އާސެނަލް އެއް ވަނަ އަށް، ޔުނައިޓެޑް ބަލިވިިއިރު، ލިވަޕޫލަށް ހަމަނޭވައެއް

Nov 6, 2022, 7:03 PM
ޗެލްސީ ކޮޅަށް ގޯލު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.

ޗެލްސީ ކޮޅަށް ގޯލު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަން (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އަތުން 1-0 އިން މޮޅުވެ، އާސެނަލް އަލުން ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލިއިރު، އުނާއި އެމެރީ، އެސްޓަން ވިލާ އަށް ކޯޗުކޮށްދިން ފުރަތަމަ މެޗުގައި އެ ޓީމުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ލީގުގައި މިރޭ ލިވަޕޫލް ވަނީ ޓޮޓެންހަމް އަތުން 2-1 އިން މޮޅުވެފަ އެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ލީގުގައި ރަށުންބޭރުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ވެސް މޮޅުވި ފުރަަތަމަ ފަަހަރެވެ.

އާސެނަލް އަލުން އެއް ވަނަ އަށް ޖެހިލީ 13 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 13 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. މިރޭ، ސައުތެމްޓަން ދަނޑުގައި 4-1 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑް ލީގުގެ ތިން ވަނަ އަށް ޖެހިލީ 14 މެޗުން 27 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް ހަަތަރު ވަނައިގައި އޮތީ 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 13 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ބްރައިޓަން އަށް 13 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ ހަތް ވަނައިގައި އޮތީ 13 މެޗުން 21 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް އަށް ވަަނައިގައި އޮތީ 13 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީ ދަނޑުގައި މިރޭ އާސެނަލް މޮޅުވީ މެޗުގެ ދެ ވަނަ ހާފުގައި ބްރެޒިލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް ޖެހި ގޯލުންނެވެ. ބުކާޔޯ ސަކާ ނެގި ކޯނަރެއް ޗެލްސީ ޑިފެންޑަރުންގެ ތެރެއިން އައި ވަގުތު ގޯލު ރޮނގުކައިރިން ގަބްރިއެލް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މި މެޗުގައި ޗެލްސީ އަށް އާސެނަލްގެ ގޯލާ އަމާޒުކޮށް މާ ގިނަ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައިނުވެ އެވެ.

ޔުނައިޓެޑްގެ ރޮނާލްޑޯ ޖަހާ ޝޮޓެއް ބްލޮކްުކުރަން އެސްޓަން ވިލާގެ އެޒްރީ ކޮންސާ މަސައްކަތްކުރަނީ.

އެސްޓަން ވިލާގެ ކޯޗުކަމާ އެެމެރީ ހަވާލުވެ، ނުކުތް ފުރަަތަމަ މެޗުގައި 10 މިނިޓް ތެރޭ ޔުނައިޓެޑް ކޮޅަށް ދެ ގޯލު ޖެހި އެވެ. އެ ގޮތުން މެޗުގެ ހަތް ވަނަ މިނިޓްގައި ޖޭކަބް ރާމްސޭ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން ލެއޯން ބެއިލީ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ހިލޭ ޖެހުމަކުން ލޫކަސް ޑީނިއާ ވަނީ ގޯލެއް ޖަަހައި އެސްޓަން ވިލާގެ ލީޑުފުޅާކޮށްދީފަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގައި ކުޅުނު ޔުނައިޓެޑުން ގޯލެއް ޖެހޭތޯ ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން ރޮނާލްޑޯ އާއި އަލެހަންދްރޯ ގަނާޗޯ ޖެހި ބޯޅަތައް އެސްޓަން ވިލާ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޔުނައިޓެޑްގެ ލޫކް ޝޯ ޖެހި ބޯޅަ އެސްޓަން ވިލާގެ ރަމްސޭ ގައިގައި ޖެހިފައި ގޯލަށް ވަންއިރު، ކީޕަރު މާޓީނޭޒަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ދެ ވަނަ ހާފްގެ ކުުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ އެސްޓަން ވިލާގެ ތިން ވަނަ ލަނޑު ޖެހީ ރަމްސޭ އެވެ. އެސްޓަން ވިލާ އިން މެޗުގެ ބާކީ ބައިގައި ރަނގަޅަށް ޑިފެންސްކޮށް މެޗުން މޮޅުވިއިރު، މިއީ މިދިޔަ 27 އަހަރު ތެރޭ ލީގުގައި އެސްޓަން ވިލާ އިން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިކުރި ފުރަަތަމަ ފަހަރެވެ.

ލިވަޕޫލް އެންމެ ފަހުން ކުޅުނު ދެ މެޗުން ރެލިގޭޝަނުގައި އޮތް ނޮޓިންހަމް ފޮރެސްޓާއި ލީޑްސް ޔުނައިޓެޑް އަތުން ބަލިވެފައިިވަނިކޮށް، މިރޭ ޓޮޓެންހަމާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ.

ލިވަޕޫލްގެ ސަލާހު ޓޮޓެންހަމް ކޮޅަށް ދެ ވަނަ ގޯލު ޖަހަނީ.

މެޗުގެ 11 ވަނަ މިނިޓްގައި ޑާވިން ނޫނޭޒް ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. ޓޮޓެންހަމަށް އެއްވަރުކޮށްދޭން އީވާން ޕެރިސިޗް ބޮލުން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ވެސް ސަލާހު އެވެ. މިއީ މެޗުގެ 40 ވަނަ މިނިޓްގައި ޓޮޓެންހަމްގެ އެރިކް ޑަޔާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސަލާހު ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގައި ޓޮޓެންހަމުން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގެ ކުރީކޮޅުގައި ޓޮޓެންހަމްގެ ޕެރިސިޗް ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ ފަހުން، ކައުންޓަ އެޓޭކެއްގައި ލިވަޕޫލްގެ ސަލާހަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ އަމާޒުވީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އަތަށެވެ.

ޓޮޓެންހަމް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނިޓްގައި ހެރީ ކޭން އެވެ. މިއީ ބަދަލަކަށް ކުޅެން އެރި ޑޭޖާން ކުލުސެވްސްކީ ދިން ބޯޅައަކުން ކޭން އޭރިއާތެރެއިން ޖެހި ގޯލެކެވެ.

މިއީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމާ އެކު ހޯދި 250 ވަނަ މޮޅެވެ.

ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އިން ވަނީ ފަހަތުން އަރައި، 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox