އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން މިހާތަނަށް 90،000ރ. ހަރަދުކޮށްފި

ނިރުފެހީގައި ހިނގި އަލިފާނުގެ ހާދިސާ: އަލިފާނުގެ އަސަރު ކުރި ހަތަރު ގެއަކުން މީހުން ވަނީ ހުސްކޮށްފަ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ނިރުފެހީގައި ހިނގި އަލިފާނުގެ ހާދިސާ: އަލިފާނުގެ އަސަރު ކުރި ހަތަރު ގެއަކުން މީހުން ވަނީ ހުސްކޮށްފަ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން 90،000ރ. އަށް ވުރެ ގިނައިން މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ރޭ މ. ނިރުފެހިގޭ ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހުން މަރުވެފައިވާއިރު، އެއީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝް ރައްޔިތެކެވެ. މަރުވި އެކަކު ދަނެގަނެވިފައެއްނުވެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެ އޮތޯރިޓީން ބުނީ، އަލިފާނުގެ ހާދިސާގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބުމާއެކު އެހާދިސާއަށް އިޖާބަ ދިނުމަށް އެއޮތޯރިޓީގެ އެމަޖެންސީ ރެސްޕޮންސް ޓީމެއް އެސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ އެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާފަންނު ސްޓޭޑިއަމްގައި އިކުއޭޝަން ސެންޓެރެއް ގާއިމްކޮށް، ބެކްޕެއްގެ ގޮތުގައި ކަލާފާނު ސްކޫލު ވެސް ތައްޔާރު ކުރި ކަމަށެވެ.

އަލިފާން ރޯވި ސަރަހައްދުގައި ހުރި ހަތަރު އިމާރާތަކުން 35 ދިވެހިންނާއި އަލިފާނުގެ ހާދިސާ ހިނގި އިމާރާތުން ސަލާމަތް ކުރެވުނު 28 ބިދޭސީން ހިމެނޭހެން 33 ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނެ އެވެ.

އެމްޑީއެމްއޭއިން ބުނީ، މިހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި ކެއިން ބުއިމާއި ބޭހާއި ބޯހިޔާވަހިކަން އަދި އަންނައުނު ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ހާލުގައި ޖެހުނު ފަރާތްތަކަށް ޖުމްލަ 90،133ރ. ހަރަދު ކުރެވިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

އޭހެ ތެރޭގައި އިންސާނީ އެހީގެ ގޮތުގައި ފުރަތަމަ ފޭސްގެ ފަސް ދުވަހަށް ބޯހިޔާވަހިކަމަށް 33،500ރ. އާއި އަންނައުނު ނެތް ފަރާތްތަކުން އަންނައުނު ހޯދުމަށް 19،000ރ. އާއި ކެއިން ބުއުމަށް 29،000ރ. އާއި ހައިޖީން ކިޓު ހޯދުމާއި އޮޕަރޭޝަނަލް ހަރަދުގެ ގޮތުގައި 2،633ރ. ހަރަދުކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox