ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފްގައި ބާސެލޯނާ އާއި ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެ

Nov 7, 2022, 3:29 PM
ޔޫރޮޕާ ލީގުގެ މެޗެއްގެ ތެރެއިން ޔުނައިޓެޑްގެ ރޮނާލްޑޯ.

ޔޫރޮޕާ ލީގުގެ މެޗެއްގެ ތެރެއިން ޔުނައިޓެޑްގެ ރޮނާލްޑޯ.

ނިޔޯން، ސްވިޒަލެންޑް (ނޮވެމްބަރު 7) - ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރަށް ކޮލިފައިވާން ކުޅޭ ނޮކައުޓް ޕްލޭއޮފްގައި ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޔުނައިޓެޑް ޕްލޭއޮފްގައި ކުޅެން ޖެހުނީ ޔޫރޮޕާ ލީގުގައި ވާދަކުރި ގްރޫޕްގެ ދެ ވަނަ އަށް ދިއުމުންނެވެ. ބާސެލޯނާ ޔޫރޮޕާ ލީގުގައި ކުޅެން ޖެހުނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓުމުންނެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް މީގެ ކުރިން ވަނީ އެ ޓީމުން ޔޫރޮޕާ ލީގަށް ނުކުންނާނީ އެ މުބާރާތް ކާމިޔާބު ކުރުމުގެ އަމާޒުގައި ކަމަށް ބުނެފަ އެވެ. ޕްލޭއޮފްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހުމުން އެ ކަމާ ބެހޭގޮތުން ޒަވީ ބުނީ "މިއީ ވަރުގަދަ ޗެެލެންޖެއް" ކަމަށެވެ.

"ޔުނައިޓެޑާ ދެކޮޅަށް ވަރަށް ރަނގަޅު ވާދައެއް ކުރަން ޖެހޭނެ. ވަރުގަދަ ތާރީހެއް އޮތް ޔުނައިޓެޑުން އެ އަންނަނީ އާ ކޯޗު (ޓެން ހާގް)އާ އެކު ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން،" ޒަވީ ބުންޏެވެ.

މިއަދު ކުރިއަށްދިޔަ ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގެ ގުރުއަތުލުން ނެގުނު ގޮތް.

ޗެމްޕިއަންސް ލީގުގެ ގްރޫޕްތަކުގެ ތިން ވަނަ އަށް ދިޔަ ޓީމުތައް ޔޫރޮޕާ ލީގުގެ ޕްލޭއޮފް ބުރުގައި ކުޅޭއިރު، ދެން ބާސެލޯނާގެ އިތުރުން މި ބުރުން ފެންނާނީ އަޔަކްސް، ބަޔާ ލެވަކޫސަން، ސްޕޯޓިން، ރެޑްބުލް ސަލްޒްބާގް، ޝަހުތަރު ޑޮނެސްކް، ސެވިއްޔާ އަދި ޔުވެންޓަސް އެވެ.

ޕްލޭއޮފް ބުރުގައި ޔުވެންޓަސް ކުޅޭނީ ފްރާންސްގެ ނޯންޓެސްއާ އެވެ. ސްޕޯޓިން ލިޒްބަން އިން ނުކުންނާނީ ޑެންމާކްގެ މިޓްޔައެލަންޑާ ދެކޮޅަށެވެ. ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކުން ކުޅޭނީ ފްރާންސްގެ ރެނެސްއާ އެވެ. އަޔަކްސް އިން ޖަރުމަނު ލީގަށް ވާދަކުރަމުން އަންނަ ޔޫނިއަން ބާލިންއާ ކުޅޭއިރު، ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ބަޔާ ލެވަކޫސަން ބައްދަލުކުރާނީ ފްރާންސްގެ މޮނާކޯއާ އެވެ.

ޔޫރޮޕާ ލީގުގައި ކާމިޔާބު ހޯދުމުގައި ރަނގަޅު ރެކޯޑެއް އޮތް ސެވިއްޔާ އިން ޕްލޭއޮފް ބުރުގައި ކުޅޭނީ ޕީއެސްވީއާ އެވެ. އަދި ޔޫރޮޕާ ލީގުގެ ތަށި ޕޯޓޯ އާއި ޔުނައިޓެޑަށް ހޯދައިދިން ކޯޗު ހޯސޭ މޮރީނިއޯ މިހާރު ހަވާލުވެހުރި، ރޯމާ އިން ޕްލޭއޮފް ބުރުގައި ބައްދަލުކުރާނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox