ރަންނަމާރި ޗެލެންޖް މި ފަހަރު ފޯރިގަދަ ކޮށްލަނީ "މަރުހަބާ ކަޕް" އިން

Nov 12, 2022, 6:38 AM
ގައުމީ ސާފިން މުބާރާތުގެ ޓީމު އިވެންޓް، މަރުހަބާ ކަޕްގެ ހީޓެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ސާފިން މުބާރާތުގެ ޓީމު އިވެންޓް، މަރުހަބާ ކަޕްގެ ހީޓެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭ ރާޅުގަނޑު ސަރަަހައްދުގައި މިހާރު ކުރިއަށްދާ ގައުމީ ސާފިން ލީގުގެ ފަހު މުބާރާތް، "ރަންނަމާރި ޗެލެންޖް"ގެ ޓީމު އިވެންޓް ބައި މި ފަހަރު "މަރުހަބާ ކަޕް"ގެ ނަމުން ހާއްސަކޮށްފައިވާއިރު، ފޯރިގަދަ ހީޓްތަކަކާ އެކު އިއްޔެ މި އިވެންޓް ފަށައިފި އެވެ.

މިދިިޔަ އަހަރު ގައުމީ ސާފިން މުބާރާތު (ރަންނަމާރި ޗެލެންޖް)ގައި 14 ރަށަކަށް ނިސްބަތްވާ ޓީމުތަކަކުން ވާދަކުރި އެވެ. އެއީ އެއް ސާފަރަކަށް ވުރެ ގިނައިން އެއް ރަށަކުން ބައިވެރިވާނަމަ އެއީ ޓީމެއް ގޮތަށް ގުނަން އެމްއެސްއޭ ނިންމާފައިވުމުން، ރަށްރަށުން ބައިވެރިވި ޓީމުތަކުގެ އަދަދެވެ. އެކަމަކު، މި ފަހަރު ރަސްމީކޮށް ޓީމު އިވެންޓް ރަނގަޅު އުސޫލެއްގެ ތެރެއިން ފަށަން، އެމްއެސްއޭ އިން ނިންމީ "މަރުހަބާ ކަޕް" ގެ ނަމުންނެވެ.

މި ފަހަރު މަރުހަބާ ކަޕްގައި ޓީމު އިވެންޓް ކުރިއަށްގެންދާއިރު ހަ ރަށަކުން ޓީމު ވާދަކުރެ އެވެ. ކޮންމެ ޓީމެއްގައި ހަތަރު ރާޅާ އެޅުންތެރިން ވާދަކުރެ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ އެއް ވަނަ ހޯދި މާލޭ ޓީމުގައި ހިމެނެނީ މުހައްމަދު ފަޔާޒް، މުހައްމަދު އިރުޝާދު، އަހުމަދު އަރްޒަން އަދި ޔޫސުފް ކަޔާން އެވެ. މިދިޔަ އަހަރު ދެ ވަނަ ހޯދި ގދ. ގައްދޫ ޓީމުގައި ހިމެނެނީ އިސްމާއިލް ރަޝީދު (ސްމައިލީ)، ހޫދު އަހުމަދު (ހޫބްސް)، ޖައިލަމް ނިޒާރު އަދި ނަޖާހު މުހައްމަދު (ކަބޯ) އެވެ.

ރަސްމާދޫ ޓީމުގައި ހިމެނޭ އިބޫ: އިއްޔެ ހީޓް ނިންމާލުމަށް ފަހު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެންމެ ފަހުން މުބާރާތުގެ ތިން ވަނަ އަށް ދިޔަ، ރ. ރަސްމާދޫ ޓީމުގައި މި ފަހަރު ހިމެނެނީ ހުސެއިން އަރީފް (އިބޫ)، އަބްދުﷲ އަރީފް (ފުކޫ)، އިބްރާހިމް އަރީފް އަދި މުހައްމަދު އާރިފް އެވެ. މުބާރާތުގައި ވާދަކުރާ ކ. ތުލުސްދޫ ޓީމުގައި ހިމެނެނީ އަހުމަދު އާގިލް (އައްމަޑޭ)، އާދަމް މުއީން، މުހައްމަދު ނުސްރަތު އަދި ރިފާސް އަބްދުލް އެވެ.

މ. މުލި ޓީމުގައި ހިމެނެނީ އައިހަމް އަދުނާން، ޝާނިފް ޝަފީގު، އަލީ ރިޒާ އަދި އިބްރާހިމް ލަތީފް އެވެ. އަދި ގދ. ވާދޫ ޓީމުގައި ތިބީ ޖީހާން އަހުމަދު، ޖިނާން އަހުމަދު، އަހުމަދު ޒަޔާން އަދި އަހުމަދު ލުޒެއިން އެވެ.

މަރުހަބާ ކަޕްގެ ހީޓުތައް ބެލުމަށް ރަށްރަށުގެ ގިނަ ޒުވާނުން އަންނަނީ ރާޅުގަނޑަށް އެއްވަމުންނެވެ.

ގައުމީ ސާފިން މުބާރާތުގެ ހީޓްތައް ބަލާލުމަށް ސާފަރުންނާއި ސަޕޯޓަރުން އިށީދެނލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަތޭކަ އަށް ވުރެ ގިނަ ސާފަރުން ވާދަކުރާ ރަންނަމާރި ޗެލެންޖް މިއީ މި އަހަރު ގައުމީ ސާފިން ލީގުގެ ފަހު މުބާރާތެވެ. މީގެ ކުރިން ވަނީ ހަތަރު މުބާރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވައިފަ އެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވީ ގދ. ގައްދޫގަ އެވެ.

އެ އަށް ފަހު މ. މުއްޔާއި ރ. ކިނޮޅަސް އަދި ކ. ހިންމަފުށީގައި ވަނީ ސާފިން ލީގުގެ މުބާރާތްތައް ބާއްވައިފަ އެވެ. އެންމެ ފަހު، ބޮޑު މުބާރާތް ކަމަށްވާ ގައުމީ މުބާރާތް މި ކުރިއަށްދަނީ މާލޭގަ އެވެ.

މި މަހު 19 ވަނަ ދުވަހުގެ ނިޔަލަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ގައުމީ ސާފިން މުބާރާތުގައި ރޭންކިންގެ ކުރީގައި އުޅޭ އެތުލީޓުން އަންނަނީ ވާދަކުރާ ހީޓްތަކުގައި ރަނގަޅު ކާމިޔާބެއް ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox