ދިވެހި ސާފް ލީގު: އިބޫގެ އެނބުރި އައުން ތަފާތު

Oct 9, 2022, 6:03 PM
ދިވެހި ސާފް ލީގު: އިބޫގެ އެނބުރި އައުން ތަފާތު

އެމްޓީސީސީ ދިވެހި ސާފް ލީގުގައި އެންމެ ފަހުން ކުރިއަށް ދިޔަ މުބާރާތް، "ގާމާދޫކޮޅު 2022" ގެ ޗެމްޕިއަންކަން ހޯދައި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސާފަރު، ހުސެއިން އަރީފް (އިބޫ)ގެ އެނބުރި އައުން ވަރުގަދަކޮށް ފާހަގަކޮށްފި އެވެ.

މިއީ 2019 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރި ފަހުން އިބޫ ސާފިންގެ ގައުމީ ލެވަލްގެ މުބާރާތަކުން ފެނުނު ފުރަތަމަ ފަހަރެވެ. ހަތް ފަހަރު ގައުމީ އެއް ވަނަ ހޯދާފައިވާ އިބޫ، ގާމާދޫކޮޅު އިވެންޓް ކާމިޔާބުކުރީ ފައިނަލުގައި ހޫދު އަހުމަދު ބަލިކޮށްފަ އެވެ.

ކ. ހިންމަފުށީގައި ކުރިއަށްދިޔަ ގާމާކޮޅު އިވެންޓުގެ ފައިނަލަށް ކުރި ދަތުރުގައި އިބޫ ވަނީ ސެމީ ފައިނަލުގައި މި އަހަރުގެ ދެ ސާފިން މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑާއި ހުރާކޮޅު ރާޅުގަނޑު އިވެންޓް ކާމިޔާބުކުރި ސާފަރު، އަހުމަދު އާގިލް (އައްމަޑޭ) ފަހަތަށް ޖައްސާލައިފަ އެވެ.

އަނެއްކޮޅުން، ހޫދު އަށް ވެސް މިއީ ރަނގަޅު އެނބުރި އައުމެކެވެ. ގާމާދޫކޮޅު ބޭއްވުމުގެ ކުރިން އެންމެ ފަހުން ކުރިއަށްދިޔަ މުބާރާތުގައި މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން، ހޫދު ވާދަނުކުރެ އެވެ.

"ގާމާދޫކޮޅު 2022" އިވެންޓްގެ އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ އަންހެން ސާފިންގައި ކާމިޔާބު ރެކޯޑެއް ދަމަހައްޓަމުން އަންނަ އާޔާ ނަސީމް އެވެ. ސާފިން އެސޯސިއޭޝަނުން އަންހެން ޑިވިޝަނެއް ތައާރަފްކޮށް ހުޅުވާލައިގެން ފެށިއިރު، މިހާތަނަށް އޭގެއިން އިވެންޓެއްގައި އާޔާ ފަހަތަށް ޖައްސާލެވޭ ގޮތެއްނުވި އެވެ.

މި އަހަރު ދެން އޮތީ އަންނަ މަހު ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ގައުމީ ސާފިން މުބާރާތެވެ. ކ. މާލޭ ރާޅުގަނޑު ސަރަހައްދުގައި އެ އިވެންޓް ކުރިއަށްދާނީ އަންނަ މަހު މެދުތެރޭގަ އެވެ. އެ މުބާރާތަށް ނަންދެވިފައިވަނީ "ރަންނަމާރި ޗެލެންޖް"ގެ ނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox