ނަބާ މި ފަހަރު ވެސް ރެކޯޑް ކާމިޔާބީ ތަކުރާރުކޮށްފި

Nov 12, 2022, 3:38 AM
ނަބާ މި ފަހަރު ވެސް ރެކޯޑް ކާމިޔާބީ ތަކުރާރުކޮށްފި

އުމުރުން 12 އަހަރުގެ ނަބާ ނިޝާން، ގައުމީ ޓެނިސް މުބާރާތުގެ ތިން ޑިވިޝަނެއްގެ ތަށި ދިފާއުކޮށް، އޭނާ މިިދިޔަ އަހަރު ހޯދި ރެކޯޑް ކާމިޔާބީ ތަކުރާރުކޮށްފި އެވެ.

ރާއްޖޭގެ ކުޅިވަރު ތާރީހުން ޒުވާން އުމުރުގައި ޖާގަ ހޯދާފައިވާ ނަބާ ވަނީ ކުރިން ފަަހަރެކޭ އެއްގޮތަށް މި ފަހަރުގެ ގައުމީ ޓެނިސް މުބާރާތުގައި ވެސް ޖޫނިއާ އޯޕަން ސިންގަލްސްގެ އަންހެން ޗެމްޕިއަންކަމާއި އޯޕަންގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަމުގެ އިތުރުން އެންމެ ޝަރަފްވެރި އޯޕަން ސިންގްލަސް އަންހެން ބައިގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އޯޕަން ޑަބަލްސް ބައިގައި ނަބާ ކުޅުނީ ލަޔާން މުހައްމަދު ޝާމިންއާ އެއް ޕެއާ އަކަށެވެ.

ނަބާ، ޖޫނިއާ އަންހެން ސިންގަލްސް ތަށި އުފުލާލީ ފައިނަލުގައި އަޔެޝާ ޒޯޔާ އަލީ ސުޒެއިން ބަލިކޮށްފަ އެވެ. އޯޕަންސް ބައިގެ އަންހެން ސިންގަލްސްގެ ފައިނަލުގައި ނަބާ އަތުން ބަލިވީ ނަޔާރާ އުސާމާ އަލީ އެވެ. އަދި ލަޔާން އާއި ނަބާގެ ޕެއާ އިން އޯޕަންސް އަންހެން ޑަބަލްސް ބައިގެ ފައިނަލުގައި ވަނީ އައިޝަތު ޔުމްން ނިޔާޒް އާއި މިޝަލް މުހައްމަދުގެ ޕެއާ ބަލިކޮށްފަ އެވެ.

ބެންގަލޫރުގެ މަޝްހޫރު ޕަޑްކޯން ޑްރަވިޑް ސްޕޯޓްސް އެކަޑަމީގައި ޓްރެއިނިން ހަދަމުން އަންނަ، ނަބާ ވަނީ މި އަހަރު ތެރޭ އިންޑިއާގައި ވެސް ދެ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަމާއި އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަމެވެ.

ނަބާ، ދެން ނުކުންނާނީ މި މަހު މާލޭގައި ބާއްވާ މޯލްޑިވްސް ޓެނިސް ޗެލެންޖް ޖޫނިއާ މުބާރާތަށެވެ.

މި ފަހަރުގެ ގައުމީ ޓެނިސް މުބާރާތުގެ އޯޕަން ބައިގެ ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ. އެއީ ފައިނަލުގައި ސައުދުﷲ އިބްރާހިމް ބަލިކޮށްފަ އެވެ. އޯޕަން ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފާއީ އާއި އަހުމަދު ފާރިޒް ފަޒީލްގެ ޕެއާ އެވެ. ފައިނަލުގައި ފާއީ އާއި ފާރިޒްގެ ޕެއާ ވަނީ ހަސަން ޝާމް އާއި މުހައްމަދު ފަޒީހްގެ ޕެއާ ބަލިކޮށްފަ އެވެ.

އޯޕަންސް ބައިގެ މިކްސް ޑަބަލްސް ޗެމްޕިއަނަކީ އަހުމަދު އައިހަމް ޝިޔާމް އާއި ނަޔާރާގެ ޕެއާ އެވެ. ފިރިހެން 45 އަހަރުން މަތީގެ ތަށި އުފުލާލީ ސައުދުﷲ އެވެ. އެއީ ފައިނަލުގައި އިބްރާހިމް ރަޝީދު ބަލިކޮށްފަ އެވެ.

ޖޫނިއާ އޯޕަންސް ބައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ ދާއޫދު ޝަހީބު އެވެ.

އުމުރުފުރާ ކެޓަގަރީތަކުގެ ޗެމްޕިއަނުންނަށް ބަލާއިރު، ހަތް އަހަރުން ދަށުގެ ބައި ކާމިޔާބުުކުރީ އަމްރިތޭޝް ތިވާރީ އާއި ޒީޝާ އަހުމަދު ލަތީފް އެވެ. އަށް އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން، އަހުމަދު ހޫދު ނާޒިހާއި އިސްރާ އާރާ އިބްރާހިމް ޝަފީއު ހޯދިއިރު، މި ބައިގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ ލުމީ އަގްލީމް އަހުމަދު އާއި އަލްޔާ އަފްޒަލް އިބްރާހިމްގެ ޕެއާ އެވެ.

ދިހަ އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަލްސަން ސާމީ މުހައްމަދު އާއި އައިޝަތު ސާރާ ވިސާމް އެވެ. ދިހަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަަނަކީ ސާރާ އާއި ކަންޒާ އިސްމާއިލް ހަމީދުގެ ޕެއާ އެވެ. ބާރަ އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން އާދަމް އާލް ނިޔާޒާއި މަންހާ މުހައްމަދު އަލީ ހޯދިއިރު، 14 އަހަރުން ދަށުގެ ތަށި އުފުލާލީ މުހައްމަދު ކައިސާން އިއްޒަތު ރަޝީދު އާއި ނަޔާރާ އެވެ. އަދި 14 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައި ކާމިޔާބުކުރީ ސާރާ ސާމީ މުހައްމަދު އާއި މަލްސާ މުހައްމަދު އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox