ޗައިނާގެ ލޮކްޑައުނާ ހެދި އައިފޯނުގެ ޝިޕްމަންޓް ލަސްކުރަން ޖެހިއްޖެ

ޗައިނާގައި އައިފޯން14 ލޯންޗުކުރީ އޮކްޓޯބަރު ހަތް ވަނަ ދުވަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޗައިނާގައި އައިފޯން14 ލޯންޗުކުރީ އޮކްޓޯބަރު ހަތް ވަނަ ދުވަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޗައިނާގައި އެޕަލް ކުންފުނީގެ އައިފޯން އުފައްދާ ފެކްޓްރީ ހުންނަ ސަރަހައްދު ލޮކްޑައުން ކުރުމުން، ޝިޕްމަންޓްތައް ލަސްކުރަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޕަލްއިން ބުނީ ޗައިނާގައި ހުންނަ ފެކްޓްރީ މިހާރު އޮޕަރޭޓް ކުރަނީ ކެޕޭސިޓީ ވަރަށް ބޮޑުތަނުން ދަށްކޮށްގެން ކަމަށެވެ. އެ ސަރަހައްދު ލޮކްޑައުން ކުރީ ނޮވެމްބަރު ދެ ވަނަ ދުވަހު އެވެ.

ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން އެ ސަރަހައްދު ލޮކްޑައުން ކުރީ ހަފުތާއަކަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ފިޔަވަޅު މުރާޖައާ ކުރާނެ އެވެ.

"އައިފޯން14 ޕްރޯ އާއި އައިފޯން14 ޕްރޯ މެކްސް މޮޑެލްތަކަށް ޑިމާންޑު ބޮޑު. އެކަމަކު އައިފޯން14 ޕްރޯ އަދި އަދި އައިފޯން14 ޕްރޯ މެކްސްގެ ޝިޕްމަންޓްތައް ކުރިއަށް އޮތް ތަނުގައި ލަސްވާނެ،" އެޕަލްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އާދީއްތަ ދުވަހު ޗައިނާއިން ރިޕޯޓު ކުރީ ކޮވިޑްގެ 5،643 ކޭސް އެވެ. އެއީ ފާއިތުވި ހަ މަހުގެ ތެރޭގައި އަދަދުތައް އެންމެ މަތިވި ދުވަހެވެ.

އައިފޯން ހަދާ ފެކްޓްރީ ހުންނަ ޒެންގްޒައުއަކީ ޗައިނާގެ މެދުތެރޭގައި އޮންނަ ހެނާން ޕްރޮވިންސްގެ މައި ސިޓީ އެވެ. އެ ތަނުގައި 10 މިލިއަން މީހުން ދިރިއުޅެ އެވެ.

ޒެންގްޒަައުގައި ހޯމަ ދުވަހު 3،683 ކޭސް ރިޕޯޓު ކުރި އިރު، 22 މީހުން މަރުވި އެވެ. އައިފޯން ފެކްޓްރީގެ މުވައްޒަަފުންގެ ތެރެއިން ވެސް ކޭސްތަކެއް ފެނުނެވެ.

އެހެންވެ އެ ތަނުގައި ލޮކްޑައުން ނުވެ ގޭގައި ތިބުމަށް ގިނަ މުވައްޒަފުން ފެކްޓްރީ ދޫކޮށް ދިޔަ އެވެ. އެޕަލްއިން މިހާރު މަސައްކަތް ކުރަނީ ފެކްޓްރީ ދޫކޮށް ދިޔަ މުވައްޒަފުންނަށް 69 ޑޮލަރުގެ ބޯނަހެއް ދީގެން އަލުން މަސައްކަތަށް ނެރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox