ވޯލްޑުކަޕުގެ ސެމީ ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރިން ހޮވައިފި

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ގޮތަށް އުރީދޫން ކުރިއަށް ގެންދިޔަ ޕުރޮމޯޝަން ނިންމާލާފައިވަނީ މިދިޔަ އޮކްޓޫބަރު، 31، ގައި -- ފޮޓޯ: އުރީދޫ

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ގޮތަށް އުރީދޫން ކުރިއަށް ގެންދިޔަ ޕުރޮމޯޝަން ނިންމާލާފައިވަނީ މިދިޔަ އޮކްޓޫބަރު، 31، ގައި -- ފޮޓޯ: އުރީދޫ

މި މަހު ފަށާ ފީފާ ވޯލްޑު ކަޕުގެ ސެމީ ފައިނަލުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ހަތަރު ފަރާތަކަށް ލިބޭ ގޮތަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ރޭ ހޮވައިފި އެވެ.

ނަސީބުވެރިން

  1. މަރިޔަމް ޝަބްނަމް
  2. އަހުމަދު ޝިހާމް
  3. ހާފިޒު ސައީދު
  4. ސޮމޮރަތަނާ ޔޮޑަގެ

މި ހުރިހާ ނަސީބުވެރިން ސެމީ ފައިނަލް މެޗު ބަލަން ގަތަރަށް ދިއުމުގެ ހުރިހާ ހަރަދެެއް ބަލަހައްޓާނީ އުރީދޫންނެވެ.

މި މަހު ފަށާ ފީފާ ވޯލްޑުކަޕުގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބުނު ހަތަރު ނަސީބުވެރިން -- ފޮޓޯ: އުރީދޫ
މި މަހު ފަށާ ފީފާ ވޯލްޑުކަޕުގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބުނު ހަތަރު ނަސީބުވެރިން -- ފޮޓޯ: އުރީދޫ

މި މަހު ފަށާ ފީފާ ވޯލްޑުކަޕުގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބުނު ހަތަރު ނަސީބުވެރިން -- ފޮޓޯ: އުރީދޫ

މިދިޔަ އޮގަސްޓު، 2 ވަނަ ދުވަހު ފެށި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް އެ ކުންފުނީގެ ހިދުމަތް ހޯދަންފަށާ ކަސްޓަމަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.

އެގޮތުން އުރީދޫ ސުޕާނެޓު އަދި ޕޯސްޓުޕެއިޑު ކަސްޓަމަރުންނާއި، ޕްރިޕެއިޑު ރީޗާޖު ކުރާ ކަސްޓަމަރުންނާއި، އުރީދޫ ބިލަށް ފައިސާ ދެއްކުމާއި، އާ ޕްލޭނަކަށް އަޕްގުރޭޑު ކުރާ ކަސްޓަމަރުންނާއި، މޫލީ މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އެ ޕްރޮމޯޝަނުގައި ހިމަނާފައިވެއެވެ.

އުރީދޫ މޯލްޑިވްސް އަކީ ގަތަރު ފީފާ ވޯލްޑުކަޕުގެ ރާއްޖެ ކަވަރެޖުގެ ޓައިޓަލް ސްޕޮންސަރެވެ. އޭގެއިތުރުން އުރިދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ މިފަހަރުގެ ވޯލްޑުކަޕުގެ އޮފިޝަލް ގުލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox