ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުގައި ފިރްމީނޯ އާއި ގަބްރިއެލް އަށް ޖާގައެއް ނެތް

Nov 8, 2022, 4:51 AM
ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުގައި ފިރްމީނޯ އާއި ގަބްރިއެލް އަށް ޖާގައެއް ނެތް

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ނޮވެމްބަރު 8) - ގަތަރުގައި މި މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރަން ބްރެޒިލް އިން ނެގި 26 ކުޅުންތެރިންގެ ސްކޮޑުން ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އާއި އާސެނަލްގެ ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް ބާކީކޮށްފި އެވެ.

ބްރެޒިލުން ރޭ ރަސްމީކޮށް ވޯލްޑް ކަޕް ސްކޮޑު އިއުލާނުކުރިއިރު، ފިރްމީނޯ އާއި ގަބްރިއެލް އަށް ފުރުސަތު ނުލިބުނުއިރު، ޕްރިމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ވަނީ ޓީމުގައި ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އާއި މިޑްފީލްޑަރު، ފަބީނިއޯ، އާސެނަލްގެ ގަބްރިއެލް ޖީސޫސް އާއި ގަބްރިއެލް މާޓީނެލީ، މެންޗެސްޓާ ސިޓީގެ ކީޕަރު، އެޑަސަން މޮރާއޭސް، ޗެލްސީގެ ތިއާގޯ ސިލްވާ، މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ އާއި ފްރެޑް އަދި އެންޓޮނީ، ޓޮޓެންހަމްގެ ރިޗާލިސަން، ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ އަދި ނިއުކާސަލް ޔުނައިޓެޑްގެ ބްރޫނޯ މަގާޅައެސް އެވެ.

ބްރެޒިލުން ފާއިތުވި އަހަރުތަކުގައި ކުޅުނު މުބާރާތްތަކުގެ ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިގައި ވެސް ކުޅެފައިވާ ފިރްމީނޯ މި ސީޒަނުގައި ލިވަޕޫލާ އެކު ރަނގަޅު ފޯމެއްގައި ހުރިއިރު، އޭނާ ނުނެގުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކެވެ. އަދި އާސެނަލް އިން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތްއިރު، މުހިންމު ވަގުތުތަކުގައި ގޯލު ޖެހި ޑިފެންޑަރު، ގަބްރިއެލް އަށް ފުރުސަތު ނުލިބުމުން ގިނަ ބަޔަކު އަންނަނީ އެ ނިންމުމަށް ވެސް ފާޑުކިޔަމުންނެވެ.

ބްރެޒިލްގެ ކޯޗު ޓީޓޭ ސްކޮޑުން ފުރުސަތު ދިން އެއް ކުޅުންތެރިއަކީ، 39 އަހަރުގެ ޑިފެންޑަރު ޑެނީ އަލްވޭސް އަށެވެ. އަލްވޭސް މި ވަގުތު ކުޅެމުން އަންނަނީ މެކްސިކޯ ލީގުގަ އެވެ. އަލްވޭސްގެ އިތުރުން ޓީމުގައި ދެން ހިމެނޭ އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޗެލްސީ އަށް ކުޅެމުން އަންނަ 38 އަހަރުގެ ސިލްވާ އެވެ.

ފުރުސަތު ދިން ޒުވާން ކުޅުންތެރިންނަށް ބަލާއިރު، މާޓިނޭލީ އާއި އެންޓޮނީ އަކީ މިިދިޔަ އަހަރު ބްރެޒިލުން އޮލިމްޕިކް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދި ޓީމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. މީގެ އިތުރުން ނިއުކާސަލް އަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ގިމަރޭސް އަށް ފުރުސަތު ލިބުމުން އޭނާ ވަނީ އާއިލާއާ އެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ ސާބިއާ އާއި ކެމަރޫން އަދި ސްވިޒަލެންޑާ އެކު ގްރޫޕް ޖީގަ އެވެ. ބްރެޒިލްގެ ފުރަތަމަ މެޗު އޮތީ މި މަހު 24 ވަނަ ދުވަހު ސާބިއާއާ ދެކޮޅަށެވެ.

ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑު

ކީޕަރުން: އެލިސަން (ލިވަޕޫލް)، އެޑަސަން (މެންޗެސްޓާ ސިޓީ)، ވެވާޓަން (ޕަލްމެއިރާސް)

ޑިފެންޑަރުން: ޑަނީލޯ (ޔުވެންޓަސް)، ޑެނީ އަލްވޭސް (ޕޫމާސް)، އަލެކްސް ސަންޑްރޯ (ޔުވެންޓަސް)، އަލެކްސް ޓެލޭސް (ސެވިއްޔާ)، ތިއާގޯ ސިލްވާ (ޗެލްސީ)، މާކީނިއޯސް (ޕީއެސްޖީ)، ޖެލްސަން ބްރެމާ (ޔުވެންޓަސް)، އެޑާ މިިލިޓާއޯ (ރެއާލް މެޑްރިޑް)

މިޑްފީލްޑަރުން: ކަސެމީރޯ (މެންޗެސްޓާ ޔުނައިޓެޑް)، ފަބީނިއޯ (ލިވަޕޫލް)، ބްރޫނޯ ގިމަރޭސް (ނިއުކާސަލް)، ފްރެޑް (މެންޗެސްޓާ ޔުނައިޓެޑް)، ލޫކަސް ޕަކޭޓާ (ވެސްޓް ހޭމް)، އެވަޓަން ރިބެއިރޯ (ފްލަމެންގޯ)

ފޯވާޑުން: ނޭމާ (ޕީއެސްޖީ)، ވިނީޝިއުސް (ރެއާލް މެޑްރިޑް)، ގަބްރިއެލް ޖީސޫސް (އާސެނަލް)، އެންޓޮނީ މެންޗެސްޓާ ޔުނައިޓެޑް)، ރަފީނިއާ (ބާސެލޯނާ)، ރިޗާލިސަން (ޓޮޓެންހަމް)، ގަބްރިއެލް މާޓިނެލީ (އާސެނަލް)، ރޮޑްރީގޯ (ރެއާލް މެޑްރިޑް)، ޕެޑްރޯ (ފްލަމެންގޯ)

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox