އަލްޝާލީ މޯލްޑިވްސް؛ މެރިން އިންޑަސްޓްރީގެ އިންގިލާބީ ބަދަލާއި، ހިދުމަތުގެ ފުރިހަމަ މިސާލެއް!

ކ. ތިލަފުށީގައި ގާއިމުކޮށްފައިވާ އަލްޝާލީ މެރިން ގެ ބޯޓުޔާޑު. މި ތަނުން މެރިން ހުރިހާ ހިދުމަތެއް އޮޑިވެރިންނަށް ލިބިގެންދާނެ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކ. ތިލަފުށީގައި ގާއިމުކޮށްފައިވާ އަލްޝާލީ މެރިން ގެ ބޯޓުޔާޑު. މި ތަނުން މެރިން ހުރިހާ ހިދުމަތެއް އޮޑިވެރިންނަށް ލިބިގެންދާނެ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ދުނިޔޭގެ ގިނަ ގައުމުތަކާ ހިލާފަށް ރާއްޖެ އަކީ 99 އިންސައްތަ ކަނޑުގެ ސަރަހައްދުގެ މައްޗަށް އެކުލެވޭ ގައުމެކެވެ. ކަނޑުދަތުރުފަތުރު ކުރުމުގެ ވަރުގަދަ ތާރީހަކާއި ސަގާފަތެއް އޮތް ގައުމެކެވެ. ދިވެހިންނަކީ އަބަދުވެސް އޮޔާއި ވަޔަށް ފަރިތަ މި ބިޔަ އިންޑިއާ ކަނޑަށް ގަދަ ބައެކެވެ. ވެހޭހާ ވާރެޔެއްގައި އަދި ދޭހާ އަތްވެއްގައި އަމިއްލަ އޮޑިފަހަރުގައި ދަތުރުކުރި މާލިމީންނެވެ. ކުޅަދާނަ ނެވިންނެވެ.

ޒަމާނަށް އަންނަމުންދިޔަ ބަދަލާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ދިވެހިން ބޭނުންކުރަމުންދިޔަ އުޅަނދުފަހަރަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފި އެވެ. ބޮއްކުރާފަހަރާއި، ފަން ރިޔަލުގައި ދުއްވި ނައުފަހަރާއި ބައްތެލީގެ ދުވަސްތައް ނިމި ގޮސް އިންޖީނު އެޅި އޮޑިދޯނިފަހަރަށް ބަދަލުވެއްޖެ އެވެ. އޭރު، އެތައް ދުވަހަކުން ކުރި ދަތުރު، މިއަދު ހައި ސްޕީޑު ލޯންޗާ އެކު ދެތިން ގަޑިއިރަށް ކުޑަވެއްޖެ އެވެ.

ރާއްޖޭގައި މެރިން އިންޑަސްޓްރީ ދުވަހެއް ދުވަހަކަށް ފުޅާވަމުން ދާއިރު އެ އިންޑަސްޓްރީގައި އެންމެ ނަން ފަވާލެވޭ އެއް ކުންފުނީގެ ގޮތުގައި އޮތީ އަލްޝާލީ މެރިން މޯލްޑިވްސް އެވެ. ހުރިހާ ކަނޑަކަށް ހެޔޮވަރު ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އުޅަނދުފަހަރު އެ ކުންފުނިން ދަނީ އުފައްދަމުންނެވެ. ޔަގީންކަން އޮތް ހިދުމަތެއް ދަނީ ފޯރުކޮށްދެމުންނެވެ.

އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީއާ ދެމެދު އެކުލަވާލާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. އަލްޝާލީގެ މައި ކުންފުނީގެ މަސައްކަތްތައް 1979 ގައި ފެށިއިރު މެދުއިރުމަތީގައި އެ ކުންފުންޏަކީ ފައިބާގްލާސް ބޯޓާއި ޔޮޓު އުފެއްދުމުގައި ނަން ހިނގާ ކުންފުންޏެކެވެ.

"ރާއްޖެ އަކީ މެރިން އިންޑަސްޓްރީއަށް ޕޮޓެންޝިއަލް އޮތް ގައުމަކަށް ވެފައި ރާއްޖޭގައި ބޭނުންކުރާ ހުރިހާ އުޅަނދުތަކެއް ކަހަލަ ގޮތަކަށް ރާއްޖޭން ބޭރުން ގެނައީ. އެހެންވީމާ ރާއްޖޭގައި މެނިފެކްޗަރިން ފެށިގެން މެނުވީ ރާއްޖެއަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް ފާހަގަވި،" 2006 ގައި ރާއްޖޭގައި އަލްޝާލީގެ ހިދުމަތްތައް ފެށުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވި އެވެ.

އޭރު ރާއްޖޭގައި ދުއްވި ސްޕީޑު ލޯންޗާއި ގިނަ މޮޑާން އުޅަނދުތައް ގެނައީ ރާއްޖޭން ބޭރުންނެވެ. ރާއްޖޭގައި ބަންނަމުންދިޔައީ އޮޑިދޯނިފަހަރެވެ. ރާއްޖޭން ލޯންޗުފަހަރު ބަނދެ ބޭލޭނެ ގޮތެއް ނެތް ދުވަސްވަރެއްގައި އަލްޝާލީން ވެގެންދިޔައީ "ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން" ދޭ ކުންފުންޏަކަށެވެ.

ހިދުމަތް ހޯދަން އަންނަ ބަޔަކު މިތަނުން ފައިބަރު މަސައްކަތް ކޮށްފައި، އެހެން ތަނަކުން އިންޖިނިއަރިން މަސައްކަތް ކޮށްފައި، އެކި ތަންތަނުން ކަންކަން ކުރަންވީމަ ވަގުތު ނަގާފައި ކަސްޓަމަރަށް ބޭނުންވާ ގޮތަކަށް ބޭނުންވާ އިރަށް މަސައްކަތްތައް ނިންމަން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވުނު. އެހެންވެ ވިސްނީ ޔާޑެއް ހަދަން،" ޝަރީފު ވިދާޅުވި އެވެ.
އަލްޝާލީގެ ބޯޓުޔާޑުގައި މުވައްޒަފަކު މަސައްކަތްތައް ކުރަނީ. އެއް ފަހަރާ ގިނަ އުޅަނދުތަކަކަށް މިތަނުން ހިދުމަތް ދޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
އަލްޝާލީގެ ބޯޓުޔާޑުގައި މުވައްޒަފަކު މަސައްކަތްތައް ކުރަނީ. އެއް ފަހަރާ ގިނަ އުޅަނދުތަކަކަށް މިތަނުން ހިދުމަތް ދޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އަލްޝާލީގެ ބޯޓުޔާޑުގައި މުވައްޒަފަކު މަސައްކަތްތައް ކުރަނީ. އެއް ފަހަރާ ގިނަ އުޅަނދުތަކަކަށް މިތަނުން ހިދުމަތް ދޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އަލްޝާލީން ކ. ތިލަފުށީގައި ގާއިމުކޮށްފައިވާ ޔާޑަކީ ހުރިހާ ހިދުމަތެއް އެއް ތަނަކުން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ހުނަރުވެރި މަސައްކަތްތެރިންތަކެއް ތިބި ޒަމާނީ ޔާޑެކެވެ. ލޯންޗު ބަންނަން މޯލްޑު ތައްޔާރު ކުރުމުން ފެށިގެން ގޮސް، އިންޓީރިއާ މަސައްކަތްތަކާއި، ވަޔަރިން އާއި ސީޓިން އަދި އިންޖީނު އެޅުމުގެ މަސައްކަތްތައް ވެސް އެތަނުގައި ކުރެ އެވެ. އަދި، ލޯންޗުފަހަރު ބޭލުމަށް ފަހު އެއަށް ދޭން ޖެހޭ އާފްޓާ ސާވިސްގެ ހިދުމަތްތައް ވެސް އަލްޝާލީން ފޯރުކޮށްދެ އެވެ.

"ބޯޓެއް މަރާމާރު ކުރަން ވެގެން ޔާޑަށް ގެނެސްފަ އެތަނުން [ޔާޑުން] ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އޭގެ ފަހުން އަޅުގަނޑުމެން ބިލްޑިންއަށް ވަނީ. އޭރަށް ރާއްޖެއަށް ބޭނުންތެރިވާނެ ކަމަށް ގަބޫލުކުރެވޭ އުޅަނދުފަހަރު ބަލާފަ ވަނީ ބިލްޑިންއަށް. އެއްވެސް އުޅަނދަކީ އޭގެ ޒާތުގައި ދުވާނެ އެއްޗެއް ނޫން. އެ އުޅަނދަކަށް އެންމެ އެކަށީގެންވާ ޕަވަރިންއަކަށް ބަލާފަ ސައިޒުތައް ހަދަނީ," އަލްޝާލީގެ ލޯންޗުތަކާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.

އަށް ފޫޓާއި 17 ފޫޓުގެ ޑިންގީން ފެށިގެން ގޮސް 21، 24، 36 އަދި 37 ފޫޓުގެ ލޯންޗާއި 50 ފޫޓުގެ ޑައިވިން ދޯނި އަލްޝާލީން ބަނދެ ކަސްޓަމަރުންނާ ހަމައަށް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން، ދަތުރުފަތުރާއި، އެކްސްކާޝަން، ޑައިވިން، އަދި ވޯޓާ ސްޕޯޓްސްއަށް ހާއްސަ އުޅަނދުތައް އެކުންފުނިން ވަނީ ރާއްޖޭގެ ބާޒާރަށް ނެރަފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް ޕްރޮޑަކްޓަކީ އެ ކުންފުނިން އުފައްދާ ޑައިވިން ދޯންޏެވެ.

އޭގެ 98 ވަނަ ދޯނި ރެޑީ ވަނީ. އޭގެ މާނައަކީ ސެންޗަރީއަކާ ހަމައަށޭ މި ދެވެނީ. އެއް މޯލްޑެއްގައި 98 ވަނަ އެތި ބަންނަމުން ދަނީ. އެއް މޯލްޑަކަށް އެހާ ބައިވަރު އެއްޗެހި ބަނދެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. ހަލް އެއް މޯލްޑަކަށް އިނަސް އިންޓީރިއާ އަންނަނީ ވަރަށް ބޮޑެތި ކަސްޓަމައިޒޭޝަންއާ އެކީ،" އަލްޝާލީގެ އެންމެ ކާމިޔާބު ޕްރޮޑަކްޓާ ގުޅޭގޮތުން ޝަރީފް ވިދާޅުވި އެވެ.

އަލްޝާލީ މެރިންގެ އެންމެ ހާއްސަ އެއް ކަމަކީ އެ ކުންފުނީގެ ޕްރޮޑަކްޓު ލައިނުގައި ހިމެނޭ އުޅަނދުފަހަރުގެ އިންޓީރިއާއަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަސްޓަމައިޒް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އިންޓީރިއާ ކަމަށް ވުމެވެ. ބޯޓުގެ ހަލް އެއްގޮތަކަށް އިން ނަމަވެސް ކަސްޓަމަރުންގެ ޕްރޮޑަކްޓެއްގެ ގޮތަށް އިހުސާސްވާ ގޮތަށް އިންޓީރިއާ ފަރުމާ ކުރެވޭނެ އެވެ.

"އެ ބަޔަކު ބޭނުން ގޮތަކަށް ކަސްޓަމައިޒް ކުރަންވީ. އެހެންވެ އެހާ ގިނަ ރިސޯޓުތަކުން ޑައިވިން އެކްސްކާޝަންއަށް ބޭނުންކުރަނީ. ބަންނަ ކޮންމެ އެއްޗަކީ ވެސް ކަސްޓަމަރު ބޭނުންވާ ގޮތަށް އެ ބައެއްގެ ފެސިލިޓީސްތަކަށް ގުޅިގެންދާ ގޮތަށް ކަސްޓަމައިޒް ކުރެވޭނެ. އެކަމަށް ވެސް މާ ބޮޑެތި ޗާޖެސްތަކެއް ނުހުންނާނެ،" އަލްޝާލީން އުޅަނދު ބަންނަނީ އޯޑަރު އައުމުން ކަމަށާއި އެހެންކަމުން ކޮންމެ އުޅަނދެއް ވެސް ތަފާތުވާނެ ކަމަށް ހާމަކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯގައި ވެސް އަލްޝާލީން ވަނީ ރާއްޖޭގޭ މެރިން އިންޑަސްޓްރީގެ މިވަގުތުގެ ބޭނުންތަކަށް އެންމެ ފުދޭ ވަރުގެ އުޅަނދެއް ދައްކާލާފަ އެވެ. އެއީ ކެޓް އެކްސްޕްރެސް 55 އެވެ. ދިގުމިނުގައި 55 ފޫޓުގެ މި ބޯޓަކީ ދަތުރުފަތުރަށް ހާއްސަ ބޯޓުތަކުގެ ތެރެއިން މި ވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ ބޮޑު އެއް ބޯޓެވެ.

މެރިން އެކްސްޕޯގައި ތައާރަފުކުރި އަލްޝާލީ މެރިން އިން އަލަށް އުފެއްދި، "ކެޓް އެކްސްޕްރެސް 55" ލޯންޗު ނައިބު ރައީސް ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް
މެރިން އެކްސްޕޯގައި ތައާރަފުކުރި އަލްޝާލީ މެރިން އިން އަލަށް އުފެއްދި، "ކެޓް އެކްސްޕްރެސް 55" ލޯންޗު ނައިބު ރައީސް ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މެރިން އެކްސްޕޯގައި ތައާރަފުކުރި އަލްޝާލީ މެރިން އިން އަލަށް އުފެއްދި، "ކެޓް އެކްސްޕްރެސް 55" ލޯންޗު ނައިބު ރައީސް ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް

އެ ކުންފުންޏަށް މިވަގުތު އޮތް އެންމެ ބޮޑު ޗެލެންޖަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލުމަށް ސަރުކާރުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔައްވަސަށް ބޭނުންވާ 65 ފެރީ ބަނުމެވެ. މި އަގުބޮޑު ޕްރޮޖެކްޓަކީ އެ ކުންފުންޏަށް ވެސް މުހިންމު ތަޖުރިބާ އެކެވެ. ޗެލެންޖެކެވެ.

"މިއީ ވަރަށް ބޮޑު ޗެލެންޖެއް. އެއީ 65 ލޯންޗަށް ވީމައެއް ނޫން. ކޮވިޑުގެ ފަހުން ހާއްސަކޮށް މެޝިނަރީޒް އާއި އިކުއިޕްމެންޓު އަދި އިލެކްޓްރޯނިކް ޗިޕާއި ރޯ މެޓީރިއަލް ލިބުމުގައި ވަރަށް ބޮޑު ތާށިކަމެއް މިއޮތީ. އުޅެނިކޮށް ރަޝިއާ ހަނގުރާމައާ ގުޅިގެން މި މައްސަލަތައް އިތުރުވީ. ޝިޕިން ކަންތައްތައް އަދިވެސް އެ އުޅެނީ ހަމައަކަށް ނޭޅިގެން،" ޝަރީފް ފާހަގަކުރެއްވި އެވެ.

މިއީ މިހާރުވެސް އުޅޭ މައްސަލަތަކެއްގެ ގޮތުގައި ބަލައިގެން މަސައްކަތްތައް ރާވަމުންދާ ކަމަށާއި 65 ލޯންޗު ބަނުމަކީ އެހާ ބޮޑު ޗެލެންޖެއްގެ ގޮތުގައި ނުދެކޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި، ވީހާވެސް އަވަހަށް އެ މަސައްކަތްތައް ނިންމާލުމަށް އަމިއްލަ ކޮންޓްރޯލުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox