ނޭމާގެ 200 ވަނަ ކްލަބް ގޯލާ އެކު ޕީއެސްޖީ އަށް ލީޑެއް

Oct 17, 2022, 3:23 AM
ލަނޑު ޖެހުމަށް ފަހު ނޭމާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ނޭމާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮކްޓޫބަރު 17) - ފްރެންޗް ލީގުގައި ރޭ މާސޭ ކޮޅަށް ނޭމާ ޖެހި ގޯލާ އެކު 1-0 އިން މޮޅުވެ، ޕީއެސްޖީން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ނޭމާ މި މެޗުގައި ޖެހީ ލީގު ފުޓްބޯޅައިގައި އޭނާ ކާމިޔާބުކުރި 200 ވަނަ ގޯލެވެ. ނޭމާ މީގެ ކުރިން ކުޅެފައިވަނީ ސަންޓޯސް އާއި ބާސެލޯނާ އަށެވެ. ސަންޓޯސް އަށް ބްރެޒިލް ލީގުގައި 54 ގޯލު ޖެހި ނޭމާ ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް 68 ގޯލު ޖަހައިފަ އެވެ. އަދި ރޭ ޕީއެސްޖީ އަށް ޖަހައިދިނީ ފްރެންޗް ލީގުގައި ޖެހި 78 ވަނަ ގޯލެވެ.

ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 11 މެޗުން 29 ޕޮއިންޓާ އެކު އެވެ. މި ފަހަރު ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި މާސޭ ދެ ވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

ޕީއެސްޖީން އަމިއްލަ ދަނޑުގައި ރޭގެ މެޗަށް ނުކުތްއިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއިން ރަނގަޅުވެ، ލިއޮނަލް މެސީ އެނބުރި އައުމެވެ. މެސީ ވަނީ ރޭގެ މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ނޭމާ، ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ކީލިއަން އެމްބާޕޭ އޭރިއާތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ ނޭމާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ގޯލެއް ޖަހަން ޕީއެސްޖީން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، އެމްބާޕޭ އާއި އަޝްރަފް ހަކީމީ އަދި މެސީ ވަނީ ރަނގަޅު ޝޮޓްތަކެއް ފޮނުވާލައިފަ އެވެ.

މާސޭ އިން ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތް ކާމިޔާބުނުވީ ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮންނަރުންމާގެ ހުށިޔާރުކަމުންނެވެ. މާސޭގެ ޖޮނަތަން ކްލައުސް ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. މާސޭ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ސެމުއެލް ގިގޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ބަދަލަކަށް ކުޅެން އެރި ގިގޯ އަށް ރަތް ކާޑު ދެއްކީ ނޭމާ އަށް ކުރި ފައުލަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox