ކަކާ އަށް ސާބިއާ ކަމުދަނީ ކީއްވެ؟

Nov 16, 2022, 2:41 AM
ކަކާ އަށް ސާބިއާ ކަމުދަނީ ކީއްވެ؟

މިލާން (ނޮވެމްބަރު 16) - ގަތަރުގައި އަންނަ ހަފްތާގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ގިނަ ބަޔަކު ހައިރާންކޮށްލާނެ ފަދަ ނަތީޖާއެއް ނެރެވޭނެ އެއް ޓީމަކީ ސާބިއާ ކަމަށް ބްރެޒިލްގެ ކުރީގެ މިޑްފީލްޑަރު ކަކާ ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ކަކާ ނެގި ތިން ޓީމަކީ ބްރެޒިލްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސާއި މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އެންމެ ފޯމުގައި އޮތް ޓީމު ކަމަށްވާ އާޖެންޓީނާ އެވެ.

"ބްރެޒިލް އަކީ އަހަންނަށް އެންމެ ބޮޑަށް ނެގޭނެ ފޭވަރިޓް ޓީމަކީ، އެ މީހުން ވަރަށް ރަނގަޅަށް ކުރި ކަމެއް އެއީ ކޯޗު ޓީޓޭއާ މި ޓީމު ހަވާލުކުރުން، ވަރަށް ރަނގަޅު ގްރޫޕެއް މި އޮތީ، ތަޖުރިބާ ހުރި ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން އެބަތިބި، ބްރެޒިލުން މި މަސައްކަތް ކުރަމުން އަންނަ ގޮތް ވެސް ރަނގަޅު،" ކަކާ ބުންޏެވެ.

"ދެން ޗެމްޕިއަންކަން ހޯދިދާނެ ކަމަށް ބެލެވޭ ދެ ގައުމު އެއީ، އާޖެންޓީނާ އާއި ފްރާންސް، ދެން، އަހަރެންގެ ނަޒަރުގައި ސަޕްރައިޒް ޓީމަކަށް ވެދާނެ ސާބިއާ،"

ކަކާ ބުނީ އޭނާ ސާބިއާގެ ނަން ބުނުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބޭނެ ކަމަށާއި އެކަމަކު، އެ ޓީމުގެ ނަން ފާހަގަކުރަން ޖެހުނީ ސަަބަބުތަކެއް ވެސް އޮތުމުން ކަމަށެވެ.

އެ ގޮތުން ސާބިއާގެ ސްކޮޑަށް ބަލާއިރު، ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ބޮޑެތި ޓީމުތަކުގައި މި ވަގުތު ވެސް އިސް ރޯލެއް އަދާކޮށް މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިން ހިމެނޭކަން ކަކާ ފާހަގަކުރި އެވެ.

"ސާބިއާ އެ އައީ ޕޯޗުގަލް ފަދަ ތަރިން ހިމެނޭ ޓީމެއް ފަހަތަށް ޖައްސާލާފައި، ކޮލިފައިން ގްރޫޕް ކާމިޔާބު ކޮށްގެން، ހަގީގަތުގައި މިއީ ވިސްނާލުން ރަނގަޅު ކަންކަން، ދެން، ސާބިއާގައި އެ ތިބި ކުޅުންތެރިންނަށް ބަލާލިޔަސް ކޮލިޓީ ފެނޭ،" 2007 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދި ކަކާ ބުންޏެވެ.

ކަކާ އަކީ ބްރެޒިލުން 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭގެ ފަހުން، ކަކާ ވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑް ކަޕާއި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ހޯސްޓްކުރި ވޯލްޑް ކަޕްގައި ބްރެޒިލަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox