ބަންގްލަދޭޝްގެ ރޮހިންޔާ ކޭމްޕުތަކުގައި އޮޕަރޭޝަނެއް ފަށައިފި

ބަންގްލަދޭޝްގެ ރޮހިންޔާ ކޭމްޕެއްގައި ސެކިއުރިޓީ ފައުޖުގެ މެމްބަރުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ސްކައި ނިއުސް

ބަންގްލަދޭޝްގެ ރޮހިންޔާ ކޭމްޕެއްގައި ސެކިއުރިޓީ ފައުޖުގެ މެމްބަރުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ސްކައި ނިއުސް

ކޮކްސަޒް ބާޒާރު، ބަންގްލަދޭޝް (އޮކްޓޯބަރު 30) - ބަންގްލަދޭޝްގެ ރޮހިންޔާ ކޮމިއުނިޓީގެ ވެރިންނަށް އަމާޒުކޮށް ހަމަލާދިނުން އިތުރުވެފައި ވާތީ، ރެފިއުޖީ ކޭމްޕުތަކުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ ހާއްސަ އާމްޑް ޕޮލިސް ބެޓޭލިއަން ޔުނިޓުން، އިތުރު ސެކިއުރިޓީއާ އެކު 34 ރެފިއުޖީ ކޭމްޕެއްގައި އޮޕަރޭޝަން ހިންގަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ކޭމްޕުތަކުގައި މިލިއަނެއްހާ ރޮހިންޔާ މީހުން ދިރިއުޅެ އެވެ.

ހުކުރު ދުވަހު ފެށި އޮޕަރޭޝަނުގައި މިހާތަނަށް 56 މީހުން ހައްޔަރުކޮށްފައިވެ އެވެ.

މިޔަންމާގެ ސިފައިން ހިންގި ގަތުލުއާއްމުން ސަލާމަތްވުމަށް 2017 ވަނަ އަހަރު 740،000 ރޮހިންޔާ ދަރިކޮޅުގެ މީހުން ބަންގްލަދޭޝަށް ހިޖުރަކުރި އެވެ. އޭރު ވެސް ބަންގްލަދޭޝްގެ ކޭމްޕުތަަކުގައި 200،000 ރޮހިންޔާ މީހުން ތިއްބެވެ.

ފުލުހުން ބުނީ ކޭމްޕުތަކުގެ ސެކިއުރިޓީ ފަހަކަށް އައިސް ގޯސްވެފައިވާ ކަމަށާއި އެކި ހަމަލާތަކުގައި 15 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ރެފިއުޖީ ކޭމްޕުތަކުގެ ވެރިންނެވެ.

"އޮޕަރޭޝަން ރޫޓް އައުޓް"ގެ ނަމުގައި ހުކުރު ދުވަހު ފެށި އޮޕަރޭޝަނުގައި 56 މީހުން ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރެއިން 24 މީހުންނަކީ ހަތް މަރެއްގެ ތުހުމަތު ކުރެވޭ މީހުންނެވެ.

"އެއީ ޓެރަރިސްޓުން. ކޭމްޕުތަކުގެ ސުލްހަ އާއި ސަލާމަތަށް ހުރަސް އަޅާ ޓެރަރިސްޓުން ނައްތާލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" ފުލުހުންގެ ތަރުޖަމާނު ފާރޫކް އަހްމަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox