އެމްބީއޭ ޗެމްޕިއަންޝިޕް: ޓީރެކްސް، ކިންގްސް އަދި ބައުސްގެ ވަރުގަދަ ފެށުން ކުރިއަށް

Nov 9, 2022, 5:56 AM
ކިންގްސް އާއި ރޯޔަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކިންގްސް އާއި ރޯޔަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި ފުރަތަމަ ބުރުގައި ކުޅުނު ދެވަނަ މެޗުވެސް ޓީރެކްސް ބީސީ، ކިންގްސް ބީސީ އަދި ދަ ބައުސް އިން ކާމިޔާބުކޮށްފި އެވެ.

ބާރަ ޓީމު ވާދަކުރާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުން ދެ ވަނަ ބުރަށް ކޮލިފައިވަނީ ފުރަތަމަ ބުރުުގެ ގްރޫޕް ސްޓޭޖުން އެއް ވަނަ ހޯދާ ހަތަރު ޓީމާއި ދެ ވަނަ އަށްދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެވެ. ގްރޫޕް ސްޓޭޖުގެ ދެ ވަނަ އަށް ދާ ޓީމްތަކުގެ ތެރެއިން ބާކީ ހުރި ޓީމުތަކާއި ތިން ވަނަ އަށް ދިޔަ ޓީމުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު ކޮލިފައިވާނީ މި ފަހަރު އަލަށް ތައާރަފްކުރި ޝީލްޑް ބުރަށެވެ.

ގްރޫޕް އޭގައި ކުޅުނު ދެވަނަ މެޗު ޔޫއެން ފްރެންޑްސްއާ ވާދަކޮށް ޓީރެކްސް އިން ކާމިޔާބުކުރީ 100 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. ޓީރެކްސް އިން 148 ޕޮއިންޓް ސްކޯ ކުރިއިރު ޔޫއެން ފްރެންޑްސް އަށް ސްކޯކުރެވުނީ 48 ޕޮއިންޓެވެ.

މި މެޗުގައި ޓީރެކްސްގެ 12 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިއަކު 10 ޕޮއިންޓަށް ވުރެން ގިނައިން ސްކޯކުރިއިރު، އެންމެ ގިނައިން ސްކޯކުރީ މުހައްމަދު ޚުވައިލިދު އަލީ އެވެ. އޭނާ، 35 ޕޮއިންޓް ސްކޯކުރިއިރު، އިބްރާހިމް އަންފާލް ޝަރީފް 22 ޕޮއިންޓް ސްކޯ ކޮށްދިނެވެ. ޔޫއެން ފްރެންޑްސް ޓީމަށް ބަލާއިރު، އެންމެ ގިނައިން ސްކޯކުރި ސޮފްއަތު ބަދީއު އަށް އެއްކުރެވުނީ 12 ޕޮއިންޓެވެ.

ގްރޫޕް ސީގެ އެއް ވަނަ ކިންގްސް އިން ހޯދީ ދެ ވަނަ މެޗު ރޯޔަލްސް ބީސީއާ ވާދަކޮށް 119-51 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކިންގްސް އަބްދުﷲ އަމްޒަރު މުހައްމަދު، 23 ޕޮއިންޓް ސްކޯކުރިއިރު، އަހުމަދު ހުޝާމް (ތުއްބެ) 19 ޕޮއިންޓް ސްކޯކުރި އެވެ. މީގެ އިތުރުން އެ ޓީމުގެ މުހައްމަދު ސަބީހު ތައުފީގު 18 ޕޮއިންޓް އެއްކުރިއިރު، މުހައްމަދު އައިކް ނީޝާމް ވެސް 17 ޕޮއިންޓް ސްކޯކުރި އެވެ.

ރޯޔަލްސް އަށް ބަލާއިރު، އަލްދާން އައިކް ރަމީޒު 12 ޕޮއިންޓް ސްކޯކުރި އެވެ. މީގެ އިތުރުން އިބްޒާ އިބްރާހިމް ސުޖާއު އާއި ކެޕްޓަން އަހުމަދު ރައްޔާން އިބްރާހިމްގެ ކުޅުންވެސް ފާހަގަކުރެވެ އެވެ.

ފުރަތަމަ ބުރުގެ ގްރޫޕް ޑީ އިން އެއް ވަނަ ހޯދީ ދަ ބައުސް އެވެ. އެ ޓީމު ކުޅުނު ދެ ވަނަ މެޗު ކާމިޔާބުކުރީ ހުޅުމާލެ ސްޕޯޓްސް ކުލަބާއި ވާދަކޮށް 130-60 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު 20-22 އިން ކުރީގައި އޮތީ ހުޅުމާލެ އެވެ. ނަމަވެސް ދެ ވަނަ ކުއާޓާގައި ބަދަލުތަކަކާ އެކު ނުކުމެ ބައުސް އިން ފެންވަރު ދައްކާލި އެވެ.

މި މެޗުގައި ވެސް ބައުސްގެ ތަރިއަކަށްވީ 33 ޕޮއިންޓް ސްކޯކުރި ބައުސްގެ އިބްރާހިމް ނަސީމް އެވެ. މީގެ އިތުރުން އަހުމަދު އަދުހަމް 24 ޕޮއިންޓް ސްކޯކޮށްދިންނެވެ. ފުރަތަމަ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކި އަހުމަދު ނަޖީލް ވެސް މި މެޗުގައި ރަނގަޅު ފޯމެއްގައި ކުޅުނެވެ.

ހުޅުމާލެ ޓީމަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ސްކޯކޮށްދިން މުހައްމަދު ފައިސަލް އެވެ. މީގެ އިތުރުން 17 ޕޮއިންޓް ސްކޯކޮށްދިން އިބްރާހިމް ޔަސީންގެ ކުޅުންވެސް ފާހަގަވި އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި ސައިކްލޯން ބާސްކެޓްބޯޅަ ކުލަބާއި އާއި ލަޔަނެސް ވާދަކުރާއިރު ރޭގަނޑު ކުޅޭ މެޗުގައި ވާދަކުރާނީ އެލީޓް ސްޕޯޓްސް ކުލަބާއި ރައިޒިން ބާސްކެޓްބޯޅަ އެކަޑެމީ ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox