ކޮވިޑް ފިޔަވަޅުތަކާ ހެދި ބެއިޖިންގެ ޔުނިވާސަލް ރިސޯޓް ބަންދުކޮށްފި

ބެއިޖިންގެ ޔުނިވާސަަލް ރިސޯޓް ތީމް ޕާކް އަލުން ހުޅުވާނެ ދުވަހެއް ނުބުނޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބެއިޖިންގެ ޔުނިވާސަަލް ރިސޯޓް ތީމް ޕާކް އަލުން ހުޅުވާނެ ދުވަހެއް ނުބުނޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ޗައިނާގެ ބެއިޖިންގައި ހުންނަ ޔުނިވާސަލް ރިސޯޓް ތީމް ޕާކް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ހަރުކަށި ފިޔަވަޅުތައް އަޅާފައި ހުރި ނަމަވެސް، ބެއިޖިންގެ ކޮވިޑް ކޭސްތައް ދަނީ އުފުލެމުންނެވެ. ޗައިނާގެ ވެރިރަށުގައި 21 މިލިއަން މީހުން ދިރިއުޅޭ އިރު، އަންގާރަ ދުވަހު 20 ކޭސް ރިޕޯޓު ކުރި އެވެ.

ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތާ ހެދި ބޮޑެތި ސަރަހަައްދުތައް ލޮކްޑައުން ކުރަމުން ދާތީ، އެކި ސިނާއަތްތަކަށް ވަނީ އަަސަރުކޮށްފަ އެވެ.

އެމެރިކާގެ ކޮމްކާސްޓް ކުންފުނީގެ ހިއްސާ އޮންނަ ޔުނިވާސަަލް ރިސޯޓް ތީމް ޕާކް ބަންދުކުރި އިރު، އަލުން އެތަން ހުޅުވާނެ ތާރީހެއް ނުބުނެ އެވެ.

އެހެން ނަމަވެސް، އެޑްވާންސްކޮށް ނަގައިފައިވާ ޓިކެޓުތަކަށް ރީފަންޑުކޮށް ނުވަތަ ރީޝެޑިއުލްކޮށްދޭނެ ކަމަށް ބުންޏެވެ. ވީ އެންމެ އަވަހަކަށް ރިސޯޓް އަލުން ހުޅުވޭތޯ ބަަލާނެ ކަމަށް ވެސް ބުންޏެވެ.

ވަގުތީ ގޮތުން ރިސޯޓް ބަންދުކުރި ކަމަށް އިއުލާން ކުރުމާ އެކު ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ކުރިން އެންގުމަކާ ނުލައި ކުއްލިއަކަށް އެގޮތަށް ނިންމުމުން، ޓިކެޓު ގަނެ މަސައްކަތުން ޗުއްޓީ ނެގި މީހުންނަށް ގެއްލުންވާ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

ބެއިޖިންގައި ޔުނިވާސަލް ރިސޯޓް ތީމް ޕާކް ހުޅުވީ ސެޕްޓެމްބަރު 2021 ގަ އެވެ. މިއީ މި އަަހަރުގެ ތެރޭގައި އެ ރިސޯޓް ބަންދުކުރި ދެ ވަނަ ފަހަރެވެ.

މިދިޔަ މޭ މަހު ވެސް ކޮވިޑް ފިޔަވަޅުތަކާ ހެދި ހަ ހަފުތާ ވަންދެން އެ ތަން ބަންދުކުރި އެވެ. ފިޔަވަޅުތަކާ ހެދި ޗައިނާގެ އެހެން މަގްބޫލް މަންޒިލްތައް ވެސް ބަންދުކުރަން ޖެހިފައިވެ އެވެ.

އެގޮތުން މި އަހަރުގެ ކުރީކޮޅު ތިން މަސް ވަންދެން ޝަަންހާއީ ޑިޒްނީލޭންޑް ބަންދުކުރި އެވެ. ޖޫން މަހުން އަލުން ހުޅުވީ، ޒިޔާރަތް ކުރާ މީހުން މާސްކް އަޅައި ގައިދުރުކަން ބަހައްޓަން ޖެހޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox