ޕީއެސްޖީ ދޫކޮށްލަން ބޭނުމެއް ނުވޭ: އެމްބާޕޭ

Oct 17, 2022, 6:05 AM
ޕީއެސްޖީ ދޫކޮށްލަން ބޭނުމެއް ނުވޭ: އެމްބާޕޭ

ޕެރިސް (އޮކްޓޫބަރު 17) - ޕީއެސްޖީގެ ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ އެ ކްލަބުން ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ ފެތުރުނު ރިޕޯޓްތައް ދޮގުކޮށްފި އެވެ.

ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ ބޭނުންވާ ކަމުގެ ރިޕޯޓްތައް ފެތުރެން ފެށީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ޕީއެސްޖީ ކުޅެން އޮތް މެޗުގެ ކުރިންނެެވެ. ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ ބޭނުންވާ ވާހަކަތައް ވަރަށް ހޫނުކޮށް ފެތުރިގެންދިޔަ އެވެ.

އެކަމަކު، ފްރާންސް ލީގުގައި ރޭ މާސޭ އަތުން ޕީއެސްޖީ މޮޅުވި މެޗަށް ފަހު، އެމްބާޕޭ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެން އެއް އިރެއްގައި ވެސް ނުބުނަން ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ވާހަކައެއް. މި ކްލަބުގައި އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިގެން،" އެމްބާޕޭ ބުންޏެވެ.

"އަހަންނަކަށް ނޭނގޭ މެޗެއް ކުރިން އެ ހަބަރު ފެތުރުނީ ކީއްވެކަން. އަހަރެން ވެސް ހުރީ ވަރަށް ހައިރާންވެފައި. ބައެއް މީހުން ހީކުރަނީ މި ވާހަކަތައް ފެތުރުމުގައި އަހަރެން ވެސް ބައިވެރިވާ ކަމަށް. އެކަމަކު، އަހަންނަށް އެއްވެސް ކަމެއް ނޭނގޭ،" އެމްޕޭބޭ ބުންޏެވެ.

ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ ބޭނުުންވާކަން އެންމެ ފުރަތަމަ ފެތެރުނީ އެމްބާޕޭގެ ގާތް ކުޅުންތެރިންތަކެއްގެ ފަރާތުން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. އެކަމަކު މި ވާހަކަތައް އެމްބާޕޭ ވަނީ ދޮގުކޮށްފަ އެވެ.

'އެއީ ހުސް ދޮގު ވާހަކަތަކެއް. އަހަރެން ޕީއެސްޖީގައި މިހުރީ ވަރަށް ހިތްހަމަޖެހިގެން،" އެމްބާޕޭ ބުންޏެވެ.

ފްރާންސް ލީގުގެ އެއްވަނައިގައި އިން ޕޮއިންޓްގެ ލީޑެއް ޕީއެސްޖީން ހޯދީ ލީގުގައި ޜޭ މާސޭ އަތުން 1-0 އިން މޮޅުވެގެނެވެ. މި މެޗުގައި ނޭމާ ލަނޑުޖެހިއިރުު، ނޭމާ އަށް އެ ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox