ޕްރެކްޓިހުގައި އަނިޔާވެ ފްރާންސްގެ އެންކުންކޫ ވޯލްޑް ކަޕްގައި ނުފެންނާނެ

Nov 16, 2022, 3:07 AM
ޕްރެކްޓިހުގައި އަނިޔާވެ ފްރާންސްގެ އެންކުންކޫ ވޯލްޑް ކަޕްގައި ނުފެންނާނެ

ޕެރިސް (ނޮވެމްބަރު 16) - ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިންގް، ކްރިސްޓޮފާ އެންކުންކޫގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ނިންމައިފި އެވެ.

ޖަރުމަނު ލީގުގައި މި ސީޒަނު، 15 މެޗުން 12 ގޯލު ޖަހައި ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް އެންކުންކޫ، 25، އަކީ މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، ފްރާންސްގައި އެންމެ ރަނގަޅު ފޯމުގައި ހުރި އެއް އެޓޭކަރެވެ.

އެކަމަކު، އިއްޔެ ފްރާންސްގެ ސްކޮޑުން ބޭއްވި ފަރިތަކުރުންތަކުގައި، މިޑްފީލްޑަރު، އެޑޮއާޑޯ ކަމަވިންގާ ބޯޅަ ހޯދަން ކުރި މަސައްކަތުގެ ތެރެއިން ޖެހި ޓެކަލްއަކުން އެންކުންކޫ އަށް އަނިޔާވެ، އޭނާ އަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ އެވެ.

ވޯލްޑް ކަޕްގައި ވާދަކުރަން ފްރާންސް ޓީމު ގަތަރަށް ދާނީ މިއަދުގެ ވަގުތެއްގަ އެވެ. އެންކުންކޫގެ ބަދަލުގައި ފްރާންސް ސްކޮޑަށް ނަގާނެ ކުޅުންތެރިއަކު އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

ފްރާންސްގެ ފަރިތަކުރުމުގެ ތެރެއިން އަނިޔާވުމުން އެންކުންކޫ (ކ) އެ ޓީމުގެ އޮފިޝަލަކާ އެކު.

މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އަނިޔާގެ ސަބަބުން އެންމެ ބޮޑަށް ބަލިކަށިވެފައިވާ އެއް ޓީމަކީ ފްރާންސް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސް އިން މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ އަނިޔާ އާއި ފިޓްނަސް މައްސަލަތަކާ ހެދި ޗެލްސީ އަށް ކުޅޭ، މިޑްފީލްޑަރު، އެންގޯލޯ ކާންޓޭ އާއި ޔުވެންޓަސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ އަދި ޕީއެސްޖީގެ ޑިފެންޑަރު، ޕްރެސްނެލް ކިމްޕެމްބޭ ވެސް ނެތި އެވެ.

އެ ލިސްޓަށް ދެން އިތުރުވެފައި މިވަނީ ރަނގަޅު ފޯމެއްގައި ކުޅެމުން އައި އެންކުންކޫ އެވެ. ފަހަކަށް އައިސް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ގިނަ މެޗުތަކެއްގައި އައީ އެންކުންކޫ އަށް ފުރުސަތު ދެމުންނެވެ.

ފްރާންސްގެ ސްކޮޑުގައި ހިމެނި ކުޅުންތެރިންގެ ތެރެއިން ރަފައެލް ވަރާން އަންނަނީ އަނިޔާ އަކުން ރިކަވާވަމުންނެވެ. ވޯލްޑް ކަޕްގައި ފްރާންސް ކުޅޭ ފުރަތަމަ މެޗަށް ވަރާން ފިޓްވާނެ ކަމަށް ފްރާންސްގެ މެޑިކަލް ޓީމުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox