ނިއުމޯނިއާ: ޖަރާސީމެއްގެ ސަބަބުން އެންމެ ގިނަ މީހުން މަރުވާ ބަލި

2019، ވަނަ އަހަރު އެކަނިވެސް މުޅި ދުނިޔެއިން 2.6 މިލިއަން މީހުން މަރުވި -- ފޮޓޯ: ޝާބިން/އަދަދު

2019، ވަނަ އަހަރު އެކަނިވެސް މުޅި ދުނިޔެއިން 2.6 މިލިއަން މީހުން މަރުވި -- ފޮޓޯ: ޝާބިން/އަދަދު

ނިއުމޯނިއާ އަކީ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދުން ނުވަތަ ޖަރާސީމު އަށަގަތުމެވެ. ފުއްޕާމޭ އުފެދިފައި ހުންނަނީ އަލްވިއޯލައި ކިޔާ ކުދިކުދި ކޮތަޅުތަކެއްފަދަ އެއްޗެހިތަކަަކުންނެވެ. ސިއްހަތު ރަނގަޅު މީހަކު ނޭވާލުމުން މި އަލްވިއޯލައިތައް ވައިން ފުފެ އެވެ. އެހެންނަމަވެސް ނިއުމޯނިއާ ޖެހިފައި ހުންނަ މީހެއްގެ އަލްވިއޯލައިތައް ހުންނަނީ ދޮސް ނުވަތަ ދިޔައިން ފުރިފަ އެވެ. މިހެންވުމުގެ ސަބަބުން ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވާ ގޮތް ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއި ޑަބްލިއުއެޗްއޯއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2019، ވަނަ އަހަރު އެކަނިވެސް އުމުރުން ފަސް އަހަރުން ދަށުގެ، ހަތް ލައްކައަށް ވުރެ ގިނަ ކުދިން އެ ބަލީގައި މުޅި ދުނިޔެއިން މަރުވި އެވެ. މިއީ މުޅި ދުނިޔެއިން އެ އުމުރުފުރާއިން މަރުވި ކުދިންގެ 14 އިންސައްތަ އެވެ. މި ބަލީގައި އެއްމެ ގިނަ ކުދިން މަރުވަނީ ރާއްޖެވެސް ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުންނެވެ. މި ބައްޔަކީ އިންތިހާއަށް ނުރައްކާތެރި ބައްޔެއް ނަމަވެސް މިއީ ފަސޭހައިން ރައްކާތެރިވެވޭ، އަދި އަވަހަށް ދެނެގަނެވިއްޖެ ނަމަ ވަރަށް ހަރަދު ކުޑަކޮށް ފަރުވާކޮށް ރަނގަޅުކުރެވޭ ބައްޔެކެވެ.

އަރިދަފުސް ރޯގާއާއި ނިއުމޯނިއާގެ ތަފާތަކީ ކޮބާ؟

ރޯގާއާއި ނިއުމޯނިއާގެ އަލާމާތްތަކުގައި އެއްގޮތް ކަމެއް ހުރުމުން ބައެއް މީހުންނަށް ވަރަށް ބޮޑަށް އޮޅުން އަރަ އެވެ. އާދައިގެ ރޯގާ ޖެހުމުން އެއީ ނިއުމޯނިއާކަމަށް އަމިއްލައަށް ނިންމައިގެން ބޭސްކާ މީހުންވެސް އުޅެ އެވެ. އެހެންނަމަވެސް އެއީ ކުށްހީއެއްގެ ސަބަބުން ކުރާ ވަރަށް ނުރައްކާތެރި ކަމެކެވެ. ނިއުމޯނިއާ އާއި އަރިދަފުސް ރޯގާއަކީ މުޅިން ތަފާތު ދެ ބައްޔެކެވެ.

އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ސަލްމާން ނިޒާމް ވިދާޅުވީ އާއްމު ރޯގާއަކީ ނޭފަތާއި، ކަރުތެރެ ހިމެނޭހެން ފުއްޕާމޭގެ މަތީ ބައި (އަޕާ ރެސްޕިރޭޓަރީ ސިސްޓަމް) ގައި އިންފެކްޝަނެއް އުފެދުން ކަމަށެވެ. އަދި ފުއްޕާމޭގެ ތިރިއަށް (ލޯވާ ރެސްޕިރޭޓަރީ ސިސްޓަމް)އަށް ޖަރާސީމު ގޮސް އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކޮށްފިނަމަ އެއީ ނިއުމޯނިއާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކްސްރޭއެއް ނުނަގާ ނިއުމޯނިއާ އެކޭ ނުބުނެވޭނެ، ނިއުމޯނިއާގެ އަލާމާތްތައް ކަމުގައިވާ ހުންއައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާ އެކު އެކްސްރޭއިން އެ [އިންފެކްޝަން] ފެންނަން ހުންނަކަމަށް ވަންޏާ އެއީ ނިއުމޯނިއާ،" އޭޑީކޭގައި މަސައްކަތް ކުރައްވާ ޑރ. ސަލްމާން ވިދާޅުވި އެވެ.

އާއްމު ރޯގާއަކީ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅުވާ ބައްޔެކެވެ. އެ ބައްޔަކީ މާ ބައިވަރު ބޭސްތަކެއް ބޭނުންވާ ބައްޔެއް ނޫނެވެ. ގިނަ މީހުންގެ ދިފާއީ ނިޒާމުން އަމިއްލައަށް އާއްމު ރޯގާއާ ހަނގުރާމަކޮށް އޭގެ މައްޗަށް ގަދަވެ އެވެ. އެހެންނަމަވެސް އެ މުއްދަތު ހަތް ދުވަހަށްވުރެ އިތުރުވެ ނޭވާލާން އުނދަގޫ ވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިއްމެވެ. ނިއުމޯނިއާ އަކީ ޖަރާސީމެއްގެ ސަބަބުން މުޅި ދުނިޔެއިން ވެސް އެ ބަލީގައި އެންމެ ގިނައިން މީހުން މަރުވާ ބައްޔެވެ.

"ކެއްސާފައި އަންނަ ދަވަ މިހުންނަނީ ފެހި ކުލައިގައި ނޫނީ ރީނދޫ ކުލައިގައި ނޫނީ ރަތްކުލައިގައި، އެހެންވެއްޖެއްޔާ އޭގެ މާނައަކީ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދައްކާށޭ، އެއީ ވަރަށް ސީރިއަސް މައްސަލައެއް އުޅޭ ކަމުގެ އަލާމާތެއް،" ޑރ. ސަލްމާން އިތުރަށް ތަފްސީލް ކޮށްދެއްވި އެވެ.

ނިއުމޯނިއާގެ އަލާމާތްތައް

  • ކެއްސުން
  • ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން
  • ހުން އައުން
  • މޭގައި ރިއްސުން
  • ބޯއެނބުރުން، ހޮޑު ލެވުން އަދި ބޭރަށް ހިންގުން
  • ވާނުވާ ނޭނގޭ ގޮތް ވުން (މި ގޮތަށް އާއްމުކޮށް ދިމާވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ.)

ނިއުމޯނިއާ ޖެހެނީ ކިހިނެއް؟

އާއްމުކޮށް ޖެހޭ އެެހެން ބަލިތަކާ ހިލާފަށް ވައިރަސްއަކުން، ބެކްޓީރިއާ އަކުން ނުވަތަ ފަންގަސް އެއްގެ ސަބަބުން ވެސް ނިއުމޯނިއާ ޖެހުމުގެ ފުރުސަތު އޮވެ އެވެ. އަނގައިން ނުވަތަ ނޭފަތުން ވެސް ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވާސިލު ވެއެވެ. އޭގެއިތުރުން ބައެއްފަހަރު ލޮލުގެ ތެތްބައިގެ ތެރެއިން ލާފައި ވެސް ފުއްޕާމެއަށް ޖަރާސީމުގެ އަސަރު ކުރާ ކަމަށް ޑރ. ސަލްމާން ވިދާޅުވިި އެވެ.

އާދައިގެ ކުޑަކުޑަ ރޯގާއެއްވެސް ބައެއް މީހުންނަށް އެއީ ވަރަށް ބޮޑު ރޯގާއަކަށް ވެދާނެ، މިސާލަކަށް ސްޓުރޯކެއް ޖެހިފައި އޮންނަ މީހަކަށް ކާއެއްޗެހި ދިރުވަން އުނދަގޫ ވެގެން ހޮޑުލެވިދާނެ، ދެން މިސާލަކަށް ނޯށުން އަރައިގެން ގޮސް ފުއްޕާމެއަށް އެ ކާއެއްޗެހި އެޅިގެން އެ ބަދަލުވެދާނެ ނިއުމޯނިއާ އަށް،" އޭނާ ވިދާޅުވި އެވެ.

ޑރ. ސަލްމާން ނިޒާމް އަދަދު ނޫހަށް އިންޓަވިއު ދެއްވަނީ
ޑރ. ސަލްމާން ނިޒާމް އަދަދު ނޫހަށް އިންޓަވިއު ދެއްވަނީ

ޑރ. ސަލްމާން ނިޒާމް އަދަދު ނޫހަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: ޝާބިން / އަދަދު

ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެއްމެ ބޮޑު ސިއްހީ ވަބާގައި ވެސް މަރުވި ހުރިހާ އެންމެން ކަހަލަ ގޮތަކަށް މަރުވެގެންދިޔައީ ކޮވިޑު ވައިރަސް ފުއްޕާމެއަށް ވާސިލުވެ ނިއުމޯނިއާ ޖެހިގެންނެވެ.

ނިއުމޯނިއާ ޖެހުމުގެ ފުރުސަތު އެއްމެ ބޮޑީ ކޮންބަޔަކަށް؟

ނިއުމޯނިއާ ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އޭގެއިތުރުން ދިރިއުޅޭ މާހައުލު ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ވެސް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑރ. ސަލްމާން ވިދާޅުވި އެވެ.

އޭގެއިތުރުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ރަނގަޅު މާއްދާތައް އެކުލެވޭ ކާނާ ނުކެވުމަކީ ވެސް ދިފާއީ ނިޒާމު ބަލިކަށިވެ، ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.

މާލެއަކީ ވަރަށް ބައިވަރު މީހުން އެއްތަނެއްގައި ތޮއްޖެހިގެން އުޅޭތަނަކަށް ވެފައި ވައި އެހާ ނުސާފު ތަނެއް. އެހެންވީމަ މާލޭގަ އުޅޭ މީހުންނަށް ރަށްފުށުގައި އުޅޭ މީހުންނަށް ވުރެ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑޮ،" އޭނާ ވިދާޅުވި އެވެ.

ބައްލީގެ ހިރާސްތައް

  • އުމުރުން ދުވަސްވީ ބޭފުޅުން
  • ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުން
  • ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ވޭޕު ކުރާ މީހުން
  • ބަނގުރާ ބޯ މީހުންނާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުން
  • ކާއެއްޗެހި ދިރުވުމަށް ބޭނުންކުރާ ކަރުގެ މަސްތަކުގެ ބާރު ދެރަ މީހުން (އާއްމުކޮށް ކުރިން ސްޓުރޯކު ޖެހިފައި ތިބޭ މީހުން)
  • ރަނގަޅު ކާނާ ކާން ނުލިބޭ ނިކަމެތިން
  • ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ތިބޭ މީހުން
  • މެޝިނުގެ އެހީގައި ނޭވާ ލެއްވުމަށްޓަކައި ހޮޅި ލައްވާފައި ތިބޭ މީހުން
  • ވިހަ ދުމާއި ހިރަފުހުގެ ތެރޭގައި ގިނަ ވަގުތު އުޅޭ މީހުން
  • އެއްތަނެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅޭ މީހުން

އޭގެއިތުރުން އެނދުމަތިކޮށް، އިންޓިއުބޭޓުކޮށްފައި ނުވަތަ މެޝިނުގެ އެހީގައި ނޭވާ ލެއްވުމަށްޓަކައި ހޮޅި ލައްވާފައި ތިބޭ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިފަދަ މީހުންނަށް ޖެހޭ ނިއުމޯނިއާ އަކީ މީގެ އެންމެ ނުރައްކާތެރި ވައްތަރެވެ. އެއީ ހޮސްޕިޓަލުން ޖެހޭ ނިއުމޯނިއާ އަކީ މި ބަލި ޖައްސާ ޖަރާސީމުގެ ތެރެއިން އެންމެ ބާރުގަދަ ޖަރާސީމުން ޖެހޭ ނިއުމޯނިއާ ކަމަށް ވާތީ އެވެ.

ނިއުމޯނިއާއިން ރައްކާތެރިވާނީ ކިހިނެއް؟

ޑރ. ސަލްމާން ވިދާޅުވީ ނިއުމޯނިއާއިން ރައްކާތެރިވުމަށް ތުއްތު ކުދިންނަށް ގަވާއިދުން ދޭންޖެހޭ ވެކްސިންތައް ދެމުން ގެންދިއުމާއި ހަ މަސް ވަންދެއް އެ ކުދިންނަށް ގާތުން ދިނުމަކީ ވަރަށް މުހިއްމު ކަމަށެވެ. އޭގެ އިތުރުން ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުން އަހަރުން އަހަރަށް އިންފުލުއެންޒާ ވެކްސިން ޖެހުމަކީވެސް މިބަލިން ރައްކާތެރިވުމަށް ކުރުން ވަރަށް މުހިއްމު ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެހެން މުހިއްމު ކަންކަން

  • ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން
  • ވޭޕު ކުރުން ހުއްޓާލުން
  • ސާފުވައި ލިބޭ ތަނެއްގައި ދިރިއުޅުން
  • ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުން
  • ގިނަގިނައިން އަތް ދޮވުމާއި ސާފުތާހިރު އާދަތައް ދިރިއުޅުމުގައި އަށަގެންނެވުން
  • ހަށިގަނޑަށް ފައިދާވާ ފަދަ މޭވާއާއި ތަރުކާރީ ކެއުމުގައި ބޭނުންކުރުން
  • ގަވާއިދުން ކަސްރަތު ކުރުން

ނިއުމޯނިއާއަށް ދޭ ފަރުވާ އަކީ ކޮބާ؟ އަމިއްލައަށް ފަރުވާ ހޯދިދާނެތަ؟

ނިއުމޯނިއާއަށް ފަރުވާއެއްގެ ގޮތުގައި ބޭހެއް ދޭނީ ނިއުމޯނިއާ ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމަށް ފަހު އެވެ. ބެކްޓީރިއާއެއްގެ ސަބަބުން ނިއުމޯނިއާ ޖެހިފައި ހުރި ނަމަ އެންޓިބައޮޓިކްސް އެވެ. ފަންގަސްއެއްގެ ސަބަބުން ނަމަ އެންޓިފަންގަލް ބޭހެވެ. ވައިރަހަކުން ނަމަ އެންޓިވައިރަލް ބޭހެވެ.

އަމިއްލައަކަށް ނުވެސް އެނގޭނެ މި ޖެހިފައި ހުރީ ނިއުމޯނިއާ ކަމެއްވެސް، ޑޮކްޓަރަކަށް ދައްކައިގެން ބެލީމާ އެނގޭނީ ނިއުމޯނިއާތޯ ނޫންތޯ،" ޑރ. އިންޒާރު ކުރެއްވި އެވެ.

ނިއުމޯނިއާ ބަލީގެ މައިގަނޑު ދެވައްތަރެއް ވެއެވެ. އެއީ އާއްމު ނިއުމޯނިއާ އާއި ހޮސްޕިޓަލުން ޖެހޭ ނިއުމޯނިއާ އެވެ. އޭގެތެރެއިން ހޮސްޕިޓަލުން ޖެހޭ ނިއުމޯނިއާގެ ނުރައްކާ ވަރަށް ބޮޑެވެ. އެހެންވާން މެދުވެރިވާ ސަބަބެއްގެ ގޮތުގައި ޑރ. ސަލްމާން ވިދާޅުވީ ހޮސްޕިޓަލްތަކަކީ އަބަދާއި އަބަދު ވަރަށް ސާފުކޮށް ބަލަހައްޓައި ތަންތަން ކަމަށްވާއިރު ވެސް ބާރުދެރަ ނުވެ، މީހުންނަށް ބަލި ޖެއްސުމުގެ ގާބިލުކަން ހުންނާނީ ވަރަށް ބާރުގަދަ ޖަރާސީމު ކަމުގައި ވާތީ އެވެ. އަދި އެފަދަ ޖަރާސީމުގެ އަސަރު ފުއްޕާމެއަށް ކޮށްފިނަމަ އިންތިހާއަށް ބަލިވެސް ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

titledesc

އެހެންކަމުން ނިއުމޯނިއާއިން ސަލާމަތްވުމާއި ރައްކާތެރިވުން އޮތީ އަހަރުމެންގެ އަތްމަތީގަ އެވެ. ސާފުތާހިރު ކަމަށް ލޯބިކުރުމާއި ތުއްތު ކުދީންނަށް ދޭން ޖެހޭ ވެކްސިންތައް ގަވާއިދުން ދިނުމުގެ އިތުރުން ދާއިމީ ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ އަހަރުމެންގެ ޒިންމާ ކަމުގައި ހަދަން ޖެހެ އެވެ.

އަބަދުވެސް ވިސްނަންވީ ރަނގަޅު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށާއި ސިއްހީ މާހިރުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުތައް ބެހެއްޓޭތޯ އެވެ. މުޖުތަމައުގެ ހަމަޖެހުމާއި ގައުމުގެ ކުރިއެރުން ވެސް ގުޅި ލާމެހެނީ އާއްމު ފަރުދުންގެ ސިއްހަތާއި ދުޅަހެޔޮ ކަމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox