ނޫސްވެރިންގެ ރައްކާތެރިކަމަށް 6 ކަމެއް ތަންފީޒުކޮށްދޭން އެމްޖޭއޭއިން އެދިއްޖެ

އެމްޖޭއޭގެ ބައްދަލުވުމެއްގެ ތެރެއިން؛ ނޫސްވެރިންގެ ރައްކާތެރިކަމަށް އެމްޖޭއޭއިން ވަނީ 6 ކަމަކަށް އެދިފައި

އެމްޖޭއޭގެ ބައްދަލުވުމެއްގެ ތެރެއިން؛ ނޫސްވެރިންގެ ރައްކާތެރިކަމަށް އެމްޖޭއޭއިން ވަނީ 6 ކަމަކަށް އެދިފައި

ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހަ ކަމެއް ތަންފީޒު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޖޭއޭއިން އެކަންކަމަށް ގޮވާލީ މިއަދު ފާހަގަ ކުރާ 'އިންޓަނޭޝަނަލް ޑޭ ޓު އެންޑް އިމްޕިޔުނިޓީ ފޯ ކްރައިމްސް އަގެއިންސްޓް ޖާނަލިސްޓްސް' ނުވަތަ ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކުށްތަކަށް އަދަބު ނުދެވޭ ނުދެވުން ހުއްޓުވުމަށް ގޮވާލާ ފާހަގަ ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބާގަ އެވެ.

އެމްޖޭއޭއިން ސަރުކާރަށް ގޮވާލާ ކަންކަން:

  • ފާޅުގައި، ހާމަކަންބޮޑު ގޮތެއްގައި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރުން
  • އިންސާފުވެރި، އަވަސް، ފުރިހަމަ، މިނިވަން އަދި ހަރުދަނާ ގޮތެއްގައި ތަހުގީގުތައް ހިންގުން
  • ކުށްކުރި މީހުންގެ މައްޗަށް ދައުވާކޮށް އަދަބު ދިނުން ހަރުދަނާކުރުން
  • އަނިޔާގެ ޝިކާރައަށްވާ ނޫސްވެރިންނާއި އާއިލާތަކަށް އެހީތެރިވުން
  • އޮންލައިންކޮށް ކުރާ ފުރައްސާރަ އާއި ބިރުދެއްކުމަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދޭން ޖެހޭ
  • ނޫސްވެރިންގެ ރައްކާތެރިކަމަށް އަހަންމިއްޔަތުކަން ދީ އެކަން ކުރިއެރުވުން

ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކުށްތަކަށް އަދަބު ނުދެވޭ ނުދެވުން ހުއްޓުވުމަށް ގޮވާލާ ދުވަހުގެ މުނާސަބާގައި އެމްޖޭއޭގެ ރައީސް، އަލީ ރިފްޝާން ވިދާޅުވީ، ރާއްޖޭގައި ވެސް ނޫސްވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުމާއި ފުރައްސާރަ ކުރުމާއި ހުރަސްއެޅުމުގެ އަމަލުތައް އަދިވެސް ހިނގަމުން ދާ ކަމަށާއި، އެކަންކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް އަދި އިސްކަމެއް ވެސް ނުދެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކަންކަން ރަނގަޅަށް ބެލި އިންސާފު ލިބޭކަން އިހުސާސް ކުރެވޭ ވަރަށް އިންސާފު ހޯދައިދެވިފައެއް ނެތް ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ނޫސްވެރިންނަށް ރައްކާތެރިކަން އޮތް ކަމުގެ އިހުސާސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމަށް ރާއްޖޭގައިވެސް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ. އަޅުގަނޑުމެން ދައުލަތުގެ އިދާރާތަކަށް ގޮވާލަނީ އެމްޖޭއޭއިން މި ހުށަހަޅާ ހަ ކަންތައް ތަންފީޒުކޮށް އަމަލީ ސިފަގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަށް،" ރިފްޝާން ވިދާޅުވި އެވެ.

އޭގެ އިތުރަށް އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ 2014 ވަނަ އަހަރު ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި މިދިޔަ ދެތިން އަހަރެއްގެ ތެރޭ ކުރިއެރުންތަކެއް ހޯދައި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާތީ އެކަން ފާހަގަ ކޮށްފަ އެވެ. ނަމަވެސް ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ގިނަ ބައެއްގެ މައްޗަށް ތަހުގީގުތައް ނުހިންގި އޮތް އޮތުމަކީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުނުކޮށްދެވޭ ކަމުގެ ހެއްކެއް ކަމަށް އެމްޖޭއޭއިން ބުނެ އެވެ.

އެ ޖަމްއިއްޔާއިން ބުނީ ރަހުމްކުޑަ ގޮތަކަށް 2016ގައި މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ވެސް އެކަށީގެންވާ ގޮތެއްގައި ތަހުގީގުތައް ނުހިންގި އެ މަރަށް އެކަށީގެންވާ ގޮތެއްގައި އިންސާފު ހޯދައިދެވިފައި ނުވާ ކަމަށެވެ. އަދި އެއީ އެފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރު ކުރުމަށް ލިބޭ ހިތްވަރެއް ކަމަށް ވެސް އެމްޖޭއޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox