ބީއެމްއެލް، މީޑިއާ ކައުންސިލް ގުޅިގެން ނޫސްވެރިން ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ހިންގަނީ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބީއެމްއެލް ގުޅިގެން ނޫސްވެރިން ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ޓުވިޓާ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބީއެމްއެލް ގުޅިގެން ނޫސްވެރިން ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ޓުވިޓާ

ބީއެމްލްއާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ވިޔަފާރިއާއި އިގްތިސާދީ ރޮނގުން ނޫސްވެރިން ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ހިންގުމަށް ނިންމައިފި އެވެ.

މިއަންނަ މަހުގެ 19 ވަނަ ދުވަހު މެންހެޓަން ބިޒްނަސް ހޮޓެލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވާކްޝޮޕު ހިންގައި ދެއްވާނީ ބީއެމްއެލްގެ ފަންނީ މާހިރުންނެވެ. އޭގެ ތެރޭގައި ޗާޓަޑް ބޭންކަރުން ވެސް ހިމެނެ އެވެ.

ދިވެހިރާއްޖޭގެ މީޑިއާތަކަށް ހުޅުވާލައިގެން ބާއްވާ މި ވޯކްޝޮޕުގައި ފައިނޭންޝަލް ރިޕޯޓުތަކާ ބެހޭ ގޮތުންނާއި އެންޓި މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިންއާ ގުޅޭ ގަވާއިދާއި އުސޫލުތަކުގެ އިތުރުން މަކަރާ ހީލަތުން ފައިސާ ހޯދާ އެކިއެކި ގޮތްތަކާ ބެހޭ ގޮތުން ކިޔަވައި ދޭނެ އެވެ.

އަދި އޭގެ އިތުރުން ވެސް އެ ދާއިރާއާ ގުޅޭ ތަފާތު އެކި މައުލޫމާތުތައް މި ވޯކްޝޮޕުގެ ބައިވެރިންނަށް ހިއްސާކުރާނެ އެވެ.

ޓެކްނޮލޮޖީއަށް އައި ކުރިއެރުމާ އެކު މަކަރާ ހީލަތުން ފައިސާ ހޯދުމާއި މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތައް މުޖުތަމައުގައި މިހާރު އާންމުވެފައި ވާއިރު، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް މިފަދަ ކަންކަމުން އާއްމުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަކީ މީޑިއާގެ އެންމެ އިސް އެއް ވާޖިބެވެ.

މިފަދަ ވޯކްޝޮޕެއް ހިންގުމަކީ މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އެކަމުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމުގައި ބީއެމްއެލްއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox