ކާބުލްގެ ސްކޫލަކަށް ހަމަލާ ދިން އައިއެސް ބަޔަކު މަރާލައިފި

ސްކޫލަށް ދިން ހަމަލާގައި 53 މީހުން މަރުވި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްކޫލަށް ދިން ހަމަލާގައި 53 މީހުން މަރުވި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ސްކޫލަކަށް ހަމަލާ ދިނުމުގައި ބައިވެރިވި އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕްގެ ހަ މެމްބަރުން މަރާލައިފި އެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ޓެރަރިސްޓަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޖުމްލަ 53 މީހުން މަރުވި އިރު، އޭގެ ތެރޭގައި 46 އަންހެން ކުދިން ހިމެނެ އެވެ.

ހަމަލާދިނީ ކާބުލްގެ ސްކޫލެއްގެ ހޯލު ތެރޭގައި ޔުނިވާސިޓީ އިމްތިހާން ހެދުމަށް އަންހެން ދަރިވަރުން ތައްޔާރުވަމުން ދިޔަ ވަގުތަކާ ދިމާކޮށްފަ އެވެ.

އެކަމުގެ ޒިންމާ އެއްވެސް ގްރޫޕަކުން ނުއުފުލަ އެވެ. އެކަމަކު ތާލިބާނުން ބުނީ އެކަމުގެ ފަހަތުގައި ތިބީ އައިއެސް ކަމަށާއި ހަމަލާއާ ގުޅުން ހުރި އައިއެސްގެ މެމްބަރުންތަކެއް މަރާލާފައިވާ ކަމަށެވެ.

ތާލިބާން އޮފިޝަލަކު ބުނީ ފަހަކަށް އައިސް އާއްމުންނަށް އަމާޒުކޮށް ދޭ ގިނަ ހަަމަލާތަކަށް ޒިންމާ ވާން ޖެހެނީ އައިއެސް ކަމަށެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި މިސްކިތްތަކަށް ދިން ހަމަލާތައް ހިމެނެ އެވެ.

ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި އައިއެސްގެ ހަ މެމްބަރުން މަރާލި އިރު، ދެ މެމްބަރުން ހައްޔަރު ކުރި އެވެ.

މީގެ އަހަރެއް ކުރިން ތާލިބާނުން ވެރިކަމަށް އައުމާ އެކު ބޮޑެތި ހަމަލާތައް މަދުވި އެވެ. އެހެން ނަމަވެސް، ކާބުލް އާއި ބައެއް އެހެން ސިޓީތަކުގައި އަދިވެސް ބޮމުގެ ހަމަލާތައް ދެ އެވެ.

ބައެއް ހަމަލާތަކުގެ ޒިންމާ އައިއެސްއިން އުފުލަ އެވެ. އައިއެސް އާއި ތާލިބާނުންނަކީ ސުންނީ ދެ ގްރޫޕް ނަމަވެސް، ދެ ގްރޫޕްގެ ގިނަ ތަފާތުތަކެއް ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox