ޑިބާލާ އާއި ޑި މާރިއާ އާޖެންޓީނާގެ ވޯލްޑް ކަޕް ސްކޮޑަށް

Nov 11, 2022, 5:09 PM
ާއާޖެންޓީނާގެ ފަރިތަކުރުންތަކެއްގެ ތެރެއިން ޑިބާލާ އާއި ޑި މާރިއާ.

ާއާޖެންޓީނާގެ ފަރިތަކުރުންތަކެއްގެ ތެރެއިން ޑިބާލާ އާއި ޑި މާރިއާ.

ބީނޯޒް އެރީޒް (ނޮވެމްބަރު 11) - ވޯލްޑް ކަޕަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ނެގި 26 ކުޅުންތެރިންގެ ސްކޮޑް މިރޭ އިއުލާނު ކުރިއިރު، ޕައޮލޯ ޑިބާލާ އާއި އެންހެލް ޑިމާރިއާ ސްކޮޑުގައި ހިމަނައިފި އެވެ.

ރޯމާގެ ޑިބާލާ އާއި ޔުވެންޓަސްގެ ޑި މާރިއާ އަށް އަނިޔާގެ މައްސަލަތަކެއް މިދިޔަ މަހު ކުރިމަތިވިއިރު، މި ދެ ކުޅުންތެރިންނަށް ވޯލްޑް ކަޕްގައި ކުޅެވިދާނެކަމާ މެދު ސުވާލު އުފެދުނެވެ.

ކުޅުމާ ދުރުގައި މަހެއްހާ ދުވަހު ޑިބާލާ އާއި ޑި މާރިއާ ހޭދަކުރި ނަމަވެސް، މި ދެ ކުޅުންތެރިންނަށް ވެސް ސްކަލޯނީ މި ފުރުސަތު ދިނީ ވޯލްޑް ކަޕަށް ފިޓުވާނެކަން ޔަގީންވުމާ އެކު އެވެ.

އެހެން ނަމަވެސް، ވިޔަރެއާލަށް ކުޅެމުންދާ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އަށް ވަނީ އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގެ ސްކޮޑުން ފުރުސަތު ގެއްލިފަ އެވެ. ލޮ ސެލްސޯގެ ފަލަ މަސްގަނޑަށް ލިބިފައިވާ އަނިޔާ ރަނގަޅުވާނީ ސާޖަރީއެއް ހަަދައިގެން ކަމަށްވާތީ، އޭނާ އަށް ސްކޮޑުން ފުރުސަތު ދެވޭކަށް ނެތެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އާޖެންޓީނާ ލީޑުކުރާނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މިއީ މެސީ ވޯލްޑް ކަޕްގައި ކުޅޭ ފަސް ވަނަ ފަހަރެވެ. އަދި މިއީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށް އޭނާ ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

"ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިއެއް ވެސް ގައުމީ ޓީމުގެ ޖޯޒީ ލާނީ ފަހުރުވެރިކަމާ އެކު،" ސްކަލޯނީ ބުންޏެވެ.

ވޯލްޑް ކަޕަށް ކުރިމަތިލާއިރު އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގަ އެވެ. އާޖެންޓީނާ ބަލިނުވެ ޖެހިޖެހިގެން 35 މެޗު ހަމަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ވެސް ކާމިޔާބުކުރިއެވެ.

ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ގައުމަށް އަދި މި މުބާރާތް ކާމިޔާބެއް ނުކުރެވެ އެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނެވެ.

ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ މި ފަހަރުގެ މުބާރާތުގައި ލައްވާލީ ގުރޫޕް ސީގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ސައުދީ އަރަބިއްޔާ އާއި ޕޮލެންޑް އަދި މެކްސިކޯ އެވެ.

އާޖެންޓީނާގެ ވޯލްޑް ކަޕް ސްކޮޑް:

ގޯލްކީޕަރުން: ފްރަންކޯ އަރްމާނީ (ރިވާ ޕްލޭޓް)، އެމިލިއާނޯ މާޓިނޭޒް (އެސްޓަން ވިލާ)، ޖެރޯނިމޯ ރޫލީ (ވިޔަރެއާލް)

ޑިފެންޑަރުން: ގޮންޒާލޯ މޮންޓިއެލް (ސެވިއްޔާ)، ނަހުއެލް މޮލީނާ (އެތުލެޓިކޯ މެޑްރިޑް)، ޖެރްމާން ޕެޒެއްލާ (ރެއާލް ބެޓިސް)، ކްރިސްޓިއަން ރޮމޭރޯ (ޓޮޓެންހަމް ހޮޓްސްޕާސް)، ނިކޮލަސް އޮޓަމެންޑީ (ބެންފީކާ)، ލިސަންދުރޯ މާޓިނޭޒް (މެންޗެސްޓާ ޔުނައިޓަޑް)، ނިކޮލަސް ޓަގްލިއާފިކޯ (ލިޔޯން)، މާކޮސް އަކުންޔާ (ސެވިއްޔާ)، ހުއާން ފޮއިތު (ވިޔަރެއާލް)

މިޑްފީލްޑަރު: ލިއަންދްރޯ ޕަރޭޑެސް (ޔުވެންޓަސް)، ގީޑޯ ރޮޑްރިގޭޒް (ރެއާލް ބެޓިސް)، އެންޒޯ ފެނާންޑޭޒް (ބެންފީކާ)، ރޮޑްރިގޯ ޑެ ޕޯލް (އެތުލެޓިކޯ މެޑްރިޑް)، އެޒެކިއެލް ޕަލާސިއޯސް (ބަޔާ ލޭވަކޫސަން)، އަލެހަންދުރޯ - ޕާޕޫ ގޯމޭޒް (ސެވިއްޔާ)، އެލެސިސް މެކަލިސްޓާ (ބްރައިޓަން)

ފޯވަޑުން: ލިއޮނަލް މެސީ (ޕީއެސްޖީ)، ޕައޮލޯ ޑިބާލާ (ރޯމާ) އެންހެލް ޑިމާރިއާ (ޔުވެންޓަސް) ލައުޓާރޯ މާޓިނޭޒް (އިންޓަ މިލާން)، ހޫލިއަން އަލްވަރޭޒް (މެންޗެސްޓާ ސިޓީ)، ނިކޮލަސް ގޮންޒާލޭޒް (ފިއޮރެންޓީނާ)، ޔަކީން ކޮރޭއާ (އިންޓަ މިލާން)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox