އޮސީމެންގެ ހެޓްރިކުން ނަޕޯލީ ލީޑުފުޅާކޮށްފި، އިންޓަ އާއި ޔުވެންޓަސް އަށް ވެސް މޮޅެއް

Oct 30, 2022, 3:32 AM
އޮސީމެންގެ ހެޓްރިކުން ނަޕޯލީ ލީޑުފުޅާކޮށްފި، އިންޓަ އާއި ޔުވެންޓަސް އަށް ވެސް މޮޅެއް

ނޭޕްލްސް، އިޓަލީ (އޮކްޓޫބަރު 30) - އިޓާލިއަން ލީގުގައި ރޭ ވިކްޓަ އޮސީމެންގެ ހެޓްރިކާ އެކު 4-0 އިން ސަސުއޯލޯ ބަލިކޮށް ނަޕޯލީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކުރިއިރު، އިންޓަ މިލާނާއި ޔުވެންޓަސް އިން ލީގުގައި ކުރިއަށް ޖެހިލަން މުހިންމު މޮޅެއް ހޯދައިފި އެވެ.

ލެއްޗޭ ދަނޑުގައި ޔުވެންޓަސް މޮޅުވީ 1-0 އިންނެވެ. އިންޓަ އިން ވަނީ އަމިއްލަ ދަނޑުގައި ސަމްޑޯރިއާ އަތުން 3-0 އިން މޮޅުވެފަ އެވެ.

ނަޕޯލީ ރޭގެ މޮޅާ އެކު އެއް ވަނައިގައި އޮތީ 12 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނަށް ވަނީ 11 މެޗުން 26 ޕޮއިންޓް ލިބިފަ އެވެ. މިރޭ ޓޮރިނޯ ދަނޑުގައި އޭސީ މިލާން މޮޅުވެއްޖެނަމަ، ނަޕޯލީގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.

ރޭގެ މެޗުގެ 36 މިނިޓް ތެރޭ ނަޕޯލީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި އޮސީމެން ނަޕޯލީ އަށް ލީޑުނަގައިދިނީ ޑި ލޮރެންޒޯގެ ހުރަހެއް އޭރިއާތެރެއިން ހޯދައި، ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި އޮސީމެން ޖެހި ދެ ވަނަ ގޯލަކީ ކްވިޗާ ކްރަވަޝްކޭލިއާ ދިން ބޯޅައަކުން ޖެހި ލަނޑެކެވެ. މެޗުގެ 36 ވަނަ މިނިޓްގައި މާރިއޯ ރުއީ އޭރިއާތެރެއަށް މަތިން ޖައްސާލި ބޯޅަ ކްރަވަޝްކޭލިއާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ނަޕޯލީގެ ފަހު ލަނޑު ޖަހައި، އޮސީމެން ހެޓްރިކް ފުރިހަމަކުރީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މިއީ ސަސުއޯލޯ ފަހަތަށް ދޫވި ބޯޅައެއް ހިފައިގެން ގޮސް އޮސީމެން ޖެހި ގޯލެކެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާ ދުުރުގައި ހުރެފައި އެނބުރި އައިސް އޮސީމެން ވަނީ އެންމެ ފަހުން ކުޅުުނު ހަތަރު މެޗުން ހަ ގޯލު ޖަހައިފަ އެވެ.

މެޗުގެ 84 ވަނަ މިނިޓްގައި ސަސުއޯލޯގެ ލޮރިއެންޓޭ ކުރި ފައުލަކަށް އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ނަޕޯލީން އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް މޮޅުވެފައިވާއިރު، މިއީ އެ ކްލަބްގެ ތާރީހުގައި ޖެހިޖެހިގެން އެންމެ ގިނަ މޮޅު ހަމަކޮށްފައިވާ ފަހަރެވެ. މީގެ ކުރިން މި ފަދަ ރެކޯޑެއް އެ ޓީމު އަތުގައި އޮތީ ޖެހިޖެހިގެން 11 މެޗުން މޮޅުވެގެންނެވެ. އެއީ 1986 ވަަނަ އަހަރުގެ ސީޒަނުގައި ޑިއޭގޯ މަރަޑޯނާގެ ކެޕްޓަންކަމުގައި ނަޕޯލީން ގާއިމްކުރި ރެކޯޑެކެވެ.

ސަމްޑޯރިއާ ކޮޅަށް އިންޓަ އިން ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ގޮތުން މެޗުގެ 21 ވަނަ މިނިޓްގައި ސްޓެފަން ޑި ވްރައިގެ ގޯލުން އިންޓަ ކުރިއަށް ޖެހިލިއިރު، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނިކޯލޯ ބަރޭލާ ވަނީ ގޯލެއް ޖަހައި އިންޓަގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 73 ވަނަ މިނިޓްގައި އިންޓަގެ ފަހު ލަނޑު ޖެހީ ޔަކީން ކޮރޭއާ އެވެ.

ލެއްޗޭ ދަނޑުގައި ޔުވެންޓަސް އަށް އުނދަގޫތަކެއް ކުރިމަތިވިއިރު، މި މެޗުން ޔުވެންޓަސް މޮޅުކޮށްދިން ލަނޑު ޖެހި މެޗުގެ 73 ވަނަ މިނިޓްގައި ނިކޯލޯ ފަޖިއޯލީ އެވެ. ބަދަލަކަށް ކުޅެން އެރި ފަޖިއޯލީ އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ރޭގެ މޮޅާ އެކު އިންޓަ އޮތީ 12 މެޗުން 24 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ހަ ވަނައިގައި އޮތް ރޯމާ އަށް 11 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ރޭގެ ޕޮއިންޓްތަކާ އެކު 22 ޕޮއިންޓް ހަމަކުރީ 12 މެޗު ކުޅެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox