އަންގާރަ ދުވަހު ފަޅި އިރުކޭތައެއް، ފެންނާނީ އައިސްލޭންޑުން ފެށިގެން އިންޑިއާއާ ހަމައަށް

އަންގާރަ ދުވަހުފެ ފަޅި ކޭތައިގައި މާ ބޮޑަށް އުޑުމަތި އަނދިރިވާނެ ކަމަކަށް ނުބެލެވޭ.

އަންގާރަ ދުވަހުފެ ފަޅި ކޭތައިގައި މާ ބޮޑަށް އުޑުމަތި އަނދިރިވާނެ ކަމަކަށް ނުބެލެވޭ.

އަންނަ އަންގާރަ ދުވަހު އައިސްލޭންޑުން ފެށިގެން އިންޑިއާއާ ހަމައަށް ފަޅި އިރުކޭތައެއް ފެންނާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޕެރިސް އޮބްޒަވޭޓަރީގެ އައިއެމްސީސީއީ އިންސްޓިޓިއުޓުން ބުނީ ކޭތަ ހިފާނީ ހެނދުނު 08:58 ގައި އައިސްލޭންޑުން ފެށިގެން ކަމަށެވެ. ކޭތަ ނިމޭނެ ކަމަށް ބެލެވެނީ މެންދުރު 01:02 ގައި އިންޑިއާގެ އައްސޭރިފަށާ ހިސާބަށެވެ.

އިރުކޭތަ ހިފަނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ. ފުރިހަމަ އިރުކޭތަ ހިފަނީ ހަނދުގެ ސަބަަބުން އެއްވެސް ވަރަކަށް ދުނިޔެއާ ހަމައަށް އިރުގެ އަލިކަން ނުފެނުމުންނެވެ.

Advertisement

އެހެން ނަމަވެސް އަންގާރަ ދުވަހު ހިފަނީ ފަޅި ކޭތައެކެވެ. އަންގާރަ ދުވަހުގެ ކޭތައިގައި ހަނދުގެ ހިޔަނި ދުނިޔޭގެ ބިމަށް ނޭޅޭނެ ކަމަށް ޕެރިސް އޮބްޒަވޭޓަރީގެ ބަޔާނެއްގައި ބުންޏެވެ.

ކަޒަކިސްތާނުގެ މަތިން ބަލާއިރު އިރުގެ 82 ޕަސެންޓު ނުފެންނާނެ ކަމަށް ލަފާކުރެވެ އެވެ. އެހެން ނަމަވެސް، އުޑުމަތި އަނދިރިވާ ވަރަށް އަސަރެއް ނުކުރާނެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އުޑުމަތި އެއްކޮށް އަަނދިރި ވާނީ އިރުގެ 95 ޕަސެންޓު ނުފެންނަ ވަރު ވުމުންނެވެ. ކޭތަ ބެލުމަށް ޝައުގުވެރިވާ މީހުން ހަމަލޮލުން އިރަށް ނުބެލުމަށް ލަފާދީފަައިވެ އެވެ.

އެއީ މި އަހަރު ހިފާ ދެ ވަނަ ފަޅި އިރުކޭތަ އެވެ. އަދި މި ގަރުނުގެ ތެރޭގައި ހިފާ 16 ވަނަ ފަޅި އިރުކޭތަ އެވެ. ދެން އެންމެ އަވަަހަށް ފުރިހަމަ އިރުކޭތައެއް ހިފާނީ 2024 ވަނަ އަހަރުގެ އެޕްރީލް އަށް ވަނަ ދުވަހު ކަމަށް ނާސާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox