މެޑިސަން އާއި އާނޯލްޑް އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑަށް

Nov 10, 2022, 3:56 PM
މެޑިސަން އާއި އާނޯލްޑް އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑަށް

ލަންޑަން (ނޮވެމްބަރު 10) - ވޯލްޑް ކަޕަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތު ގޭޓް ނެގި ސްކޮޑް މިރޭ އިއުލާންކުރިއިރު، ލެސްޓާ ސިޓީގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން އާއި ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އަލެކްސަންޑަ އާނޯލްޑަށް ވަނީ ވޯލްޑް ކަޕްގެ ސްކޮޑުން ޖާގަ ދީފަ.

މެޑިސަން މީގެ ކުރިން އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ މީގެ ތިން ވަރަކަށް އަހަރު ކުރިން ޔޫރޯގެ ކޮލިފައިންގައި މޮންޓެނީގްރޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެންމެ ފަހުން އިންގްލެންޑުން ނޭޝަންސް ލީގުގައި ކުޅުނު މެޗުތަކުގެ ސްކޮޑުން ފަހު ވަގުތު އާނޯލްޑް ބާކީވިއިރު، ކުރިން ބެލެވިފައި އޮތީ އޭނާ އަށް މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ނުލިބޭނެ ކަމަށެވެ.

މެޑިސަން މި ސީޒަންގައި ހުރީ ރަނގަޅު ފޯމެއްގައެވެ. ލެސްޓާ އަށް މި ސީޒަންގައި އޭނާ ކުޅުނު ޕްރިމިއާ ލީގުގެ 12 މެޗުތައި އޭނާ ވަނީ ހަ ލަނޑު ޖަހައި ހަތަރު ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.

"މެޑިސަން ދަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން،" ސައުތުގޭޓް ބުންޏެެވެ. "މި ސްކޮޑުން އޭނާ އަށް ޖާގައެއް ހައްގު."

ސައުތުގޭޓް ވޯލްޑް ކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑް މިރޭ އިއުލާންކުރިއިރު، ފިޓްނަސްއާމެދު ސުވާލު އުފެދިފައިވާ ބައެއް ކުޅުންތެރިން ވެސް ސްކޮޑުގައި ހިމެނެއެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ އާއި ކަލްވިން ފިލިޕްސް ހިމެނެ އެވެ. ލީޑްސް ޔުނައިޓެޑުން ސިޓީ އަށް ބަދަލުވެ، ފިލިޕްސް އަދި ކުޅުނީ އެންމެ މެޗެކެވެ. އަދި ވޯކާ އަންނަނީ އޮޕަރޭޝަނަކަށް ފަހު ފިޓްނަސް އަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން މެންޗެސްޓާ ޔުނައިޓަޑްގެ ކެޕްޓަން ހެރީ މެގުއާ ވެސް ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. ފޯމު ދަށްވެ، ޔުނައިޓަޑްގެ ފުރަތަމަ 11 އިން މި ސީޒަންގައި މެގުއާ އަށް ވަނީ ޖާގަ ގެއްލިފަ އެވެ. އޭސީ މިލާންގެ ފިކާޔޯ ޓޮމޯރީ އާއި ރޯމާ އަށް ކުޅޭ ކްރިސް ސްމޯލިންގެ ބަދަލުގައި މެގުއާ ޓީމަށް ނެގީ އޭނާއާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އޮތުމުން ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އިންގްލެންޑްގެ މެޗެއްގެ ތެރެއިން ސައުގުގޭޓް (ކ) އާއި މެގުއާ ވާހަކަ ދައްކަނީ.

"މެގުއާ އަކީ އަހަރެމެންގެ އެންމެ ރަނގަޅު އެއް ޑިފެންޑަރު،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް ޓީމުން ވެސް އަނިޔާއާ ހެދި މުހިންމު ކުޅުންތެރިންނަށް ފުރުސަތު ގެއްލިފައިވެ އެވެ. އޭގެ ތެރޭގައި ޗެލްސީގެ ދެ ފުލްބެކުން ކަމަށްވާ ރީސް ޖޭމްސް އާއި ބެން ޗިލްވެލް ހިމެނެ އެވެ. ދެ ކުޅުންތެރިންނަށް ވެސް އަނިޔާވީ މި މަސް ތެރޭގަ އެެވެ.

ފޯވަޑްލައިންގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއާ އެކު ދެން ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގަައި ޔުނައިޓަޑްގެ މާކަސް ރަޝްފޯޑާއި ނިއުކާސަލްގެ ކަލުމް ވިލްސަން ހިމެނެ އެެވެ.

ވޯލްޑް ކަޕްގެ ގުރޫޕް ބީގައި އިންގްލެންޑާއެކު އޮތީ އީރާނާއި ވޭލްސް އަދި އެމެރިކާއެވެ. އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ އީރާނާ ދެކޮޅަށެވެ.

އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑް:

ގޯލްކީޕަރުން: ޖޯޑަން ޕިކްފަޑް (އެވަޓަން)، ނިކް ޕޯޕް (ނިއުކާސަލް ޔުނައިޓަޑް)، އާރޮން ރަމަސްޑޭލް (އާސެނަލް)

ޑިފެންޑަރުން: ހެރީ މެގުއާ (މެންޗެސްޓާ ޔުނައިޓެޑް)، ލޫކް ޝޯ(މެންޗެސްޓާ ޔުނައިޓަޑް)، އެރިކް ޑަޔާ (ޓޮޓެންހަމް ހޮޓްސްޕާ)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، ކިއެރަން ޓްރިޕިއާ (ނިއުކާސަލް ޔުނައިޓަޑް)، ކޯނާ ކޯޑީ (އެވަޓަން)، ބެން ވައިޓް (އާސެނަލް)، ޓްރެންޓް އެލެކްސަންޑާ އާނޯލްޑް (ލިވަޕޫލް)

މިޑްފީލްޑަރުން: ޖޫޑް ބެލިންހަމް (ބޮރޫޝިއާ ޑޯޓްމަންޑް)، މޭސަން މައުންޓް (ޗެލްސީ)، ކޯނާ ގެލެގާ (ޗެލްސީ)، ޑެކްލަން ރައިސް (ވެސްޓް ހޭމް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، ކަލްވިން ފިިލިޕްސް (މެންޗެސްޓާ ސިޓީ)

ފޯވަޑުން: ޖޭމްސް މެޑިސަން (ލެސްޓާ)، ފިލް ފޯޑަން (މެންޗެސްޓާ ސިޓީ)، ޖެކް ގްރީލިޝް (މެންޗެސްޓާ ސިޓީ)، ހެރީ ކޭން (ޓޮޓެންހަމް ހޮޓްސްޕާ)، ބުކާޔޯ ސާކާ (އާސެނަލް)، ރަހީމް ސްޓާލިން (ޗެލްސީ)، މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓަޑް)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox