އިންޑިއާގައި 161 މިލިއަން ޑޮލަރުން ގޫގްލް ޖޫރިމަނާކޮށްފި

އިންޑިއާގައި ގޫގްލްއާ ދެކޮޅު ގިނަ މައްސަލަތަކެއް ދަނީ ބަލަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގައި ގޫގްލްއާ ދެކޮޅު ގިނަ މައްސަލަތަކެއް ދަނީ ބަލަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ގޫގްލްގެ އެންޑްރޮއިޑް ޕްލެޓްފޯމް ބޭނުންކޮށްގެން މާކެޓު ހިސޯރު ކުރި ކަމަށް ބުނެ، އިންޑިއާގައި އެ ކުންފުނި 161 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

އިންޑިއާގައި ކުންފުނިތަކުގެ ވާދަވެރިކަން ބަލަހައްޓާ އިދާރާއިން ބުނީ ގޫގްލްއިން ސްމާޓްފޯން އުފައްދާ ކުންފުނިތަކާ އެކު "އެއް ފަރާތަށް ބުރަވާ އެއްބަސްވުންތައް" އެކުލަވާލި ކަމަށެވެ. އެގޮތަށް އަމަލު ކުރީ ގޫގްލްގެ އެޕްތައް މާކެޓުގެ ކުރީގައި ދެމެހެއްޓުމަށް ކަމަށް ވެސް ބުންޏެވެ.

އެ އިދާރާއިން ގޫގްލްއަށް އެންގީ އެފަދަ ގޮތްތަކަށް އަމަލު ނުކުރުމަށެވެ. އެކަމާ ގުޅޭ ގޮތުން ގޫގްލްއިން ވަކި އެއްޗެއް ނުބުނެ އެވެ.

Advertisement

ކޮމްޕެޓިޝަން ކޮމިޝަން އޮފް އިންޑިއާ (ސީސީއައި) އިން ބުނީ ގޫގްލްގެ އެޕްތަކުގެ ތެރޭގައި ހިމެނޭ ކްރޯމް، ޔޫޓިއުބް، ގޫގްލް މެޕްސް ފަދަ އެޕްތައް މާކެޓުގެ ކުރީގައި ދަމަހައްޓަން އެކުލަވާލާ އެއްބަސްވުންތަކުގެ ސަބަބުން ވާދަވެރިކަން ނެތިގެންދާ ކަމަށެވެ.

ފޯނު އުފައްދާ ކުންފުނިތަކުން ގޫގްލްގެ އެޕްތައް އިންސްޓޯލް ކުރަން މަޖުބޫރު ނުކުރުމަށް ސީސީއައިއިން އެންގި އެވެ. އަދި ފޯނުގެ ސެޓަޕް ކުންފުނިތަކުން ހަދާ އިރު، އެ ކުންފުންޏެއް އިހްތިޔާރު ކުރާ ކޮންމެ އެޕެއް ވެސް ބޭނުންކުރެވެން ޖެހޭނެ ކަމަށް ބުންޏެވެ.

ސްމާޓްފޯނުގެ އިތުރުން ސްމާޓް ޓީވީ މާކެޓާއި އިން-އެޕް ޕޭމަންޓް ނިޒާމު ގޫގްލްއިން ގެންގުޅޭ ގޮތާ ބެހޭ މައްސަލަތަކެއް ވެސް އިންޑިއާގައި ދަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox