ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ފައިދާ ދަށަށް

ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ފައިދާ ދަށަށް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީއަށް މި ކުއާޓަރުގައި ލިބުނު ފައިދާ މި އަހަރުގެ ކުރީ ދެ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ ދަށްވެއްޖެ އެވެ.

އެ ކުންފުނިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 130 މިލިއަން ރުފިޔާ ލިބުނެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 64 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 66 މިލިއަން ރުފިޔާ އެވެ.

ނަމަވެސް، ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 40 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ ކުއާޓަރާއި އަޅާ ބަލާއިރު 24 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ.

އެހެންނަމަވެސް އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި މި ކުއާޓަރުގައި ވެސް 153 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ ކުއާޓަރުގައި ވެސް އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރެވެ.

މި ކުއާޓަރުގައި ވެސް އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކޮންޓްރެކްޓިންއާއި ޓްރޭޑިންގެ އިތުރުން ޑުރެޖިން އިންނެވެ. އަދި އެންމެ ކުޑަކޮށް އެ ކުންފުންޏަށް އާމްދަނީ ލިބިފައި ވަނީ ދަތުރުފަތުރު ކުރުމުގެ ދާއިރާއިންނެވެ. އެގޮތުން ކޮންޓްރެކްޓިން އިން އެ ކުންފުންޏަށް 19 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ދަތުރުފަރު ކުރުމުގެ ދާއިރާއިން ލިބިފައިވަނީ 3.2 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ ދެ ކުއާޓަރާ އަޅާ ބަލާއިރު ވެސް ދަތުރުފަތުރު ކުރުމުގެ ދާއިރާއިން އެންމެ ފައިދާ ބޮޑުވި ފަހަރެވެ.

ޖުމްލަ 300 މިލިއަން ރުފިޔާގެ ފައިދާއެއް މިއަހަރު ހޯދުމަށް އެކުންފުނިން އަމާޒު ހިފާފައިވާއިރު، މި ނިމުނު ކުއާޓަރާ އެކު މިހާތަނަށް އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު ޖުމްލަ ވަނީ 170 މިލިއަނަށް އަރާފަ އެވެ.

މިއީ މިދިޔަ އަހަރުގެ މިހާ ހިސާބަށް ބަލާއިރު 9.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރަކީ އެ އެމްޓީސީސީގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް އެ ކުންފުންޏަށް ލިބުނު އަހަރެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 271 މިލިއަން ރުފިޔާ ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox