ލާޒިއޯ ބަލިކޮށް ޔުވެންޓަސް ތިން ވަނަ އަށް

Nov 14, 2022, 6:29 AM
ލާޒިއޯ ބަލިކޮށް ޔުވެންޓަސް ތިން ވަނަ އަށް

ޓިއުރިން (ނޮވެމްބަރު 14) - ފޯވަޑް މޮއިސް ކީންގެ ދެ ލަނޑާއެކު އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އަތުން 3-0 އިން އަމިއްލަ ދަނޑުގައި މޮޅުވެ، ޔުވެންޓަސް ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފިއެވެ.

މި މެޗުން މޮޅުވެ ލާޒިއޯ ފަހަތަށް ޖައްސާލުމަށް ފަހު ޔުވެންޓަސް 31 ޕޮއިންޓާ އެކު ތިން ވަނަ އަށް ޖެހިލިއިރު، މިއީ ލީގުގައި ޔުވެންޓާސް ޖެހިޖެހިގެން މޮޅުވި ހަ ވަނަ މެޗެވެ. އެކަމަކު، ޔުވެންޓަސް އޮތީ ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 43 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އިޓަލީގެ ފޯވާޑް، މޮއިސް ކީން އެވެ. އަދި މެޗުގެ 54 ވަނަ މިނިޓުގައި އޭނާ ވަނީ އުތުރު ލަނޑެއް ޖަހައިފަ އެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް ޔުވެންޓަސްގެ ތިން ވަނަ ލަނޑު ޖެހީ، ޕޮލެންޑްގެ އަރްކަޑިއުޒް މިލިޗް އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އެލެގްރީ ބުނީ ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީއާ ދެެމެދު އޮތް ފަރަތު ބޮޑުވިޔަސް، ސީޒަން ފެށުނު ގޮތަށް ބަލާއިރު ތިން ވަނަ އަށް އެރުުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މީގެ ހަ މެޗު ކުރިން އެއްވެސް މީހަކު ގަބޫލެއް ނުކުރޭ ޔުވެންޓަސް ތިން ވަނަ އަށް އަރާފާނެ ކަމަށް. އެހެންވީމަ މިއީ ބޮޑު ކުރިއެރުމެއް،" އެލެގްރީ ބުންޏެވެ.

"މިހާރު އަހަރަމެން ޖެހޭނީ މި ބްރޭކްގެ ބޭނުން ރަނގަޅަށް ހިފައި، ދެން އޮތް މެޗުތަކަށް ރަނގަޅަށް ތައްޔާރުވާން."

އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން 1-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ވަނީ ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީގެ ލީޑު 8 ޕޮއިންޓަށް ކުޑަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ މިނިޓުގައި މިލާންގެ ރަފައެލް ލެއާއޯ އެ ޓީމަށް ލީޑު ހޯދައިދީފައިވަނިކޮށް، ފިއޮރެންޓީނާ އިން އެއްވަރުކުރީ 28 ވަނަ މިނިޓުގައި އެންޓޮނިން ބަރަކް ޖެހި ލަނޑުންނެވެ. މިލާނަށް މެޗުން ތިން ޕޮއިންޓް ލިބުނީ މެޗުގެ ފަހު މިނިޓުކޮޅުގެ ތެރޭގައި ފިއޮރެންޓީނާގެ ޑިފެންޑަރު ނިކޮލާ މިލެންކޮވިޗް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.

އިޓާލިއަން ލީގުގައި ރޭ އެޓަލާންޓާ އަތުން އިންޓަ މިލާން މޮޅުވީ 3-2 އިންނެވެ. އަޑެމޯލާ ލުކްމަންގެ ޕެނަލްޓީން އެޓަލަންޓާ އިން ލީޑުނެގި މި މެޗުގައި އިންޓަ އަށް އެއްވަރުކޮށްދިނީ އެޑިން ޖެކޯ އެވެ. ދެ ވަނަ ހާފުގައި ޖެކޯ އިތުރު ގޯލެއް ޖަހައި، އިންޓަ އަށް ކުރިހޯދައިދީފައިވަނިކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑަކީ އެޓަލަންޓާގެ ހޯސޭ ލުއިސް ޕަލޮމީނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޕަލޮމީނޯ ވަނީ ފަހުން އެޓަލަންޓާ އަށް ގޯލެއް ޖަހައިދީ، އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އިތުރު ގޯލެއް ނުޖެހި، އެޓަލަންޓާ މެޗުން ބަލިވީ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox