ކޮވިޑުގެ ކާރިސާއިން އަރައިގަތުމަށް ފައިނޭންޝަލް ސެކްޓާއިން އަދާކުރި މުހިންމު ދައުރަށް ގަވަރުނަރުގެ ތައުރީފު

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ފައިނޭންސް ފޯރަމް މިއަދު އިފްތިތާހުކޮށް ދެއްވުމުގެ ގޮތުން ގަވަރުނަރު އަލީ ހާޝިމް ވާހަކަ ދައްކަވަނީ. -ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ފައިނޭންސް ފޯރަމް މިއަދު އިފްތިތާހުކޮށް ދެއްވުމުގެ ގޮތުން ގަވަރުނަރު އަލީ ހާޝިމް ވާހަކަ ދައްކަވަނީ. -ފޮޓޯ: ޕެންޝަން އޮފީސް

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވި ކާރިސާގައި ފައިނޭންޝަލް ސެކްޓާއިން އަދާކުރީ ކުރިން ވިސްނިފައި ވެސް ނެތް ވަރުގެ މުހިންމު ދައުރެއް ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ފައިނޭންސް ފޯރަމް މިއަދު އިފްތިތާހުކޮށް ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ 2020 ވަނަ އަހަރު ކޮވިޑާ އެކު އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުގެ ތެރެއިން ފަތުރުވެރިކަމާއި އެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކަށް އިގުތިސާދު ބަރޯސާވެފައި އޮތް އޮތުމާ ގުޅިގެން ކަންބޮޑުވާން ޖެހޭ ކަންކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެކަމަކު އެ ކާރިސާގެ ތެރެއިން ރާއްޖޭގެ ފައިނޭންޝަލް ސެކްޓާއިން އަދާކުރީ ކުރިން ލަފާވެސް ނުކުރެވި އޮތް މުހިންމު ދައުރެއް ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

Advertisement

މިގޮތުން، އެހެން ގައުމުތަކުގައި ވެސް، ކޮވިޑުގެ ކާރިސާގެ ތެރެއިން ފައިނޭންޝަލް ސެކްޓާއިން އިގުތިސޯދަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވިސްނިފައި ވެސް ނެތް ކަމަށް އޭނާ ހާމަކުރެއްވި އެވެ.

"ރާއްޖޭގަ ވެސް އަޅުގަނޑުމެން ތަޖުރިބާކުރީ ހަމަ މިކަންތައް. އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ދާއިރާތައް ލިސްޓުކުރިއިރު، އަޅުގަނޑުމެން [ފައިނޭންޝަލް ސެކްޓާ] ފުރަތަމަ ހިމާނަފައެއް ވެސް ނެތް،" އަލީ ހާޝިމް ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި މި ކާރިސާއިން އަރައިގަތުމަށް ފައިނޭންޝަލް ސެކްޓާއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން ވިސްނުނީ ކޮވިޑާއެކު މުޅި ގައުމު ލޮކްޑައުން ކުރިތާ ދުވަސްތަކެއް ފަހުންނެވެ.

އަދި ފައިނޭންޝަލް ސެކްޓާގެ ބައިވެރިވުމެއް ނެތި، އިގުތިސާދު ނުހިނގާނެ ކަމަށް ސިޔާސީ ލީޑަރުންނަށް ވިސްނައިދޭން ޖެހުނު ކަމަށް ވެސް އަލީ ހާޝިމް ވިދާޅުވި އެވެ.

މިގޮތުން، އެ އަހަރުގެ ތެރޭގައި ގައުމުގެ އުފެއްދުންތެރިކަމަށް މާލީ އިދާރާތަކުން ހިއްސާ ކުރާ މިންވަރު 17 ޕަސަންޓު އިތުރުވިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މާލީ އެކި އިދާރާތަކުން ދޫކުރި ލޯނުގެ ނިސްބަތް 10 ޕަސަންޓު އިތުރުވެ، 31.9 ބިލިއަން ރުފިޔާއަށް އެރި ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

އަލީ ހާޝިމް ވިދާޅުވި ގޮތުގައި އަމިއްލަ ފަރާތްތަކުން ރާއްޖޭގެ މާލީ އިދާރާތަކުން ލޯނު ހޯދުމުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން ޒަމާނުއްސުރެ ފާޅުކުރަމުންދާ ކަމަށާއި، އެކަން މެދުވެރިވާ މައިގަނޑު ސަބަބަކީ ރާއްޖޭގައި އެކަށީގެންވާ މިންވަރަށް ފައިނޭންޝަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރެވިފައިނުވުމެވެ.

"ކޮވިޑުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުގެ އަސަރު އަދިވެސް މުޅީން ފިލައިގެން ގޮސްފައިނުވާއިރު، ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކޮށް، ހަރުދަނާކުރުމުގެ މުހިންމުކަން އިތުރަށް ބޮޑު،" އަލީ ހާޝިމް ވިދާޅުވި އެވެ.

އެކަމަށްޓަކައި އެމްއެމްއޭ އިސްވެ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި މާލީ ނިޒާމާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، އިންފޮމޭޝަން އިންފްރާސްޓްރަކްޗާ ފަދަ ކަންކަން މަޑުމަޑުން ނަމަވެސް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖޭގައި ވެސް ކްރެޑިޓް ރޭޓިން ސިސްޓަމެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރެވުންދާ ކަން އަލީ ހާޝިމް ހާމަކުރެއްވި އެވެ.

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަލީ ދާއިރާގެ އިސްފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓުރޭޝަން އިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް ދެއަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ފެށި އެ ފޯރަމްގައި ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި، ވިޔަފާރި، އިގްތިސާދު، އިލްމީ، ސިޔާސީ، އަދި އިޖުތިމާއީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މި އަހަރުގެ ފޯރަމުގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ރާއްޖޭގެ ފައިނޭންޝަލް ސްޓުރަކްޗާ ތަރައްގީކުރުމެވެ.

ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް މި ފޯރަމް ނިމެގެން ދާއިރު އެދެވޭވަރުގެ ކުރިއެރުންތަކެއް މި ފޯރަމުން ލިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox