އިނގިރޭސި ސިފައިން އަފްގާނިސްތާނުގައި 64 ކުދިން މަރާލި

އަފްގާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި އިނގިރޭސި ސިފައިން ހަރަކާތްތެރި ވަނީ. -- ފޮޓޯ އިނގިރޭސި ޑިފެންސް މިނިސްޓްރީ

އަފްގާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި އިނގިރޭސި ސިފައިން ހަރަކާތްތެރި ވަނީ. -- ފޮޓޯ އިނގިރޭސި ޑިފެންސް މިނިސްޓްރީ

އިނގިރޭސި ސިފައިން އަފްގާނިސްތާނުގައި މަރާލި 64 ކުޑަކުދިންގެ އާއިލާތަކަށް އިނގިރޭސި ސިފައިން ފައިސާގެ ބަދަލު ދީފި އެވެ.

މީގެ ކުރިން އިނގިރޭސި ސަރުކާރުން ބުނީ މަރާލީ 16 ކުދިން ކަމަށެވެ. އެކަމަކު ފައިސާގެ ބަދަލު ދިނީ ޖުމްލަ 64 ކުދިންގެ އާއިލާއަށެވެ.

އެ ހުރިހާ ކުދިން ވެސް މަރާލީ 2006 އިން 2014 އަށް އިނގިރޭސި ސިފައިން އަފްގާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަން އުޅުނު ދުވަސްވަރެވެ.

Advertisement

އިނގިރޭސި ސިފައިން 64 ކުދިން މަރާލިކަން ހާމަވީ އެކްޝަން އޮން އާމްޑް ވަޔަލެންސް (އޭއޯއޭވީ) ޖަމިއްޔާއިން މައުލޫމާތު ހޯދަން އެދި ހުށަހެޅުމުންނެވެ.

ގިނަ ކުދިން މަރުވީ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގެ ތެރެއިން ކަމަށް އިނގިރޭސި ސަރުކާރުން އެ ޖަމިއްޔާއަށް ފޯރުކޮށްދިން މައުލޫމާތުގައި ވެ އެވެ.

އިނގިރޭސި ސިފައިންގެ ސަބަބުން އަފްގާނިސްތާނުގައި މަރުވި 881 މީހުންގެ އާއިލާއިން ފައިސާގެ ބަދަލު ހޯދަން އެދުނެވެ. އެހެން ނަމަވެސް، ގިނަ ހުށަހެޅުންތައް ބަލައިނުގަނެ އެވެ.

ބަލައިގަނެ، ފައިސާގެ ބަދަލު ލިބުނު އެއް މައްސަލައިގައި އެއް އާއިލާއެއްގެ އަށް މެމްބަރުން މަރުވެފައި ވެ އެވެ. އެއީ 2009 ގައި ހެލްމަންދް ޕްރޮވިންސްގައި ދިން ވައިގެ ހަމަލާއެއްގައި މަރުވި ބަޔެކެވެ.

އެ މައްސަލައިގައި ގޮތެއް ނިންމަން 144 ދުވަސް ނެގި އިރު، ބަދަލުގެ ގޮތުގައި ދިނީ 7،205 ޕައުންޑެވެ.

އިނގިރޭސިވިލާތުން ވަނީ 2006 އާއި 2014 އާ ދެމެދު އަފްގާނިސްތާނުގައި މަރުވި އާއްމުންގެ 289 މީހުންނަށް ބަދަލުގެ ގޮތުގައި ޖުމްލަ 688،000 ޕައުންޑް ހޭދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox