ރާމޯސް އަށް ރަތެއް، ދިހަ މީހުންނާ އެކު ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން

Oct 9, 2022, 9:09 AM
ރާމޯސް އަށް ރަތެއް، ދިހަ މީހުންނާ އެކު ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން

ޕެރިސް (ސެޕްޓެމްބަރު 9) - ފްރާންސް ލީގުގައި ރޭ ރެއިމްސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޕޮއިންޓަކާ އެކު ވެސް މި މެޗުގެ ބޮޑުބައި ދިހަ މީހުންނާ އެކު ކުޅުނު ޕީއެސްޖީ އަށް ލީޑު ފުޅާކުރެވިއްޖެ އެވެ.

ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވިޔަސް، ތާވަލްގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ޕޮއިންޓަކާ އެކު ވެެސް ލީޑު ފުޅާކުރެވުނީ ތާވަލްގެ ދެވަނައިގައި އޮތް މާސޭ ލީގުގައި ރޭ ކުޅުނު މެޗުން ބަލިވުމުންނެވެ.

ރެއިމްސްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ޕީއެސްޖީން ނުކުތީ ބައެއް ބަދަލުތަކާ އެކު އެވެ. އެ ގޮތުން ބްރެޒިލްގެ ފޯވަޑް ނޭމާ އާއި ޑިފެންޑަރު އަޝްރަފް ހަކީމީ ރޭގެ މެޗު ފެށީ ބެންޗުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ޕީއެސްޖީގެ ތަޖުރިބާކާރު ޑިފެންޑަރު, ސާޖިއޯ ރާމޮސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު، ރަތްކާޑު ދައްކައިފަ އެވެ. ރާމޮސް އަށް ދެ ކާޑު ވެސް ދެއްކީ ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަޖެހުން ފާޅުކުރަމުށް އޭނާ ބުނި އެއްޗެއްގެ ސަބަބުންނެވެ. މިއީ ރާމޮސްގެ ކެރިއަރުގައި އޭނާ އަށް ދެއްކި 28 ވަނަ ރަތްކާޑެވެ.

"އަހަންނަށް ހީވަނީ އެއީ ރާމޮސް ރެފްރީއާ ދިމާލަށް ބުނި އެއްޗެއް ނޫންހެން،" ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުންޏެވެ.

"އެއީ އާންމުކޮށް ސްޕެއިންގައި (ދަނޑުމަތީގައި އެކަކު އެނަކަކަށް) ބޭނުންކުރާ ބަސްތަކެއް. އެކަމަކު ރެފްރީ އަށް ހީވީ އެއީ (ރާމޮސް) ރެފްރީއާ ދިމާލަށް ބުނި އެއްޗެއް ކަމަށް."

މެޗުގެ ފަހުކޮޅު ވެސް ދެ ޓީމުން ކުރި ފައުލަތަކާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިން ހޫނުވެ، ރީނދޫ ކާޑުތަކެއް ވަނީ ފެނިފަ އެވެ.

ތާވަލްގެ ދެ ވަނައިގައި އޮތް މާސޭ ވަނީ ރޭ ކުޅުނު މެޗުގައި ތާވަލްގެ ފުލުގައި އޮތް އަޖާސިއޯ އަތުން 2-1 އިން ބަލިވެފަ އެވެ. މިއީ މި ސީޒަންގެ ފްރާންސް ލީގުގައި މާސޭ ބަލިވި ފުރަތަމަ މެޗެވެ.

މާސޭގެ ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޑިމީޓްރީ ޕަޔެޓް އެވެ. މިއީ ޕަޔެޓް ،35، ފްރާންްސް ލީގުގައި ޖެހި 100 ވަނަ ލަނޑެވެ. ޕަޔެޓަކީ ފްރާންސް ލީގުގައި 100 ގޯލު ޖަހައި، 100 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ކުޅުންތެރިޔާ އެވެ.

އެކަމަކު، މެޗުގެ 25 ވަނަ މިނިޓުގައި އަޖާސިއޯގެ ފޯވަޑް ބެވިކް މުސީޓީ އޮކޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ 47 ވަނަ މިނިޓުގައި އަޖާސިއޯ އަށް ލީޑު ލިބުނީ މާސޭގެ ޑިފެންޑަރު ލިއޮނާޑޭ ބަލޭޑީ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.

"އަހަރެން އުންމީދެއް ނުކުރަން މުޅި ސީޒަން ބަލިނުވެ ނިންމާލެވޭނެކަމަށް،" މެޗަށް ފަހު ރުޅިގަދަވެފައި ހުރި މާސޭގެ ކޯޗު އީގޯ ޓޫޑޯ ބުންޏެވެ.

"އެކަމަކު އަމިއްލަ ދަނޑުގައި ތާވަލްގެ ފުލުގައި އޮތް ޓީމު އަތުން ބަލިވުމަކީ ބަލައިގަންނަން އުނދަގޫ ނަތީޖާއެއް."

ޕީއެސްޖީ ތާވަލްގެ އެއްވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާސޭ އޮތީ 23 ޕޮއިންޓާ އެކު އެވެ. ލީގުގައި އަންނަ ހަފުތާ ކުޅޭ މެޗުގައި ޕީއެސްޖީ އާއި މާސޭ ކުރިމަތިލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox