ތެލުގެ އިމްޕޯޓްތަކަށް ފައިސާ ދެއްކޭނެ ގޮތެއް އަދިވެސް ނެތް: ލަންކާ

ސްރީލަންކާގެ ޕެޓްރޯލް ސްޓޭޝަނެއް ބަންދުކޮށްފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްރީލަންކާގެ ޕެޓްރޯލް ސްޓޭޝަނެއް ބަންދުކޮށްފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްރީ ލަންކާއަށް ބޭނުންވާ ވަރަށް ތެޔޮ އިމްޕޯޓް ކުރުމަކީ އަދިވެސް ބޮޑު ގޮންޖެހުމެއް ކަމަށާއި ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށް ހަކަތައާ ބެހޭ މިނިސްޓަރު ކަންޗަނާ ވިޖެސޭކަރަ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާއިން ދަނީ ތެލުގެ އިމްޕޯޓްތަކާ ގުޅިގެން ތެޔޮ އުފައްދާ ގައުމުތަކުގެ އެހީތެރިކަން ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެކަމަކު ތެލާ ގުޅޭ ގޮތުން މިހާތަނަށް އެއްބަސްވުމަކަށް ދެވުނީ އިންޑިއާއާ އެކު އެކަންޏެވެ.

"ކްރެޑިޓް ލައިނެއް ހޯދުން ނުވަތަ އަގު އަދާކުރުމުގައި ގެރެންޓީ ފޯރުކޮށްދިނުން ފަދަ ކަންކަން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ،" އަބޫ ދާބީގައި ބޭއްވި ތެލާ ބެހޭ ކޮންފެރެންސެއްގެ ތެރެއިން ވިޖެސޭކަރަ ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ނޮވެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ޑީސެލް ޝިޕްމަންޓެއް ލަަންކާއަށް ފޯރާނެ ކަމަށާއި އެ ޝިޕްމަންޓުން ކުރިއަށް އޮތް މަސްތަކަށް ހަކަތަ ޔަގީންވާނެ ކަމަށެވެ.

ތެލުގެ ސިނާއަތް ޕްރައިވެޓައިޒްކޮށް، ބޭރުގެ އިންވެސްޓަރުން ގެންނަން ބޭނުންވި ނަމަވެސް، އެކަމުގައި ވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ވިޖެސޭކަރަ ވިދާޅުވި އެވެ.

ތެލުގެ ދަތިކަމާ ހެދި ލަންކާއިން ދާދި ފަހުން ވަނީ ތެޔޮ މެނޭޖްކުރާނެ ގޮތުގެ ޕްރޮގްރާމެއް ގައުމީ ފެންވަރުގައި ހިންގައި، 40 ޕަސެންޓުން ހަކަތަ ބޭނުންކުރާ ވަރު މަދުކޮށްފަ އެވެ.

އޭގެ އިތުރުން ފައިސާގެ ދަތިކަން ހައްލު ކުރުމަަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މާލީ އެހީ ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

"ރަޝިއާގެ ތެޔި އިމްޕޯޓް ކުރަން ވެސް މި ދަނީ ވިސްނަމުން. ތެޔޮ ލިބޭ ތަނެއް އަޅުގަނޑުމެންނަކަށް މުހިއްމެއް ނޫން، އަޅުގަނޑުމެންނަށް މުހިއްމީ އޭގެ އަގު،" ވިޖެސޭކަރަ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox