ޝިމާޒް ވަކިކުރަން އެދިފައިނުވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެއްޖެ

މިނިސްޓަރު ނަހުލާ އޮފީހުގައި: ވިދާޅުވީ މުވައްޒަފެއްގެ މައްސަލައެއް ބަލައިދިނުމަށް ފިޔަވައި އިތުރު ކަމަކަށް އެދިވަޑައިނުގަންނަވަ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މިނިސްޓަރު ނަހުލާ އޮފީހުގައި: ވިދާޅުވީ މުވައްޒަފެއްގެ މައްސަލައެއް ބަލައިދިނުމަށް ފިޔަވައި އިތުރު ކަމަކަށް އެދިވަޑައިނުގަންނަވަ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަން މައްސަލަތަކެއްގެ ވާހަކަ ފެންމަތިވެފައި އޮއްވައި، އެތަނުގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މަގާމުން ވަކިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގެންފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް ސިޓީގައި އެފަދަ ކަމަށް އެދިފައިނުވާނެ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރު ފޯނު އިންޓަވިއުއެއްގައި ނަހުލާ މި ނޫހަށް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތު މުވައްޒަފަކަށް އަމާޒުވުމުން އެ މައްސަލަ ބަލައިދިނުމަށް އެދުމުގެ އިތުރުން، މީހަކު މަގާމުން ވަކި ކުރުމަށް އެދިވަޑައިގެންފައިނުވާނެ ކަމަށެވެ.

"އެފަދަ ތުހުމަތެއް ކުރެވިއްޖެއްޔާ އަޅުގަނޑަށް މަޖުބޫރުވާނެ އެ މައްސަލައެއް ބަލަން. އެ މައްސަލައެއް އަންގަންޖެހޭ ފަރާތްތަކަށް އެންގުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް. އެކަމަކު އެއްވެސް މީހަކު ވަކިކޮށްދިނުމަށް އަޅުގަނޑު އެދިފައެއް ނޯންނާނެ،" ނަހުލާ ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުގައި އިއްޔެ ބުނެފައި އޮތީ، ޝިމާޒް ވަކި ކުރުމަށް ނަހުލާ އެދިވަޑައިގެންނެވީ، ނުގަވާއިދުން ވެހިކަލްތަކެއް ރަޖިސްޓްރީ ކުރި މައްސަލައެއްގައި ކަމަށެވެ. މި މައްސަލަ ފެންމަތިވީ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކުގެ ހުއްދަ މިނިސްޓްރީން ބާތިލް ކުރަމުންދާ ދުވަސްވަރެއްގަ އެވެ.

ޝިމާޒްގެ އެއްވެސް މައްސަލައެއް ބަލައިދިނުމަށް އޮފީހުގެ ފަރާތުން އެދުނުކަން ނުވަތަ ނޫންކަން އޭނާއަށް ނޭނގޭ ކަމަށް މި ނޫހާ ވާހަކަ ދައްކަވަމުން ޝިމާޒް ވިދާޅުވި އެވެ. އަދި އޭނާގެ މައްސަލައެއް ބަލަމުންދާކަން މިހާތަނަށް އަންގާފައިނުވާ ކަމަށް ވެސް ޝިމާޒް ވިދާޅުވި އެވެ.

"އެއްވެސް މައްސަލައެއް އުޅޭކަމުގެ ވާހަކައެއް ވެސް އަޅުގަނޑު ކައިރި އޮފީހުން ނުބުނޭ. އެއްވެސް ތަނަކުން [އެހެން އިދާރާއަކުން] ވެސް އަޅުގަނޑުގެ މައްސަލައެއް ބަލާ ވާހަކަ ބުނެފައެއް ނުވޭ. މި ދިމާވެގެން އުޅޭ އެއްވެސް މައްސަލައެއް އަޅުގަނޑަކަށް ނޭނގޭ،" ޝިމާޒް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިނިސްޓަރުންނާއި ރައީސް ސޯލިހާ ދެމެދު ކުރައްވާ މުއާމަލާތްތައް ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް ޝިމާޒަށް އެއްވެސް ފިޔަވަޅެއް ނާޅާކަން މިއުވާން ޔަގީންކޮށްދެއްވި އެވެ.

"ޝިމާޒަށް އެއްވެސް ފިޔަވަޅެއް ނާޅާ. އޭނާއަކީ އަދި ވެސް ހަމަ ޑެޕިއުޓީ މިނިސްޓަރު، ހަމަ އެ މަގާމުގައި އެ ހުންނެވީ،" މިއުވާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox