ފުޓުބޯޅައިގެ ބޮޑު ރެއެއް: ތިން ލީގުގައި ވެސް ގަދަހިފުން

ފުޓުބޯޅައިގެ ބޮޑު ރެއެއް: ތިން ލީގުގައި ވެސް ގަދަހިފުން

މި ރެ އަކީ ފުޓުބޯޅައިގެ ބޮޑު ރެއެކެވެ. ޔޫރަޕުގެ ވަރުގަދަ ތިން ލީގުގެ ތެރެއިން، ބޮޑު ތިން ލީގުގައި ވެސް އޮތީ އެހާމެ މުހިއްމު މެޗުތަކަކެވެ. ފުޓުބޯޅައިގެ، ބޮޑު ބާރުތަކުގެ ކުރިމަތިލުން ތަކެކެވެ. މި މެޗުތަކާ ދިމާކޮށް ކުޅުންތެރިންގެ މެދުގަޔާއި ސަޕޯޓަރުންގެ މެދުގައި ވެސް ފޯރި އޮތީ އިންތިހާ އަށް ބޮޑުވެފަ އެވެ.

މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރާއިރު، ފްރެންޗު ލީގުގައި ޕީއެސްޖީ ކުޅޭނީ މާސޭއާ އެވެ.

ދެން، އޮތީ ކްލަބް ފުޓްބޯޅައިގެ އެންމެ ގިނަ ބަޔެއްގެ ކަޅި ހުއްޓޭ އެލްކްލަސިކޯ މެޗެވެ. މީޑިއާނެޓުގެ އައިސް ނެޓުވޯކު މެދުވެރިކޮށް ދައްކާ މި ހުރިހާ މެޗުތައް ބަލާލުމުގެ ކުރިން މި ޓީމުތަކުގެ ހާލަތާއި ތާރީހަށް ނަޒަރު ހިންގާލަން ޖެހެ އެވެ.

ސްޕެނިޝް ލީގު: ރެއާލް މެޑްރިޑް – ބާސެލޯނާ

ސްޕެއިން ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ބާރު ކަމުގައިވާ ރެއާލާއި ބާސެލޯނާ ބައްދަލު ކުރާ "އެލް ކްލެސިކޯ" ފަށާނީ ރާއްޖެ ގަޑިން މި ރޭ 7:15 ގައެވެ.

ރެއާލާއި ބާސެލޯނާ އިން މި މެޗާ ކުރިމަތިލާއިރު، މީގެ ކުރިން މި ދެ ޓީމު ލަލީގާގައި ބައްދަލުކޮށްފައިވާ މެޗުތަކުގައި ކޮންމެ ޓީމަކުން ވެސް ވަނީ 295 ގޯލު ޖަހައިފަ އެވެ. މި މެޗަކީ މި ވަގުތުގެ ހާލަތުގައި ޖަހާފައިވާ ގޯލަށް ބަލާއިރު އެއް ޓީމު އަނެއް ޓީމެއްގެ މައްޗަށް ޕޮއިންޓް ތާވަލުުގައި ކުރިއަށް ޖެހިލައި، ލީޑެއް ނަގަން ވެސް ފުރުސަތު އޮތް މެޗެކެވެ.

އެލްކްލަސިކޯ މެޗުގެ ތާރީހަށް ބަލާއިރު ޖުމްލަ 249 ފަހަރު މި ދެ ޓީމު ވަނީ އެކިއެކި މުބާރާތްތަކުގައި ބައްދަލު ކޮށްފަ އެވެ. އޭގެތެރެއިން 100 މެޗުގައި ރެއާލުން ކުރި ހޯދިއިރު، ބާސެލޯނާ އިން ވަނީ 97 މެޗުން މޮޅުވެފަ އެވެ. ބާކީ 52 މެޗު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ.

އެންމެ ފަހުން މި ދެ ޓީމު ބައްދަލު ކުރި މެޗުގައި ބަސާ ކޮޅަށް ބެންޒީމާ ޖެހި ގޯލް -- ފޮޓޯ: ފައިލް
އެންމެ ފަހުން މި ދެ ޓީމު ބައްދަލު ކުރި މެޗުގައި ބަސާ ކޮޅަށް ބެންޒީމާ ޖެހި ގޯލް -- ފޮޓޯ: ފައިލް

އެންމެ ފަހުން މި ދެ ޓީމު ބައްދަލު ކުރި މެޗުގައި ބަސާ ކޮޅަށް ބެންޒީމާ ޖެހި ގޯލް -- ފޮޓޯ: ފައިލް

މި ސީޒަނަށް ބަލާއިރު ދެ ޓީމުވެސް ލީގުގައި މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ. ޖަހާފައިވާ ގޯލުގެ ނިސްބަތުން ބާސެލޯނާ އެއް ވަނައިގައި އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް އޮތީ ދެ ވަނައިގައެވެ. އެހެންކަމުން، މި މެޗަކީ މޮޅުވާ ޓީމަކަށް ލީގުގެ އެއް ވަނަ ކަށަވަރުވެގެން ދާނެ މެޗެކެވެ.

މީގެ ކުރިން ކްލަސިކޯ ހާއްސަވެފައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. މި ފަހަރު މި މެޗުގެ ވާދަވެރިކަން ބޮޑީ ޔޫރަޕުގެ އެންމެ މޮޅު ދެ ފޯވާޑުން ކަމަށްވާ ރެއާލްގެ ކަރިމް ބެންޒެމާ އާއި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީގެ މެދުގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލް – މެންޗެސްޓާ ސިޓީ

އިނގިރޭސި ޕުޓުބޯޅައިގައި ފާއިތުވި ފަސް އަހަރު ވެސް އެންމެ ކާމިޔާބު ދެ ޓީމު ގޮތުގައި އޮތީ ސިޓީ އާއި ލިވަޕޫލް އެވެ.

މިދިޔަ ފަސް އަހަރުތެރޭގައި ސިޓީ އިން ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދިއިރު، ލިވަޕޫލް އިން ވަނީ އެއް ފަހަރު ތަށި އުފުލާލައިފަ އެވެ. މިއީ 30 އަހަރު ތެރޭ ލިވަޕޫލަށް ލިބުނު ފުރަތަމަ ލީގު ތަށްޓެެވެ.

ތާރީހަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް ކުރި ލިބެނީ ލިވަޕޫލް އަށެވެ. ނަމަވެސް، ފަހަކަށް އައިސް ސިޓީ ފާހަގަކުރެވެނީ މާ ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ. މި ސީޒަނުގައި ސިޓީ މިހާތަނަށް ނުވަ މެޗުން ހޯދި 23 ޕޮއިންޓާ އެކު އޮތީ ލީގުގެ ދެ ވަނައިގައެވެ. ލިވަޕޫލަށް އަށް މެޗު ކުޅެގެން އަދި ލިބުނީ އެންމެ 10 ޕޮއިންޓެވެ. މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ 11 ވަނައިގަ އެވެ. މިއީ ފާއިތުވި 10 އަހަރު ތެރޭ ލިވަޕޫލުން އެންމެ ދަށްކޮށް ލީގު ސީޒަން ފެށި ފަހަރެވެ.

ސިޓީގެ އެންމެ މުހިއްމު ކުޅުންތެރިން ކަމުގައިވާ އާލިން ބްރައުޓް ހާލަންޑް އާއި ކެވިން ޑިބްރޭނާ އަދި ފިލް ފޯޑެން ރަނގަޅު ފޯމެއްގައި ކުޅެމުންދާއިރު، ލިވަޕޫލް ވެސް މި މެޗަށް ކުރިމަތިލަނީ ޗެމްޕިއަންސް ލީގުގައި މުހައްމަދު ސަލާހުގެ ރެކޯޑް ހެޓްރިކާ އެކު އޭނާ ވެސް ރަނގަޅު ފޯމެއްގައި ހުންނާނެ ކަމަށް ބަލައިގެންނެވެ. އެކަމަކު، ލިވަޕޫލަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި މިއީ އެ ޓީމަށް ކާމިޔާބު ކުރެވިދާނެ މެޗެއްތޯ ގިނަ ބަޔެއްގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.

މެންޗެސްޓާ ސިޓީގެ ހާލަންޑު އާއި ލިވަޕޫގެ ވެން ޑައިކް ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ -- ފޮޓޯ: ފައިލް
މެންޗެސްޓާ ސިޓީގެ ހާލަންޑު އާއި ލިވަޕޫގެ ވެން ޑައިކް ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ -- ފޮޓޯ: ފައިލް

މެންޗެސްޓާ ސިޓީގެ ހާލަންޑު އާއި ލިވަޕޫގެ ވެން ޑައިކް ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ -- ފޮޓޯ: ފައިލް

ލިވަޕޫލް ސަޕޯޓަރުންގެ އުންމީދަކަށް ވާނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މޮޅުކުޅުން މި މެޗުގައި ތަކުރާރު ކުރުމެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 8:30 ގަ އެވެ.

ފްރެންޗް ލީގް 1 : ޕީއެސްޖީ – މާސޭ

ފްރާންސް ލީގުގައި ޕީއެސްޖީ އާއި މާސޭ ބައްދަލުކުރާ މެޗު ވެގެންދާނީ މި ސީޒަނުގެ އެންމެ ފޯރިގަދަ އެއް މެޗަށެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން ރޭގަނޑު 11:45 ގައެވެ.

ފުޓްބޯޅައިގެ ނަން މަޝްހޫރު ތަރިންތަކެއް ހިމެނޭ ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތް އިރު މާސޭ އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ޖުމްލަ، 28 ގޯލާ އެކު ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ ޕީއެސްޖީންނެވެ. އެކަމަކު، މާސޭގެ ގޯލު ފޫއަޅުވާލުމަކީ ޕީއެސްޖީއަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ބެލެވެ އެވެ. މިހާތަނަށް މާސޭއިން ލީގުގައި 10 މެޗު ކުޅުނުއިރު، ބައިކޮޅަށް އެންމެ 7 ގޯލު ވަދެފައިވާކަމީ އެ ޓީމުގެ ޑިފެންސް ވަރުގަދަކަމުގެ ހެއްކެވެ.

މާސޭ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދާން އެމްބާޕޭ މަސައްކަތް ކުރަނީ -- ފޮޓޯ: ފައިލް
މާސޭ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދާން އެމްބާޕޭ މަސައްކަތް ކުރަނީ -- ފޮޓޯ: ފައިލް

މާސޭ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދާން އެމްބާޕޭ މަސައްކަތް ކުރަނީ -- ފޮޓޯ: ފައިލް

މި މެޗާއި ކުރިމަތިލާއިރު މާސޭއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، ޕީއެސްޖީގެ ލިއޮނަލް މެސީ އިންޖަރީގައި ހުރުމެވެ. ނަމަވެސް ފޯމުގައި ހުރި ކީލިއަން އެމްބާޕޭ އާއި ނޭމާގެ މޮޅު ކުޅުން ހުއްޓުވުން މާސޭގެ ޑިފެންސަށް ވާނީ ބޮޑު ޗެލެންޖަކަށެވެ.

މާސޭ ޓީމަށް ބަލާއިރު ޑިފެންޑަރު ޖޮނަތަން ކްލައުސް ފާހަގަކޮށްލެވެ އެވެ. ޑިފެންޑަރެއްގެ މަގާމުގައި ކުޅެ ކްލައުސްވަނީ މިހާތަނަށް ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ ކޮށްދީފައެވެ. މާސޭ އަށް ކުޅެމުން އަންނަ ޗިލީގެ ތަޖުރިބާކާރު ފޯވާޑް، އަލެކްސިސް ސަންޗޭޒްގެ މޮޅު ކުޅުން މާސޭގެ ޓީމަށް މި މެޗުގައި ވަރަށް މުހިއްމު ވާނެ އެވެ. ބޮޑެތި މެޗުތަކުގައި ސަންޗޭޒް ވަނީ މީގެ ކުރިން ވެސް ތަފާތު ދައްކައިފަ އެެވެ.

މީޑިއާނެޓުގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް އައިސް ނެޓްވޯކުގެ ޗެނަލްތަކުން މި ފޯރިގަދަ މެޗުތައް ވަގުތުން ބަލާލެވޭނެ އެވެ. އެމް.އެސް ޓީވީ އަދި އެމް.އެސް ލައިޓު ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ މެދުވެރިކޮށް ބޭނުން ނަމަ ފަހުންވެސް މި މެޗުތައް ބަލާލެވޭނެ އެވެ. ކުއިކްޕޭ އިން ސަބްސްކްރިޕްޝަނެއް ނުވަތަ ވައުޗަރެއް ނަގައިގެން އެމް.އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުރެގެން ވެސް މި މެޗުތައް ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox