ފަރުކޮޅުފުށީގައި "އެސްޖެހި ގަނޑުވަރު" ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

އެސްޖެހި ގަނޑުވަރު؛ ދިވެހިރާއްޖޭގެ ވަޑާމުގެ ފަންނުވެރިކަން ފެންނަން ހުރި އެއް އިމާރާތް. އެތަނުގެ އަސްލު ގެއްލިގެން ނުދާގޮތަށް މާލޭން ފަރުކޮޅުފުއްޓަށް ވަނީ ބަދަލުކޮށްފައި. ފޮޓޯ: އެޗްޑީސީ

އެސްޖެހި ގަނޑުވަރު؛ ދިވެހިރާއްޖޭގެ ވަޑާމުގެ ފަންނުވެރިކަން ފެންނަން ހުރި އެއް އިމާރާތް. އެތަނުގެ އަސްލު ގެއްލިގެން ނުދާގޮތަށް މާލޭން ފަރުކޮޅުފުއްޓަށް ވަނީ ބަދަލުކޮށްފައި. ފޮޓޯ: އެޗްޑީސީ

ފަރުކޮޅުފުއްޓަށް ބަދަލު ކުރި އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާނުކޮށްފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނީ، އެ ޕުރޮޖެކްޓު ހިންގުމަށް އެ ކޯޕަރޭޝަނުން ބޮޑަށް އެދެނީ އެތަން ތަރައްގީކުރާ ފަރާތުން އެތަން ހިންގާ މޮޑެލްއަށް ކަމަށެވެ. އެހެންނަމަވެސް، އެނޫން މޮޑެލްއަކަށް އެ ޕުރޮޖެކްޓު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އަދި، އެ ގޮތަށް ހުށަހަޅާ ޕުރޮޕޯސަލްތަކުގައި ހުށަހަޅާ މޮޑެލްއާ އެއްގޮތަށް އެ ޕުރޮޖެކްޓު ހިންގުމުން އެޗްޑީސީއަށާއި އެ ހުށަހަޅާ ފަރާތަކަށް ވާނެ ފައިދާތައް ތަފްސީލުކޮށް ބަޔާންކޮށް ޕްރޮޕޯސަލް ހުށަހަޅަން ވަނީ ހުޅުވާލާފަ އެވެ./

އެ ކޯޕަރޭޝަނުން ބުނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އެ މަސައްކަތް ކުރުމަށް އެދި ހުށަހަޅައިފި ނަމަ، މަސައްކަތް ހަވާލު ކުރުމުގައި އިސްކަން ދޭނީ އެޗްޑީސީގެ މާސްޓާޕުލޭނާއި އެ ތަން ތަރައްގީ ކުރުމުގައި އެ ކޯޕަރޭޝަނުން ގެންގުޅޭ ވިސްނުމާ އެންމެ އެއްގޮތް މޮޑެލްއެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އޭގެއިތުރުން ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓު ކުރުމުގައި އެ ހުށަހަޅާ ފަރާތުގެ އަމަލީ ތަޖުރިބާއާއި، މާލީ ގާބިލިއްޔަތުކަމާއި، ފަންނީ ފެންވަރާއި، މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި މިންވަރު ވެސް ބަލާނެ ކަމަށް އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުންޏެވެ.

އެސްޖެހިގެ ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ އިންވެސްޓުމަންޓު ގައިޑްލައިންއާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެކްސްޕުރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) އެޕްލިކޭޝަން ފޯމު މި މަހުގެ 23، ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

ނަވާރަ ވަނަ ގަރުނުގެ މެދުތެރޭގައި ބިނާކުރި އެސްޖެހިގެ ނުވަތަ ކުރީގެ ނަމުންނަމަ އެސްޖެހި ގަނޑުވަރަކީ މާލޭގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ތާރީހީ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ރާއްޖެއަށް އެކިފަހަރު މަތީން އުރުނު ނައުފަހަރުތަކުގެ ލަކުޑިއާއި އެކަމަށް ހާއްސަކޮށް ބޭރުން ގެނައި ލަކުޑިން ބިނާކުރެވުނު އެތަނުގެ އޮނިގަނޑު އެޗްޑީސީން ގަތީ 2017، ވަނަ އަހަރު އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި، ފަރުކޮޅުފުށީގައި އެސްޖެހިގެ ބެހެއްޓުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މިއަހަރު ކުރީކޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox