ބެންޗުން އަރައި މެޗު ބަދަލުކޮށްލި ވޮލްޕާޓޯ އަށް ޔަގީންކަން ދިނީ މޮރީނިއޯ

Nov 1, 2022, 6:39 AM
ބެންޗުން އަރައި ރޯމާ މޮޅުކޮށްދޭން މުހިންމު ދައުރެއް އަދާކުރި ވޮލްޕާޓޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބެންޗުން އަރައި ރޯމާ މޮޅުކޮށްދޭން މުހިންމު ދައުރެއް އަދާކުރި ވޮލްޕާޓޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ރޯމް (ނޮވެމްބަރު 1) - އިޓާލިއަން ލީގުގައި ވެރޯނާއާ އަތުން ރޭ ރޯމާ، 3-1 އިން މޮޅުކޮށްދޭން ބެންޗުން އަރައި ތަފާތު ދެއްކި 18 އަހަރުގެ ކްރިސްޓިއަން ވޮލްޕާޓޯ އަށް ހިތްވަރު ލިބުނީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ ފަރާތުން ކަމަށް ބުނެފި އެވެ.

ރޯމާ އަށް ލީޑުނަގައިދޭން ރޭ މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމުގެ ޓަމީ އަބްރަހަމް އަށް ލިބުނު ފުރުސަތުން ވެރޯނާ ކީޕަރު ލޮރެންޒޯ މޮންޓީޕޯ ކައިރިން ނައްޓާފައި ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި ވެރޯނާ އިން ލީޑުނެގީ އޭރިއާތެރެއިން ޕަވެލް ޑަވިޑޯވިޗް ޖެހި ގޯލުންނެވެ. މި ގޯލު ޖެހިތާ 10 މިނިޓް ފަހުން، މެޗުގެ 36 ވަނަ މިނިޓްގައި ޑަވިޑޯވިޗް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ ނިކޯލޯ ޒަނިއޯލޯ އަށް ކުރި ނުރައްކާތެރި ފައުލަކަށް ޑަވިޑޯވިޗަށް ދެއްކި ރަތް ކާޑެކެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރެއިން ފަހު މިނިޓްގައި ރޯމާ އަށް އެއްވަރުކޮށްދިނީ ޒަނިއޯލޯ އެވެ. އޭރިއާތެރެއިން އަބްރަހަމް ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ޒަނިއޯލީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވެރޯނާ އަތުން ރޯމާ މޮޅުކޮށްދޭން އެންމެ ބޮޑު ރޯލެއް ކުޅުނީ މެޗުގެ 57 ވަނަ މިނިޓްގައި ކުޅެން އެރި ވޮލްޕާޓޯ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި ވޮލްޕާޓޯ ވަނީ ނަމާންޏާ މަޓިޗް ނެގި ހުރަހަކުން އޭރިއާ ރޮނގުކައިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ސްޓެފަން އެލްޝަރާވީ ރޯމާގެ ދެ ވަނަ ގޯލު ޖެހީ ވޮލްޕާޓޯ ދިން ބޯޅައަކުންނެވެ.

މެޗަށް ފަހު ވޮލްޕާޓޯ ބުނީ ބަދަލަކަށް ކުޅެން އެރުވިއިރު، އޭނާ ހުރީ ރަނގަޅަށް ވޯމްއަޕް ވެސް ނުވެ ކަމަށާއި އެކަމަކު، ޔަގީންކަން ލިބުނީ ކޯޗު މޮރީނިއޯ ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

"ވޯމްއަޕް ނުވެ ހުއްޓައިވެސް ކޯޗުގެ ވާހަކައިން އެނގުނު އަހަންނާ މެދު އޭނާ އުންމީދުތަކެއް ކޮށް އިތުބާރުކުރާކަން. އެއީ ޒުވާން ކުޅުންތެރިއަކަށް މެޗެއްގައި އަރާއިރު އެންމެ ބޭނުންވާނެ ކަމަކީ، ކޯޗު (މޮރީނިއޯ)ގެ ވާހަކަތަކުން އިތުބާރު ލިބުނު،" އޮސްޓްރޭލިއާ އަށް އުފަން ވޮލްޕާޓޯ ބުންޏެވެ.

ރޭގެ މެޗަކީ އިޓަލީގެ އުމުރުފުރާ ގައުމީ ޓީމަށް ކުޅޭ ވޮލްޕާޓޯ އަށް ރޯމާގެ ލީގު މެޗަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ރޭގެ މޮޅާ އެކު ރޯމާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 12 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ރޯމާ އަށް ވުރެން ކުރީގައި އޮތީ 12 މެޗުން 26 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އޭސީ މިލާނާއި 12 މެޗުން 27 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އެޓަލަންޓާގެ އިތުރުން، 12 މެޗުން 32 ޕޮއިންޓް ހޯދައިގެން އެއް ވަނަ މަގާމުގައި އޮތް ނަޕޯލީ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox