ޓީ20 ވޯލްޑް ކަޕް: ވިރާތަށް ރެކޯޑެއް، ބަންގްލަދޭޝް ބަލިކޮށް އިންޑިއާ ސެމީއާ ގާތަށް

Nov 2, 2022, 3:44 PM
އިންޑިއާގެ ތަރި ވިރާތު ކޯލީ މިއަދުގެ މެޗުގެ ތެރެެއިން.

އިންޑިއާގެ ތަރި ވިރާތު ކޯލީ މިއަދުގެ މެޗުގެ ތެރެެއިން.

އަޑެލެއިޑް، އޮސްޓްރޭލިއާ (ނޮވެމްބަރު 2) - އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ބަންގްލަދޭޝް އަތުން ހަނި ގޮތަކަށް ފަސް ލަނޑުން މޮޅުވެ، އިންޑިއާ މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލިއިރު، އިންޑިއާގެ ތަރި ވިރާތު ކޯލީ، ވޯލްޑް ކަޕްގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ޓޮސް ދިމާވުމުން ބަންގްލަދޭޝް އިން މި މެޗުގައި ނިންމީ ފީލްޑް ކުރުމަށެވެ. އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 184 ލަނޑު ހަދައިފަ އެވެ. ކުޅެން ނުކުމެ، އިންޑިއާގެ ފުރަތަމަ ބެޓްސްމަނުންގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 32 ބޯޅައިން ފަސް ލަނޑު ހެދި ކޭއެލް ރާހުލް އެވެ. އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ އަށް މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އޭނާ ނުބައިވިއިރު، އަށް ބޯޅައިން ހެދުނީ ދެ ލަނޑެވެ.

އިންޑިއާ އިން މި މެޗުގައި ވެސް ވިދާލީ ނުބައިނުވެ، 44 ބޯޅައިން 64 ލަނޑު ހެދި ވިރާތު އެވެ. ވިރާތުގެ މިއަދުގެ ސްކޯއާ އެކު އޭނާ ވެފައިވަނީ ޓީ20 ވޯލްޑް ކަޕް ތާރީހުގައި އެންމެ ގިނަ ލަނޑު އެއްކުރި ކުޅުންތެރިޔާ އަށެވެ.

މީގެ ކުރިން ޓީ20 ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު އެއްކުރުމުގެ ރެކޯޑް އޮތީ ލަންކާގެ ކުރީގެ ކެޕްޓަން މަހޭލާ ޖަޔަވަރްދަނޭ އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ، 2014 ވަނަ އަހަރުގަ އެވެ. އެއީ 31 މެޗުގައި ޖުމްލަ 1016 ލަނޑު އެއްކޮށްގެންނެވެ. ވިރާތު ވަނީ 23 އިނިންގްސް ކުޅެގެން، 1062 ލަނޑު އެއްކޮށް ރެކޯޑް މުގުރާލައިފަ އެވެ.

މި މެޗުގައި ވެސް އިންޑިއާގެ ސޫރްޔާކުމާރު ޔާދަވް އެވްރެޖް ގޮތެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭނާ ނުބައިވީ 16 ބޯޅައިން 30 ލަނޑު އެއްކުރި ފަހުންނެވެ.

ޖަވާބުގައި ކުޅެން އަރައި، ބަންގްލަދޭޝް އިން ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަނިކޮށް، ހަތް ވަނަ އޯވަރުގައި ވިއްސާރައިގެ ސަބަބުން މެޗު ހުއްޓާލަން ޖެހުނެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުނު ވަގުތަށް ބެލުމަށް ފަހު، ބަންގްލަދޭޝް މެޗުން މޮޅުވާން ހޯދަން ޖެހޭ ސްކޯ، ޑަކްވާތު ލެވިސް-ސްޓާން މެތަޑުން ބަލައި، 151 ލަނޑަށް ކުޑަކުރި އެވެ. އެ ޓާގެޓަށް ވާސިލްވާން ބަންގްލަދޭޝް އިން ކުރި މަސައްކަތުގައި ފަހު އޯވަރަށް ދިޔައިރު މޮޅުވާން އެ ޓީމު ބޭނުންވަނީ އެންމެ 20 ލަނޑެވެ. އެ އޯވަރުގައި ބަންގްލަދޭޝްގެ ނުުރުލް ހަސަން ވަނީ ހަޔަކަށާއި ހަތަރަކަށް ބޯޅަ ޖަހައި، އެ ޓީމަށް އުންމީދެއް ދީފަ އެވެ. އެކަމަކު، އިންޑިއާގެ އުކުންތެރިޔާ، އަރްޝްދީޕް ސިންގް ވަނީ ތަފާތު ދައްކައި، އިންޑިއާ އަށް މުހިންމު މޮޅެއް ހޯދައިދީފަ އެވެ.

މި މެޗުގައި އަރްޝްދީޕްގެ އިތުރުން އިންޑިއާގެ ހަރްޑިކް ޕާންޑްޔާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

"ސުޕަ 12" ގައުމު ވާދަކުރާ ބުރުގެ ގްރޫޕް ބީގެ އެއް ވަނައިގައި އިންޑިއާ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދެކުނު އެފްރިކާ އަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބަންގްލަދޭޝް އަށް ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެެވެ. އަދި ހަތަރެއްގައި އޮތް ޒިމްބާބްވޭ އަށް ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ.

ފަސް ވަނައިގައި އޮތް ޕާކިސްތާނަށް ތިން މެޗުން ދެ ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ނެދަލެންޑްސް އަށް ހަތަރު މެޗުން ދެ ޕޮއިންޓް ލިބުމުން އެ ޓީމު ވަނީ ކަޓައިފަ އެވެ. ނެދަލެންޑްސް ވަނީ މިއަދު ކުޅުނު މެޗުން ޒިމްބާބްވޭ އަތުން ފަސް ވިކެޓުން މޮޅުވެފަ އެވެ. އެކަމަކު، ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނޭނެ ގޮތެއް ނެތުމުން އެ ޓީމު ކެޓީ އެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންޑިއާ އިން އާދިއްތަ ދުވަހު ޒިމްބާބްވޭ ބަލިކޮށްގެން ސެމީ ފައިނަލުގެ ޖާގަ ހޯދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox