ދިއްލީ އެއާޕޯޓުގައި އިންޑިގޯ ބޯޓެއްގެ އިންޖީނުގައި ރޯވި މައްސަލަ ބަލަނީ

އިންޑިގޯ އެއާލައިންގެ މަތިންދާބޯޓެއް.

އިންޑިގޯ އެއާލައިންގެ މަތިންދާބޯޓެއް.

ދިއްލީ އެއާޕޯޓުން ފުރަން ތައްޔާރުވި އިންޑިގޯ އެއާލައިންގެ ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވި މައްސަަލަ އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރީ އިދާރާއިން ބަލަން ފަށައިފި އެވެ.

ނިއު ދިއްލީއިން ބެންގަލޫރަށް 184 މީހުންނާ އެކު ދަަތުރު ކުރުމަށް ހަމަޖެހިފައި އޮތް ބޯޓުގެ އިންޖީނުގައި ރޯވީ ރަންވޭއިން ނައްޓާލުމަށް މަސައްކަތް ފެށުމާ އެކު އެވެ.

އަލިފާންގަނޑު ފެނުމާ އެކު ޕައިލެޓު ވަނީ ރަންވޭއިން ބޯޓު ބާލައި، ހުރިހާ އެންމެން އިވެކުއޭޓްކޮށްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

"އެންމެ ބޮޑު އިސްކަމެއް ދޭނީ މި ހާދިސާގެ ތަފްސީލް ތަހުގީގެއްކޮށް، އިންޖީނުގައި ރޯވި ސަބަބު ޔަގީން ކުރަން،" ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރޭޓް ޖެނެރަލް އަރުން ކުމާރް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"ނަސީބަކުން އަލިފާންގަނޑު ވަރަށް އަވަހަށް ނިވާލެވުނު. މިހާރު އެ ބޯޓު އޮތީ ގްރައުންޑްކޮށްފައި."

ބޯޓުގައި ތިބި ޕަސެންޖަރުން އިންޑިއާގެ ނޫސްތަކަށް ބުނީ އަލިފާންގަނޑު ފެނުމުގެ ކުރިން އެއްޗެއް ގޮވި އަޑު އިވުނު ކަމަށެވެ. އިންޑިގޯއިން ބުނީ ބޯޓަަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.

ޕަސެންޖަަރުންނަށް އެހެން ފްލައިޓެއްގައި ދަތުރު ކުރެވޭނެ އިންތިޒާމް އިންޑިގޯއިން ހަމަޖައްސައިދިނެވެ. އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު ޕްރައިވެޓް ބަޖެޓު އެއާލައިނެވެ.

އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ 60 ޕަސެންޓު ކޮންޓްރޯލް ކުރަނީ އިންޑިގޯއިންނެވެ. މި އަހަރުގެ ތެރޭގައި އެކަނިވެސް ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ހިލާފަށް އަމަލު ކުރި ގިނަ މައްސަލަތަކެއް އިންޑިއާގައި ފެންމަތިވި އެވެ.

އެގޮތުން އިންޑިއާގެ ދެ ވަނައަށް އެންމެ ބޮޑު އެއާލައިން ސްޕައިސްޖެޓުގެ ބޮޑެތި މައްސަލަތަކެއް ފާހަގަވި އެވެ. މިދިޔަ މޭ މަހު މުމްބާއީއިން ފުރި ސްޕައިސްޖެޓުގެ ބޯޓެއް ޓާބިއުލަންސްގައި ޖެހި 17 މީހުންނަށް އަނިޔާވި އެވެ.

އޭގެ ފަހުން ޖުލައި މަހު ޑުބާއީއަށް ދަތުރު ކުރި ބޯޓެއްގެ ކޮކްޕިޓުގެ ބޮތްކަކަށް މައްސަލަ ދިމާވެ، އެމެޖެންސީކޮށް ޕާކިސްތާނުގައި މަޑުކުރަން ޖެހުނެވެ.

މިދިޔަ މަހު އޮމާންގެ މަސްކަޓް އެއާޕޯޓުން ފުރަން އުޅުނު އެއާ އިންޑިއާާ އެކްސްޕްރެސް ބޯޓެއްގެ އިންޖީނުގައި ރޯވެ ބަޔަކަށް އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox