އިރާނުން ސައުދީ އަރަބިއްޔާއަށް ހަމަލާ ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރް ކަނާނީ. -- ފޮޓޯ: ތަސްނިމް ނިއުސް

އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރް ކަނާނީ. -- ފޮޓޯ: ތަސްނިމް ނިއުސް

އިރާނުން ސައުދީ އަރަބިއްޔާއަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެ ފެތުރޭ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގެއް ކަމަށް އިރާނުން ބުނެފި އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ނޫހުން ބުނީ އިރާނުން ހަމަލާ ދޭން އުޅޭ ކަމަށް ބުނެ، ސައުދީ އަރަބިއްޔާއިން އެމެރިކާއާ ޖާސޫސީ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

"ބައެއް ހުޅަނގުގެ އަދި ޒަޔޮނިސްޓް ފަރާތްތަކުނެ ވަކި އަތަކަށް ޖެހިގެން ނެރޭ މިފަދަ ހަބަރުތަކުގެ ބޭނުމަަކީ އިރާނާ މެދު ނޭދެވޭ ވިސްނުން ފަތުރައި، މި ސަރަހައްދުގައި ހަމަނުޖެހުން އުފެއްދުން،" އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވި އެވެ.

Advertisement

އަންގާރަ ދުވަހު ވޯލް ސްޓްރީޓް ޖާނަލް ނޫހުން ބުނީ ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ފޯރުކޮށްދިން ޖާސޫސީ މައުލޫމާތުގައިވާ ގޮތުން އިރާނުގެ ހަމަލާއެއް އައުން ވަރަށް ގާތެވެ.

އެހެންވެ، ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި މެދުއިރުމަތީގެ އެހެން ގައުމުތަކުގެ ސިފައިންގެ އެލާޓް ލެވެލް މަތިކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އެމެރިކާއިން އަންގާރަ ދުވަހު ކަންބޮޑުވުން ފާޅުކޮށް ބުނީ އިރާނުން ހަމަލާއެއް ދީފި ނަމަ ރައްދުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު ހުސެން ސަލާމީ މިދިޔަ މަހު ސައުދީ އަރަބިއްޔާއަށް ނުސީދާކޮށް އިންޒާރު ދެއްވި އެވެ. އޭނާ ވިދާޅުވީ ސައުދީ ވެރިން އިޒްރޭލަށް ބަރޯސާވުން ހުއްޓަަން ޖެހޭ ކަމަށާއި ސައުދީ ވެރިން އުޅެނީ "ބިއްލޫރި ގަނޑުވަަރުތަކެއްގައި" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox