އިންޑިއާގައި އިތުރު 113 މިލިއަން ޑޮލަރުން ގޫގްލް ޖޫރިމަނާކޮށްފި

އިންޑިއާގައި ގޫގްލްއާ ދެކޮޅު ގިނަ މައްސަލަތަކެއް ދަނީ ބަލަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގައި ގޫގްލްއާ ދެކޮޅު ގިނަ މައްސަލަތަކެއް ދަނީ ބަލަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގައި ދެ ވަނަ ފަހަރަށް ގޫގްލް ޖޫރިމަނާކޮށްފި އެވެ.

ކޮމްޕެޝަން ކޮމިޝަން އޮފް އިންޑިއާ (ސީސީއައި) އިން 113 މިލިއަން ޑޮލަރުން ގޫގްލް ޖޫރިމަނާ ކުރީ ވާދަވެރިކަން ގެއްލޭ ފަދަ ގޮތްތަކަށް އަމަލު ކުރާ ކަމަށް ބުނެ އެވެ.

އެގޮތުން އެޕް ސްޓޯގައި ގޫގްލްއަށް ލިބިދޭ ނުފޫޒުގެ ނާޖައިޒު ބޭނުންކޮށް، އެޕް އުފައްދާ ފަރާތްތަކުން ގޫގްލްގެ އިން-އެޕް ޕޭމަންޓް ނިޒާމް ބޭނުން ކުރަން މަޖުބޫރު ކުރާ ކަމަށް ސީސީއައި އިން ބުންޏެވެ.

Advertisement

ސީސީއައިއިން ގޫގްލްއަށް އެންގީ ތިން ވަނަ ފަރާތެއްގެ ޕޭމަންޓް ހިދުމަތް ބޭނުން ކުރުމުގެ ފުރުސަތު އެޕް އުފައްދާ ފަރާތްތަކަށް ދިނުމަށެވެ.

ގޫގްލްއިން ބުނީ އެ ތުހުމަތުތައް ދިރާސާ ކުރަމުންދާ ކަމަށެވެ. ގޫގްލްއާ ދެކޮޅަށް އިންޑިއާގައި ގިނަ މައްސަލަތަކެއް ކުރިއަށް އެބަދެ އެވެ.

މިދިޔަ ހަފުތާގައި 161 މިލިއަން ޑޮލަރުން އެ ކުންފުނި ޖޫރިމަނާ ކުރީ ގޫގްލްގެ އެންޑްރޮއިޑް ޕްލެޓްފޯމް ބޭނުންކޮށްގެން މާކެޓު ހިސޯރު ކުރި ކަމަށް ބުނެ އެވެ.

ގޫގްލްއިން ސްމާޓްފޯން އުފައްދާ ކުންފުނިތަކާ އެކު "އެއް ފަރާތަށް ބުރަވާ އެއްބަސްވުންތައް" އެކުލަވާލަނީ ގޫގްލްގެ އެޕްތައް މާކެޓުގެ ކުރީގައި ދެމެހެއްޓުމަށް ކަމަށް ސީސީއައިއިން ބުންޏެވެ.

ސީސީއައި އިން ބުނީ ގޫގްލްގެ އެޕްތަކުގެ ތެރޭގައި ހިމެނޭ ކްރޯމް، ޔޫޓިއުބް، ގޫގްލް މެޕްސް ފަދަ އެޕްތައް މާކެޓުގެ ކުރީގައި ދަމަހައްޓަން އެކުލަވާލާ އެއްބަސްވުންތަކުގެ ސަބަބުން ވާދަވެރިކަން ނެތިގެންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox