯދައިފަ އެވެ. ގައުމީ މުބާރާތުގެ ފިރިހެން ޑަބަލްސް ބައިން ލޯ މެޑަލް ހޯދީ ރިވައިވަލްގެ ރިޝްވާން އާއި އިބްރާހިމް ރާޝިހު އާދަމްގެ ޕެއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox