ވޯލްޑް ކަޕް ކަވަރޭޖުގެ ޓައިޓްލް ޕާޓުނަރަކަށް އުރީދޫ

ފީފާ ވޯލްޑް ކަޕް ޓީވީ ޖަވަރޭޖުގެ ޓައިޓްލް ޕާޓްނަރު އުރީދޫ މޯލްޑިވްސްއާއެކު މީޑިއާނެޓުން ސޮއިކުރުމުގެ ހަފުލާގެ ތެރެއިން. -- ފޮޓޯ: އުރީދޫ

ފީފާ ވޯލްޑް ކަޕް ޓީވީ ޖަވަރޭޖުގެ ޓައިޓްލް ޕާޓްނަރު އުރީދޫ މޯލްޑިވްސްއާއެކު މީޑިއާނެޓުން ސޮއިކުރުމުގެ ހަފުލާގެ ތެރެއިން. -- ފޮޓޯ: އުރީދޫ

ރާއްޖޭގައި ގެނެސްދޭ ފީފާ ވޯލްޑު ކަޕް ކަވަރެޖްގެ ޓައިޓްލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ ހާލިދް އަލް-ހަމަދީ އަދި ސީސީއޯ ހުސެން ނިޔާޒު އެވެ. މީޑިއާނެޓުގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަފީއު އާއި ސީއޯއޯ އަހުމަދު ނަބާހު އެވެ.

ފީފާ ވޯލްޑު ކަޕް 2022: ޓައިޓްލް ޕާޓުނަރުންނާއި އެކު ސޮއި ކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން -- ފޮޓޯ: އުރީދޫ
ފީފާ ވޯލްޑު ކަޕް 2022: ޓައިޓްލް ޕާޓުނަރުންނާއި އެކު ސޮއި ކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން -- ފޮޓޯ: އުރީދޫ

ފީފާ ވޯލްޑް ކަޕް ޓީވީ ޖަވަރޭޖުގެ ޓައިޓްލް ޕާޓްނަރު އުރީދޫ މޯލްޑިވްސްއާއެކު މީޑިއާނެޓުން ސޮއިކުރުމުގެ ހަފުލާގެ ތެރެއިން -- ފޮޓޯ: އުރީދޫ

ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗްތައް ދެއްކުމުގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފައިވަނީ މީޑިއާނެޓުންނެވެ.

ފީފާ ވޯލްޑް ކަޕް ކަވަރޭޖުގެ ޓައިޓްލް ސްޕޮންސަރާއެކު ސޮއިކުރުމުގެ ހަފުލާގައި މީޑިއާނެޓާއެކު ސޮއިކުރުމުގެ އިތުރުން، މެޗްތައް ގެނެސްދޭ ރާއްޖެޓިވީ އަދި އައިސް ޕްލަސްއިން ވެސް އުރީދޫއާ އެކު ސޮއިކުރި އެވެ.

އެ ހަފުލާގައި އުރީދޫގެ ސީއީއޯ ހާލިދް ވިދާޅުވީ ފުޓުބޯޅައަކީ ދިވެހީންގެ ހިތްތަކުގައި ހާއްސަ ލޯތްބެއް އޮންނަ ކުޅިވަރެއް ކަމަށާއި ފުޓުބޯޅައަކީ އުރީދޫ ގުރޫޕާއި ވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅިވަރެއް ކަމަށެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓާއި މިއަދު މި ޕަރޓަނާޝިޕް ގާއިމް މިކުރީ ނުހަނު އުފަލާއެކު،" އޭނާ ވިދާޅުވި އެވެ.

މީޑިއާނެޓުގެ ނަބާހު ވިދާޅުވީ އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓްއަށް ވެސް ލިބިގެންދާ ޝަރަފެއް ކަމަށެވެ.

ފީފާ ވޯލްޑު ކަޕް 2022
ފީފާ ވޯލްޑު ކަޕް 2022

ފީފާ ވޯލްޑު ކަޕްގެ މެޗްތައް ގެނެސްދޭ ދެ ޓީވީ ކަމުގައިވާ އައިސް ޕްލަސް އާއި ރާއްޖެ ޓީވީއާއެކު ވެސް އިއްޔެ އުރީދޫން ސޮއިކުރި -- ފޮޓޯ: އުރީދޫ

ފުޓުބޯޅައިގެ އެންމެ ބޮޑު އީދު ކަމުގައިވާ ފީފާ ވޯލްޑު ކަޕު ގަތަރު 2022 ފަށާނީ ނޮވެމްބަރު 20ގަ އެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސަޕޯޓަރުންނަށް ހާއްސަކޮށްގެން މީޑިއާނެޓާއި ޕާޓުނަރުން ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ސްކްރީންތައް ބެހެއްޓުމާއި ރޯޑުޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox