އުދިނޭޒީ ބަލިކޮށް ނަޕޯލީ އަށް 11 ޕޮއިންޓްގެ ލީޑެއް

Nov 13, 2022, 5:33 AM
އުދިނޭޒީ ބަލިކޮށް ނަޕޯލީ އަށް 11 ޕޮއިންޓްގެ ލީޑެއް

ނޭޕަލްސް (ނޮވެމްބަރު 13) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ އަތުން 3-2 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީގެ ލީޑު 11 ޕޮއިންޓަށް ފުޅާކޮށްފި އެވެ.

ނަޕޯލީގެ ސްޓޭޑިއޯ މަރާޑޯނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީން ދެ ލަނޑުގެ ލީޑެއް ނެގީ ނައިޖީރިއާގެ ފޯވަޑް ވިކްޓާ އޮސީމެން އާއި ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ދެ ލަނޑުންނެވެ. އަދި މެޗުގެ 58 ވަނަ މިނިޓުގައި ނަޕޯލީގެ އެލިފް އެލްމާސް ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ތިން ލަނޑުގެ ލީޑަކާ އެކު ނަޕޯލީ ހަމަޖެހިލި ނަމަވެސް، މެޗުގެ ފަހު ދިހަ މިނިޓުގައި އުދިނޭޒީން ވަނީ އެ ޓީމުގެ ހާސްކޮށްލައިފަ އެވެ. މެޗުގެ 79 ވަނަ މިނިޓުގައި ލީޖާ ނެސްޓޮރޮވްސްކީ ޖެހި ލަނޑާއި 82 ވަނަ މިނިޓުގައި ލަޒާރް ސަމަރްޒިކް ޖެހި ދެ ލަނޑާ އެކު، ނަޕޯލީން ފަރަގުކުޑަކުރި އެވެ.

މިއީ ނަޕޯލީ އިޓާލިއަން ލީގުގައި ޖެހިޖެހިގެން މޮޅުވި 11 ވަނަ މެޗެވެ. އަދި މި މޮޅާ އެކު ތާވަލްގެ ދެ ވަނައިގައި އޮތް ލާޒިއޯ އާއި ތިން ވަނައިގައި އޮތް އޭސީ މިލާންގެ މައްޗަށް އެ ޓީމުން ވަނީ 11 ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ.

އިޓާލިއަން ލީގުގައި މިރޭ ލާޒިއޯ އާއި މިލާން ކުޅޭ މެޗުތައް އޮތްއިރު، ނަޕޯލީ މި ވަގުތު ހޯދާފައިވާ 11 ޕޮއިންޓްގެ ފަރަގު ކުޑަވެދާނެ އެވެ. އެހެން ނަމަވެސް، އިޓާލިއަން ލީގުގައި މިރޭ ކުޅޭ މެޗުތަކަށް ފަހު ވޯލްޑް ކަޕަށް ލީގު މެދުކަނޑާލާއިރު، ނަޕޯލީ އޮންނާނީ އެންމެ މަދުވެގެން އަށް ޕޮއިންޓްގެ ލީޑަކާއެކު އެވެ.

އިޓާލިއަން ލީގުގައި މި ސީޒަންގައި އަދި ނަޕޯލީ ބަލިނުވާއިރު، މިހާތަނަށް ކުޅުނު 15 މެޗުން އެ ޓީމަށް ގެއްލިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނަޕޯލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނީ ތިން ލަނޑުގެ ލީޑެއް ލިބުމާއެކު ނަޕޯލީގެ ކުޅުންތެރިންނަށް މެޗު ފަސޭހަކޮށްލެވުނީ ކަމަށެވެ. އެކަމަކު މެޗުން ތިން ޕޮއިންޓް ހޯދުމަށް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާކަމަށެވެ.

"ހޯދާ ކޮންމެ މޮޅަކީ ވެސް ވަރަށް ބުރަ މަސައްކަތުން ހޯދާ މޮޅެއް. މި މެޗުގެ ފަހު 15 މިނިޓުގައި ޓީމުން ދެއްކި ހިތްވަރު ފާހަގަކުރަންޖެހޭ. ތިން ލަނޑުގެ ލީޑެއް ނެގުނީމަ ކުޅުންތެރިންނަށޤ ތަންކޮޅެއް ފަސޭހަކޮށްލެވުނީ،" ސްޕަލެޓީ ބުންޏެވެ.

އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސް އާއި ލާޒިއޯ ބައްދަލުކުރާއިރު، މިލާންއާ ދެކޮޅަށް ނުކުންނާނީ ފިއޮރެންޓނާއެވެ. އެޓަލާންޓާ އާއި އިންޓަ ބައްދަލުކުރާއިރު، ރޯމާ ނުކުންނާނީ ޓޯރީނޯއާ ދެކޮޅަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox