ނަޕޯލީން ލީޑު ދެމެހެއްޓިއިރު، މިލާން މޮޅުކޮށްދިން ޖިރޫޑަށް ރަތެއް

Nov 6, 2022, 3:56 AM
މެޗުގެ 89 ވަނަ މިނިޓްގައި މިލާންގެ ޖިރޫޑް ގޯލަށް ބޯޅަ ފޮނުވާލަނީ.

މެޗުގެ 89 ވަނަ މިނިޓްގައި މިލާންގެ ޖިރޫޑް ގޯލަށް ބޯޅަ ފޮނުވާލަނީ.

މިލާން (ނޮވެމްބަރު 6) - އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާ އަތުން 2-1 އިން މޮޅުވެ، ނަޕޯލީން ލީގުގެ އެއް ވަނަ މަގާމުގައި ލީޑު ދެމެހެއްޓިއިރު، ފަހު ވަގުތުގައި ގޯލު ޖަހައި، ސްޕެޒިއާ އަތުން 2-1 އިން އޭސީ މިލާން މޮޅުކޮށްދިން ގޯލު ޖެހި އޮލިވިއޭ ޖިރޫޑަށް ރަތް ކާޑެއް ދައްކައިފި އެވެ.

ރޭގެ ނަތީޖާތަކާ އެކު ނަޕޯލީ އެއް ވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މިލާނަށް ލިބިފައިވަނީ 13 މެޗުން 29 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް 13 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

އެޓަލަންޓާ ދަނޑުގައި ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމުން ނަޕޯލީ ކޮޅަށް ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ ކޯނަރެއް ދިފާއުކުރަން އުޅުުމުގެ ތެރޭގައި ނަޕޯލީގެ އޭރިއާތެރެއިން އެ ޓީމުގެ ފޯވާޑް، ވިކްޓަ އޮސީމެން އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. އެޓަލަންޓާގެ އަޑެމޯލާ ލުކްމަން ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ނަޕޯލީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ނަޕޯލީގެ ޕިއޮޓްރޭ ޒިއެލިންސްކީ ނެގި ހުރަަހަކުން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި، އޮސީމެން ވަނީ ނަޕޯލީ އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ނަޕޯލީގެ ދެ ވަނަ ގޯލު ޖެހީ އޮސީމެން ދިން ބޯޅައަކުން އޭރިއާތެރެއިން އެލްޔިފް އެލްމާސް އެވެ. އެލްމާސް ޖެހި ބޯޅަ ގޯލަށް ވަނީ އެޓަލަންޓާ ކުޅުންތެރިއަކު ފައިގައި ވެސް ޖެހިފަ އެވެ.

އެޓަލަންޓާގެ އެޑަސަން (ކ) ކައިރިން ނަޕޯލީގެ އޮސީމެން ބޯޅަ ހިފައިގެންދަނީ.

މިލާން ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ތެއޯ ހެނާންޑޭޒް އެވެ. މިއީ އިސްމާއިލް ބެނަސެއާ އޭރިއާތެރެއަށް މަތިން ނެގި ހުރަހެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު، ހެނާންޑޭޒް ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން މިލާނަށް ލީޑުފުޅާކޮށްދޭން ރަފައެލް ލެއާއޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ލެއާއޯ ޖެހި ބޯޅަ ދަނޑިއަށް އަމާޒުވީ ސްޕެޒިއާ ޑިފެންޑަރެއް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.

ސްޕެޒިއާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 59 ވަނަ މިނިޓްގައި ޑެނިއަލް މަލްޑިނީ އެވެ. މިލާންގެ ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެޒިއާ އަށް ކުޅެމުން އަންނަ މަލްޑިނީ މި ލަނޑު ޖެހީ އޭރިއާ އަރިމަތީގައި ހުރެފައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ޑެނިއަލް މަލްޑިނީ އަކީ މިލާންގެ ލެޖެންޑް، ޕައޮލޯ މަލްޑިނީގެ ދަރިއެކެވެ.

މިލާނުން މެޗުގެ 65 ވަނަ މިނިޓްގައި ސަންޑްރޯ ޓޮނާލީ ޖެހި ހިތްގައިމު ގޯލުން އަލުން ލީޑުނެގި އެވެ. އެކަމަކު، އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު އެ ގޯލު ބަަލައިނުގަންނަން ނިންމީ މިލާންގެ ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ފައުލުކޮށްފައި ހޯދި ބޯޅައަކުން ފެށި އެޓޭކެއްގައި މި ލަނޑު ޖަހާފައިވާތީ އެވެ.

މެޗުގެ 89 ވަނަ މިނިޓްގައި ޖިރޫޑް، މިލާން މޮޅުވި ގޯލު ޖެހީ އޭރިއާތެރެއަށް ޓޮނާލީ މަތިން ހުރަސްކޮށްލި ބޯޅައެއް ވޮލީ އަކުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ. އެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ތެރެއިން ޖިރޫޑް ޖޯޒީ ބޭލުމާ އެކު ދެ ވަނަ ރީނދޫ ކާޑާ އެކު، އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox