ޒިދާން ވަރަށް އަވަހަށް ބެންޗަކުން ފެންނާނެ

Oct 25, 2022, 9:25 AM
ޒިދާން ވަރަށް އަވަހަށް ބެންޗަކުން ފެންނާނެ

ޕެރިސް (އޮކްޓޫބަރު 25) - މިދިޔަ އަހަރުގެ މެއި މަހު ރެއާލް މެޑްރިޑުގެ ކޯޗުކަމުން ވަކިވި ފަހުން ކޯޗިންއާ ދުރުގައި ހުރި ފްރާންސްގެ ޒިނެދިން ޒިދާން ވަރަށް އަވަހަށް އެނބުރި އަންނާނެކަން ހާމަކޮށްފި އެވެ.

ކުރިން މަޝްހޫރު މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަވި ޒިދާން، 2016 އިން 2018 އަށް ރެއާލްގެ ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޒިދާން އަކީ ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގައި އެންމެ ބޮޑު މުބާރާތް، ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު އެއް ކުލަބަކަށް ހޯދައިދިން ފުރަތަމަ ކޯޗެވެ. އޭނާ އެކަން ހާސިލްކުރީ ރެއާލްގައި ހުރެ އެވެ.

ޒިދާން އެންމެ ފުރަތަމަ ރެއާލް ދޫކޮށްލީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު އެވެ. އެކަމަކު، އޭރު ކްލަބް ދޫކޮށްލުމަށް ފަހު އޭނާ އެ ކުލަބާ ދެ ވަނަ ފަހަރަށް ގުޅުނީ 2019ގެ މާޗް މަހުގަ އެވެ. އޭހެ ފަހުން މިދިޔަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު އެކުލަބު ދޫކޮށްލީ ކުލަބުން އޭނާ އަށް އިތުބާރު ނުކުރާކަމަށް ބުނެ އެވެ.

އޭގެ ފަހުން ކޯޗިން އާއި ދުރުގައި ހުރި ޒިދާން ވަަރަށް އަވަހަށް އެނބުރި އަންނާނެކަމުގެ އިޝާރާތެއް މިހާރު އޭނާ ވަނީ ދީފަ އެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓައިވިއުއެއްގައި ޒިދާން ބުނީ ކޯޗިންގެ ތެރެއަށް އެނބުރި އަައުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ޓީމަކާ ހަވާލުވާނެ ކަމަށެވެ.

"އެނބުރި އަންނާނަން ވަރަށް އަވަހަށް. މިހާރު ތައްޔާރުވަމުން މި އަންނަނީ. ހުރިހާ އެންމެން ވެސް އަދި ކުޑަކޮށް އިންތިޒާރުކޮށްލާ" ނޫސްވެރިން އޭނާ އެނބުރި އަންނަނީ ކޮންއިރަކުންތޯ އެހުމުން ޒިދާން ބުންޏެވެ.

ރެއާލް ދޫކޮށްލި ފަހުން ޒިދާން ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑުން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ޕީއެސްޖީގެ ކޯޗު ކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށް ޒިދާނަށް ބޮޑު މުސާރައެއް އެފަހަރު ހުށަހެޅި އެވެ. އެކަމަކު، އޭނާ ބޭނުންވީ ކުލަބަކާއި ހާވާލުނުވެ މަޑުކުރާށެވެ.

މެންޗެސްޓާ ޔުނައިޓެޑުން ކުރީގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމަށް ފަހު ދާއިމީ ކޯޗެއްގެ ގޮތުގައި އެރިކް ޓެން ހާގާ ޓީމާ ހަވާލުކުރުމުގެ ކުރިން ޒިދާނަށް އެ މަގާމު ހުށަހެޅިކަމަށް މީޑިއާތަކުން ރިޕޯޓުކުރި އެވެ.

ޒިދާން އެނބުރި އަންނާނެކަން ހާމަކުރުމާ އެކު މިހާރު މީޑިއާތަކުން ރިޕޯޓުކުރަނީ ޒިދާން ގުޅުން އެންމެ ގާތީ ފްރާންސްގެ ގައުމީ ޓީމާއި ކަމަށެވެ. ސަބަބަކީ އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ކޮންޓްރެކްޓް ހަމަވުމެވެ.

ފްރާންސްގެ ގައުމީ ޓީމްގެ އިތުރުން ކުޅުންތެރިއެއްގެ ގޮތުގައި ޒިދާން ފުރަތަމަ ވިދާލި އިޓަލީގެ ޔުވެންޓަސް އަށްވެސް ދިޔުން ގާތް ކަމަށް އިޓަލީގެ މީޑީއާ ތަކުން ރިޕޯޓްކުރެ އެވެ. އެކަމަކު، ޔުވެންޓަސް އާއި ޒިދާނާ ގުޅުވައިގެން ދެކެވޭ ވާހަަކަ އަށް އެކަށޭނެ ކުރިއެރުމެއް ނެތެވެ. އެއީ ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވަނީ ޔުވެންޓަސްގައި ހުރި ކޯޗު މެސިމޯ އަލެގްރީ އަށް އިތުބާރު އެބައޮތް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox