ދެކުނު ކޮރެއާގައި ސްކޮޑްގައި ސޮން ހިމަނައިފި، އެކަމަކު ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތް

Nov 12, 2022, 10:02 PM
ދެކުނު ކޮރެއާގައި ސްކޮޑްގައި ސޮން ހިމަނައިފި، އެކަމަކު ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތް

ސޯލް, ދެކުނު ކޮރެއާ (ނޮވެމްބަރު 13) - ވޯލްޑް ކަޕަށް ދެކުނު ކޮރެއާ އިން ނެގި ސްކޮޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުންދާ ފޯވަޑް ސޮން ހެއުން މިން ހިމަނައިފި އެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި މި ވަގުތު ހުރި ސޮން ސްކޮޑުގައި ހިމެނި ނަމަވެސް، ވޯލްޑް ކަޕަށް އޭނާ ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތެވެ.

ސޮން ،30، ގެ ކަނާތު ލޮލުގެ ކަށިގަނޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި މި މަހުގެ އެއް ވަނަ ދުވަހު މާސޭ އަތުން ޓޮޓެންހަމް މޮޅުވި މެޗުގަ އެވެ. މި އަނިޔާ ރަނގަޅުކުރުމަށް ސޮން ވަނީ ސާޖަރީއެއް ވެސް ހަދައިފައެވެ.

ވޯލްޑް ކަޕްގައި ކުޅެވޭނެކަމުގެ ޔަގީންކަން ސޮން ސަޕޯޓަރުންނަށް ދިނީ މިދިޔަ ބުދަ ދުވަހު އެވެ. އެކަމަކު, ސްކޮޑް އިއުލާންކުރުމަށް ފަހު ދެކުނު ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ ބުނީ ސޮން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ސޮން އަށް ވޯލްޑް ކަޕްގައި ނުކުޅެވެދާނެ ކަމަށް ބަލައި، ބެންޓޯ ވަނީ 27 ވަނަ ކުޅުންތެރިއެއްގެ ގޮތުގައި ދެކުނު ކޮރެއާގެ ލީގުގައި ކުޅޭ ފޯވަޑް އޯ ހިޔޮން ގިއޫ ސްކޮޑްގައި ހިމަނައިފަ އެވެ. ވޯލްޑް ކަޕަށް ސޮން ފިޓުނުވެއްޖެނަމަ، އޭނާގެ ބަދަލުގައި ސްކޮޑަށް ނަގަނި ހިޔޮން ގިއޫ އެވެ.

ބެންޓޯ ބުނީ ވޯލްޑް ކަޕްގައި ސޮން ކުޅުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"އަހަރަމެން އެބަޖެހޭ ކެތްތެރިވާން. ސޮންގެ ހާލަތު ކޮންމެ ދުވަހަކު ވެސް ބަލަންޖެހޭ. އަދި އެބައޮތް ގޮތެއް ނިންމަން ވަގުތު. އެންމެ މުހިންމު ކަމަކީ ސޮން ވީހާވެސް އަވަހަށް ރިކަވާވެ، އަދި އޭނާ ތައްޔާރުވުން. އެ ހިސާބުން އަހަރަމެން ވަކި ގޮތެއް ނިންމާނީ،" ބެންޓޯ ބުންޏެވެ.

ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި ދެކުނު ކޮރެއާއާއެކު ދެން އޮތީ އުރުގުއޭ އާއި ގާނާ އަދި ޕޯޗުގަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox