އުރީދޫ އިން އޭއައި އެސިސްޓެންޓެއް އަދި ތާނަ ފޮންޓެއް ތައާރަފުކޮށްފި

އޫރިދޫ މޯލްޑިވްސް ގެ އެމްޑީ ހާމިދު އަލް ހަމާދީ : ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އޫރިދޫ މޯލްޑިވްސް ގެ އެމްޑީ ހާމިދު އަލް ހަމާދީ : ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އޫރިދޫ މޯލްޑިވްސް އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ އޫރިދޫ ޑިޖިޓަލް ކެއާ އެސިސްޓެންޓް 'އެވީ' އަދި އެ ކުންފުނީގެ ހާއްސަ ތާނަ ފޮންޓެއް ތައާރަފުކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި 'އެވީ' ތައާރަފު ކޮށްދެއްވީ ޓެކްނޮލަޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އަދި އޫރިދޫގެ ހާއްސަ ތާނަ ފޮންޓު ތައާރަފު ކޮށްދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫނެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އޫރިދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ މި އަހަރު ފެށުނީއްސުރެ އެ ކުންފުނިން ރާއްޖެއަށް އާ ކަންކަން ތައާރަފުކުރަމުން ގޮސްފައިވާ ކަމަށެވެ.

އަދި އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

އޫރިދޫގެ ޑިޖިޓަލް ކެއާ އެސިސްޓަންޓް 'އެވީ'

އުރީދޫ 'އެވީ' (ކ) އަދި މިނިސްޓަރު ޝައުނާ --
އުރީދޫ 'އެވީ' (ކ) އަދި މިނިސްޓަރު ޝައުނާ --

އުރީދޫ 'އެވީ' (ކ) އަދި މިނިސްޓަރު ޝައުނާ : މިނިސްޓަރު ވިދާޅުވީ ދިވެހި ބަހުން މިފަދަ ހިދުމަތެއް ތައާރަފުކުރެވިގެން ދިއުމަކީ ވަރަށް އުފާވެރި ކަމެއް ކަމުގައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިއަދު ތައާރަފު ކުރެވިގެންދިޔަ އެވީ އަކީ ރާއްޖޭގައި ދިވެހި ބަހުން މުހާތަބު ކުރެވޭގޮތަށް އޭއައި މެދުވެރިކޮށް އުފެދިގެންދިޔަ ފުރަތަމަ ޑިޖިޓަލް އެސިސްޓެންޓް އެވެ. އުރީދޫއިން ބުނެފައިވަނީ އެވީ އަކީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އިތުރުވި ވަރަށް ހާއްސަ ހިދުމަތެއް ކަމަށެވެ.

އަދި އޫރިދޫގެ ކަސްޓަމަރުންނަށް ހިދުމަތްތައް ދިނުމުގައި އެންމެ ފުރިހަމަ ތަޖުރިބާއެއް ޔަގީން ކޮށްދިނުމަކީ އެ ކުންފުނީގެ ސްޓްރެޓެޖީގެ މައިގަނޑު އެއް ބިނާ ކަމަށްވެސް އުރީދޫއިން ބުނެފައިވެ އެވެ. އެވީ އާއެކު އުރީދޫގެ ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އޫރިދޫއިން ވަނީ އެވީ އުފެއްދުމާއި ދިވެހި ބަހަށް ތަމްރީނު ކުރުމުގައި އެ ކުންފުނީގެ މުވައްޒަފުންނާއި ޕާޓްނަރުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

މިހާރު އުރީދޫގެ ހޮޓްލައިން 929 އަށް ގުޅާލައިގެން ކަސްޓަމާ ކެއާ އެޖެންޓަކާ ވާހަކަ ދެއްކުމަށް ލައިންގައި މަޑުކުރުމުގެ ބަދަލުގައި އެވީ މެދުވެރިކޮށް ޑޭޓާ، ވޮއިސް، އެސްއެމްއެސް ގެ ބެލެންސް އަދި ބިލުތަކާ ބެހޭ މައުލޫމާތު ދިވެހި ބަހުން ބަލައިލެވޭނެ އެވެ.

އެވީ ތައާރަފު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ޓެކްނޮލަޖީއަކީ މިއަދު އެއާ ނުލާ ނޫޅެވޭ ވަރުގެ އެއްޗަކަށްވެފައިވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ތަރައްގީ މިސްރާބު ޖަހާފައިވާ ދާއިރާތަކަށް ބަލައިލި ކަމުގައިވީނަމަވެސް ޓެކްނޮލަޖީއާ ނުލާ ކުރިނޭރޭނެ ކަން ހާމަވާކަމަށްވެސް ވިދާޅުވި އެވެ.

"މިހާވަރަށް (ދުނިޔެ) ކުރިއަރައިގެން އަންނަ އިރުގަ ދިވެހި ބަހުން ދިވެހިންނާ މުހާތަބުކޮށް ދިވެހިންނަށް ބޭނުންވާ ހިދުމަތްތަކުގެ އެހީތެރިއެއްގެ ގޮތުގައި 'އެވީ' އަޅުގަނޑުމެންނަށް ތައާރަފުވުމަކީ ދިވެހިރާއްޖެ މިސްރާބު ޖަހާމުންދާ ތަރައްގީގެ ޖާނީ (ދަތުރު) ގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" މިނިސްޓަރު ޝައުނާ ވިދާޅުވި އިތުރަށް އެވެ.

އޫރިދޫގެ ހާއްސަ ތާނަ ފޮންޓު

އުރީދޫގެ ބްރޭންޑިން މެނޭޖަރު އަކްޝަމް އެކުންފުނީގެ ތާނަ ފޮންޓުގެ ތަފުސީލު ދެއްވަނީ  -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އުރީދޫގެ ބްރޭންޑިން މެނޭޖަރު އަކްޝަމް އެކުންފުނީގެ ތާނަ ފޮންޓުގެ ތަފުސީލު ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އުރީދޫގެ ބްރޭންޑިން މެނޭޖަރު އަކްޝަމް އެކުންފުނީގެ ތާނަ ފޮންޓުގެ ތަފުސީލު ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އޫރިދޫއިން މިއަދު ތައާރަފުކުރި ހާއްސަ ތާނަ ފޮންޓަކީ އެކުންފުނީގެ ބްރޭންޑިންގެ ދަށުން ހާއްސަ ސިފަތަކެއް އެކުލެވޭ ގޮތަށް އުފެއްދި ފޮންޓެކެވެ. ފޮންޓާ ބެހޭ އިތުރު ތަފުސީލު ދެއްވަމުން އެ ކުންފުނީގެ ބްރޭންޑިން މެނޭޖަރު މުހައްމަދު އަކްޝަމް ވިދާޅުވީ މި ފޮންޓަކީ ދުރާލާ މަސައްކަތްތަކެއް ކުރެވި ގިނަ ބައެއްގެ ކޮމެންޓާއި އެއްބާރުލުމާއެކު ހެދުނު ފޮންޓެއް ކަމަށެވެ.

އަކްޝަމް އިތުރަށް ވިދާޅުވެފައިވަނީ ފޮންޓު ހެދުމުގައި ކުންފުނީގެ ޕާޓްނަރު ހުސެއިން ނިޔާޒް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. ނިޔާޒް އަކީ މީގެ ކުރިންވެސް އަމިއްލަ ގިނަ ތާނަ ފޮންޓުތަކެއް ހައްދަވާފައިވާ ބޭފުޅެކެވެ.

އުރީދޫގެ މި ފޮންޓުގެ ހަތަރު ސްޓައިލެއް ވަނީ ތައާރަފުކޮށްފަ އެވެ. އެއީ ރެގިއުލާ، ބޯލްޑް، އެކްސްޓްރާ ބޯލްޑް އަދި ލައިޓް އެވެ. އުރީދޫގެ މި ފޮންޓު މިހާރުން ފެށިގެން އެ ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ފޮންޓު ތައާރަފު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ކަލްޗާ މިނިސްޓަރު ޔުމްނާ ވިދާޅުވީ ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަވަންތަކަމުގެ އެންމެ ބޮޑު ރަމްޒު ކަމަށެވެ. އަދި މިހާރު ދުނިޔޭގައި 7000 އަށްވުރެ ގިނަ ބަސް ބޭނުންކުރަމުންދާ ނަމަވެސް މިގަރުނުގެ ތެރޭގައި އޭގެ ތެރެއިން 50 ޕަސަންޓުގެ ބަސް ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށް މާހިރުން ދެކޭ ކަމަށްވެސް ވިދާޅުވި އެވެ.

"ބަސްތައް ހިމާޔަތް ކުރުމަށް ކުރެވޭނެ އެންމެ މުހިންމެ އެއް ކަމަކީ ބަހާއި ޓެކްނޮލަޖީއާ ރައްޓެހިކުރުވުން" މިއަދު ތައާރަފު ވެގެންދިޔަ ތާނަ ފޮންޓު އަދި އެވީގެ މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox